ގއ. ދާންދޫ ސިއްހީ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނަވާ އިސްމާއިލް ލަތީފް ކާފިއު ވަގުތު ހިލޭ އަންހެނަކާ އެކު އެެކަހެރި ސަރަހައްދަކަށް ގޮސް އުޅެނިކޮށް ފަޅާއަރައިފިއެވެ.

އިސްމާއިލް ލަތީފް އާއި އެ އަންހެން މީހާ އެކުގައި އުޅެނިކޮށް އެކަން ފަޅާއެރުމުން ކަންތައް ވެގެންދާ ގޮތް ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ރޭ އޭނާ އެ އަންހެން މީހާއަކު ފެނިފައި ވަނީ 11:30 ހާއިރު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެެންނަނީ އިސްމާއިލް ލަތީފް އަންހެނަކާ އެެކު އަނދިރިތަނެއްގައި ހުއްޓާ ބަޔަކު އެތަނަށް ދިއުމުން އެ އަންހެން މީހާ ބަހައްޓާފައި ސައިކަލުގައި ދާ މަންޒަރެެވެެ.

މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، އެ އަންހެން މީހާއަކީ އެރަށަށް ދުވަސްކޮޅަކަށް ގޮސް އުޅޭ މީހެކެވެ. އަދި އޭނާއަކީ ކައިވެނި ކޮށްގެން އުޅޭ މާމެންދޫ އަންހެެނެއް ކަމަށ ްބުނެފައި ވެއެވެ.

އައި އިސްމާއިލް ލަތީފްއަކީވެސް ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުން އަންނާތީ އެރަށުގައި ހަވީރު 16:00 އިން ފަތިހު 4:00 އަށް ކާފިއު ވަނީ އިއުލާނުކޮށްފައެވެ. މި ވަގުތުތަކުގައި ޒަރޫރީ ހާލަތެއްގައި ހުއްްދައާ އެކު ފިޔަވަާ ބޭރަށް ނުނިކުމެވޭނެއެވެ.

ދާންދޫ އަކީ ގިނަ އަދަދަކަށް ކޮވިޑް ފެތުރެމުން އަންނަ ރަށެެކެވެ. އެރަށުން މިދިޔަ ހުކުރު ދުވަހާ ހަމައަށް 163 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ.

ދާންދޫ މޮނިޓަރިން އަށް ލާފައި ވަނީ މިމަހު 12 ވަނަ ދުވަހުއެވެ. ދާންދޫ މޮނިޓަރިން ހާލަތަށް ގެނައީ ހުން އައިސްގެން ހެލްތު ސެންޓަރަށް ދެއްކި ދެ މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެެވެެ. އޭޭގެ ފަހުން އެރަށުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބިޑި ކ

  ހާދަ ފިނޑި ސޮރެ ކޭދޯ އެއީ އެމަންޖެ އެ ކަނި ބަހަށްޓާފައި ރައް ކާވީ@

  10
  1
 2. ޢީސާ

  ތީ ޖެޓީ ސައިޑްގަ ހުއްޓާ އޭނަ ބަދުނާމް ކުރަން ކުރިކަމެއް

  6
  2
 3. ކޮރަލް

  ރައްޔިތުން ހިތް ހެޔޮ ވީމަ ވާ ކަމެލެވެ.

 4. ކާރފިއު

  ދާްންދޫ ކައުންސިލުން މީނާގެ މައްސަލަ ފުލުހަށް ރަސްމީކޮށް ހުށަހަޅަން ޖެހޭ. މިއީ މިމަޤާުމުގައި ހިނދުކޮޅަކަށްވެސް ހުންނަންޖެހޭ މީހެއް ނޫން. ވަގުތުން އިސްތިއުފާ ދޭންޖެހޭ. ނުވަތަ މަގާމުން ވަކިކުރަންޖެހޭ. ދާންދޫގެ ސިއްހީހާލަތު މިހިސާބަށް ގޮސްފައި އޮތީ މިކަލޭގެ ގެ އިހުމާލުން. މީނާ ޒިންމާ ނަގަންޖެހޭ. . މިހާރުވަރަށް ތާހިރެއްނު. ރަށުގައި ކާފިއު އިޢުލާން ކުރުމަށް ގަދަފައި ވިއްދަނީ މިފަދަ ކަންކަން ނުކުރެވިގެން ދޯ؟

 5. ބަޑި

  ލޮލް. ފިނޑި ފިރިހެނެއް

 6. ފައިލަފް

  ފިރިހެނާ އާއި އަންހެނާ ފިލަން އުޅުމުން އެ ދެވެރިން ކުއްވެރި ވެފައިވާވަރު ދޭހަވޭ.