ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.

ރާއްޖެ ދޫކުރައްވައި އަލީ ވަހީދު ފުރާވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމަށް ފަހުއެވެ. އެ ގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި އަޑޭ ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެންނެވެ.

ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ހަމަވަނީ މި ފެށޭ ޖޫން މަހުގެ ނުވަވަނަ ދުވަހުގައެވެ. ކްރިމިނަލް ކޯޓުން ވަނީ ޖޫން 10 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ. މި ކަން ކްރިމިނަލް ކޯޓުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކަށަވަރުކޮށްދެއެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރިއެވެ. އެކަމަކު މި މައްސަލަތައް ކުރިއަށް ދެވޭ ގޮތް ނުވެ ވަނީ ހުއްޓިފައެވެ. އެއީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މިފަދަ މައްސަލައެއް ގެންދެވެން ނޯންނާނެތީއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ އެތައް ތުހުމަތެއް ކުރެވިފައި ވަނިކޮށްއޭނާ ފުރައިގެން ދާން ހުއްދަ ދިނުމުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔައެވެ. އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ހުންނެވީ ތުރުކީގައި ކަމަށް ވާހަކަ ދެކެވުނަސް ސީދާ ހުންނެވި ގައުމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިންނު މުހައްމަދު

  މި ކޯޓުން ބަލަނީ ހަމައެކަނި ސިޔާސީ މީހުންގެ މައްސަލަތޯ

  • ހަނު

   ޕޖ އަށް ކަމެއްކުރެވޭކަމަށް ވަނީ ކޯޓުތަކަށް ސިޔާސީ މީހުންގެ މައްސަލަ ފޮނުވާފައި ނޫސްތަކަށް ހަބަރު ދިނުމުން. އެހެން ނޫންނަމަ ޕޖ އިން މަސައްކަތް ކުރާކަން ރައްޔިތުންނަށް ނޭނގިދާނެ

 2. ނަައީމް

  އަލީވަހީދު ހުރީ ހިމާޔަތުގެ ބޭނުން ހިފައިގެން އެހެންހުއްޓާ ކޯޓުން ހުކުމެއްކޮއްފިއްޔާ އިންސާނިއްޔަތާހިލާފުވާނެ އެހުކުންކުރިސަރުކާރަކުން އަލީވަހީދައް ގެއްލުމުގެ ރުފިޔާނެގޭނެ އަބުރުގެ ދައުވާ އަބުރާ އަލީވަހީދު ސަރުކާރާއި ދެކޮޅައްކުރާނެ ހެއްވާ މަޖާކުޅިވަރެއް މިސަރުކާރުން މި ކުޅެނީ ހަމަރައްޔިތުނަ ހަވާލްކުރިސަރުކާރެއްތަ މީ އަޅު ރައްޔިތުން ވިސްނާލަބަލަ ގައުމުގެ ކަންކަންކަން މިހިރަ ވަމުންދާގޮތް ދެރަނުވޭތަ އަޅެ

 3. ސސ

  ޢަލީގެ މައްސަލަ ދެން ފެންނާނީ ކޯޓުން ބޭރުވިތަން !