މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ކުރައްވަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުވި އެ ބިލާ ގުޅިގެން، އޭގައި ލާދީނިއްޔަތު ފެތުރުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީޕީގެ މެންބަރު ސަނީފް "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބިލު މިހާރު އޮތީ ފުޅާ ދާއިރާއެއްގައި އެ ކަން މަނާ ކުރެވޭ ގޮތަކަށް ވުމުން ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު ހަނިކުރެވިގެންދާ ކަމަށެވެ.
"މިހާރު އޮތް ގޮތުން ތާއީދު ކުރަން ދަތި، މާ ބްރޯޑްކޮށް އެ ކަން ބިލުގައި މިހާރު ހިމަނާފައި އެ އޮތީ، މީހަކު ދީނާ ޚިލާފު ކަމެއް ކުރިކަން އެނގިގެން އެހެން ބުންޏަސް އަދަބެއް ދެވޭ ވަރަށް މާނަ ކުރުން ފުޅާކޮށް އެ އޮތީ،" ސަނީފް ވިދާޅުވިއެވެ.
ސަނީފް ފާހަގަ ކުރެއްވި ގޮތުގައި ބިލު މިހާރު ފަރުމާ ކޮށްފައި އޮތީ ވެސް އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ފުށު އަރާ ގޮތަށެވެ. އެހެންކަމުން އެމްޑީޕީގެ ވިސްނުމާ އެއް ގޮތަށް ބިލު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގެ ވިސްނުމެއް ނޫން އެއީ ބަސް ބުނުން ހުއްޓުވުން، އަނގަ މަތީ ޓޭޕް އެޅުމަކީ އެމްޑީޕީގެެ ވިސްނުމެއް ނޫން،" ސަނީފް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުގައި ފާސްކުރި އަބުރު ރައްކާތެރި ކަމުގެ ގާނޫނު އުވާލަން ޖެހުނީ ވެސް ފުޅާ ދާއިރާއަށް ދޫކޮށްލުމުން އޭގެ ނާޖާއިޒު ފައިދާ ނަގާފައި އޮތުމުން ކަމަށް ސަނީފް ވިދާޅުވިއެވެ.
އެ ގާނޫނުގެ ބޭނުންކޮށް ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅިކަން ފާހަގަކުރައްވައި ސަނީފް ވިދާޅުވީ މިހާރު ސަރުކާރުން ހުށަހެޅި ބިލު ވެސް އޮތީ އެފަދަ ގޮތަކަށެވެ.
"އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި އޮތް ގާނޫނު އަޅުގަނޑުމެން އުވާލީ މާ ފުޅާކޮށް އެ ކަން އޮވެ ޚިޔާލު ފާޅުކުރުމުގެ ހުރަހަކަށް ވެގެން، ހަމަ އޭގެ ކޮޕީއެއް ގޮތަށް މި ބިލު އަދި އެ އޮތީ،" ސަނީފް ވިދާޅުވިއެވެ.
މި ބިލަށް ވުރެ އަބުރު ރައްކާތެރި ކުރުމުގެ ބިލެއް ރަނގަޅު ގޮތެއްގައި އޮތުން ވެސް މާ މުހިއްމު ކަމުގައި ސަނީފް ދެކެވަޑައިގަންނަވައެވެ.
މި ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން އަދިވެސް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ކަމަށް މައުލޫމާތު ލިބެއެވެ. އެކަމަކު ބިލު އެ ގޮތަށް ފާސްކުރަން ދެކޮޅު އެހެން މެންބަރެއްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
މި ބިލާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން އެ ބިލު ހުށަހެޅީ ވަކި ފަޅިއަކަށް ބުރަވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރުން އާންމު ވާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، ހިސާނާއި ބިލުގެ ދިފާއުގައި ވެސް އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ މީސްމީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ. ހިސާނަށް ވެސް އެކި އިންޒާރުތައް ލިބެމުންދާތީވެ އޭނާގެ ސެކުއިރިޓީގެ ކަންކަން އެމްއެންޑީއެފުން ދަނީ ގާތުން ބަލަމުންނެވެ.
އިތުރު ގާނޫނެއް ނުހަދާ ތިމައްސަލަ ހައްލުވެދާނެ މިހާރު ހުރި ގާނޫނުތަކުން ދީނާ ހިލާފުވާ މީހުުންގެ މައްސަލަ ބަލާ އަދަބު ދޭން ފެށީމަ....އެކަން ނުކުރަން ހާވާ ހަޑި
މި ކަންކަމަކީ ވަރަށް ބޮޑަށް ރޭވިގެން ހިނގާ ކަންކަން..
ދީނަށް ހަޖޫ ޖެހުމަށާއި ދީނުގެ އުސޫލުތަކާ ޚިލާފަށް އުޅެން މީހުންނަށް މަގު ފަހިކޮށްދޭން ޖަހާ ޝައިޠާނީ މަޅިއެއް މީ.
ވިސްނަވާތި އިސްލާމް ދީނަށް ލޯބިކުރާ ހުރިހާ މެމްބަރުންވެސް އަދި އެންމެންވެސް.
ހެޔޮވިސްނޭ އަދި ރައްޔިތުންގެ ވިންދު އިނގޭ މީހަކު ތިބިލައް ތާއީދު ނުކުރާނެ.
ވެދާނެ ސަނީފްގެނަން މމޕރސ ލިސްޓްގައި ނެތީމަ އެއްވެސް ކަމެއްގައި ބަނދެވިފައިނެތުމުން މިނިވަންކަމާއި އެކު ވާހަކަ ދައްކަނީކަމަށް.
އިސްލާމީ އެއްބަޔަކު އަކެއްބަޔަކައް ލާދީނީ ކިތުން ހުތުރު .އެއްވެސްމީހަކައް އަނެކަކު ކާފަރު ކުރުން ރަގަޅެއްނޫ. ސަބަބަކީ ސުވަރުގެ ދާނީ ކާކުކަން ނަރަކަޔައް ދާނީ ކާކުކަންނޭގޭތީ، އަދި އެކަކުރާހާ އަޅުކަން އަނެކަން ނުފެންނާނެ އަދި ފެންނާކައްނުވެސްޖެހޭ އެމީހަކުކުރިކަމެއްއެމީހަކައް ގޯސްވިޔަސް ރަގަޅުވިޔަސް .އަހަގީގީ އިސްލާމީ އިލުމްވެރިން ނަކީ އިހާއަވަހައްރައްދުދޭބައެއްނޫ
މުރުތައްދުވީމަ މުރުތައްދުވާކަން ނޭގުމަކީ ޖާހިލުކަން. ނޭގޭކަން. ﷲ ސުބުހާނަހޫ ވަތަޢާލާ އާއި ނަބިއްޔާ އަދި އިސްލާމްދީނައް ފުރައްސާރަ ކޮއްފިމީހަކު މުރުތައްދުވެ ކާފަރު ވެގެންދާނެކަން ނޭގުމަކީ މުނާފިގުކަމާއި ޖާހިލުކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް.
މިވެސް އޭގެމީހެއްބާ
ވެލެޒީނީ ހިމާޔަތްކުރާ ބިލް
މެންބަރު އަބްދުﷲ ސަނީފް މަނިކުފާނަށް ތިހުރެވެނީ ހަމަ ސީދާ ލާދީ ކަންކަމަށް ހިތްވަރުދޭ ޕާތީއެއްގަ، އިމްރާން ބުނި އެމްޑީޕީ އަށް ތާއީދު ކޮށް ވާގިވެރިވާ ކޮންމެ މީހަކީ ލާދީ މީހެކޭ، ބުއްދިވެރި ގޮތަކީ އަވަހަށް ސަނީފް އެމްޑީޕީން ވަކިވުން. ތަޔަޕާޓީގަ ހުރެ ވޯޓް ދިނަސް ނުދިނަސް ހަމަ ނަންވާނެ .
ލާދީނީ ޕާޓީން ވަކިވެގެންގޮސް ދެން ވަންނަންޖެހޭނީ ވަގުންގެ ޕާޓީއަށް. މީވާ ޤައުމެއް
ބުނެލާއިރު ހީވަނީ މޑޕ އެކަކު ވެސް ވައްކަން ނުކުރާހެން. އެންމެ ޕާޓީއެއް މިއުޅެނީ މި ގައުމުގަ ހައްދުން ނައްޓައިގެން. ރީނދޫ ގުއި ރީނދޫ
އެއްކަލަ މީހާ މޮޅު ވާހަކަ ދައްކަން ފެށީ ރަޓު މީހުންނަށް ދައްކަން! އެންމެ ފުރަތަމަ ވޯޓު ދޭނީ މީތި. އެމްޑީޕީ މީހުން ތީ ކޮންބައެއް!
ފިރުއައުނު އާއިލާގަވެސް މުސްލިމުން ތިބި.
ޝަނީފަކީ ގައުމާ ދީނުގެ ހައްގު ހިމާޔަތް ކުރާ ބޭފުޅެއް. ޝުކުރިއްޔާ.
މީ ވަރައް ނާތަހުޒީބު ސަރުކާރެއް. މިވެރިކަން މިދަނީ ފުންޑެމުން ދިވެހިން ޖާގައެއް ނުދޭނެ ދެނެ
ތިބޭފުޅާ ބިލައްތާއީދު ނުކުރުން އެއީކީ އެއްވެސް މައްސަލައެއްނޫން މީގެތެރެއަށް ހިޔާލުފާޅުކުރުންވެއްދީމާ ހަމައެއްނުޖެހޭ ހިޔާލުފާޅުކުރަން މީހަކު ދީނާ އެއްކޮޅުވާހަކައެއް ދެކެވެންޏާ ދީން ގަބޫލުނުކުރާމީހަކަށް އެމީހާގެ ހިޔާލުވެސް ފާޅުކުރެވެންޖެހޭނެ
އިސްލާމްދީނާއި ދެކޮޅައް ވާހަކައެއް ނުދެއްކޭނެ ދައްކަންޏާ ޔޫރައްޕައް ހިޖުރަކޮއްގެން ވާހަކަ ދައްކާ. މިގައުމުގަ ހުރެގެން ދެއްކީމަ ވާގޮތް މިފެންނަނީ
ދެން ތިބުނާ ތަނުގަ އުޅޭ މުސްލިމުންނަށް ކިހިނެއްވާންވީ؟
ސަނީފް އަބަދުވެސް އެދާއިރާ މީހުންނައްދޭ ޔަގީންކަމެށް އަހަރެން. އިސްލާމްދީނަކާ ހިލާފް އުފެދޭ ބިލަކަށް ވޯޓް ނުދޭނަނޭ މިޔައީ ސަނީފްގެ ވައުދެއް
ސަނީފް އައް ﷲގެ އިލްމާ ހިކްމައް ދެއްވުން އެދި ދުވާކުރަން
މީހަކު އެމީހަކު މާތްﷲ ގެ ދީން އިސްލާމްދީން ގަބޫލު ނުކުރާކަމާއި ﷲގެރަސުލާ ގެރަސޫލުކަމާއި ކީރިތި ގުރްއާންގަބޫލު ނުކުރާކަމަށް ބުނީމައެމީހަކަށް ކާފަރެކޭ ބުނެވޭނެ. އެކަންވަނީ މާތްﷲ ގެ ވަހީން ތައުބާސޫރަތުގެ 65،66 އާޔަތުން ވަހީކުރައްވާފަ، އެކަންމަނާކުރަން ގާނޫނެއްހަދައިފިނަމަ ގާނޫނުއަސަސީގަ ބުނާގޮތުންއެއީ ބާތިލް ގާނޫނެއް.
ފާޅުގަ ދެކޮޅުހަދަން ކެރެނީ މިކަހަލަ މަދު މެމްބަރަކަށް ޝުކުރިއްޔާ ޝަނިފް.
މިގައުމަށް މުހިންމު ބިލަކީ މިގައުމުގެ ދިނަށް ފުރައްސާރަ ކުރާ ބަޔަކު އެކަންނުކުރުމަށް އެދި ފާސް ކުރާބިލެއް. ގައުމުގެ ހުރިހާ މިހުން ގެ އިހުސާސް ތަކާނުކުލެން އެދުން.އޭގެ ބަދަލުގަ މަދު ބަޔަކު ކުރާކަމެއް ސަލާމަތް ކަން ކުރަން ބިލު ހުށައަޅާ އެފާސް ކުރީމަ އެކުރެވެނި ކިހާވަރެގެ ކަމެއްބާ.މިއީ އިންޑިޔާ ނަމަ ހިން ދު ދީނަށް ފުރައްސާރަ ކުރާމީހުންނަށް ހަދާކަށް ވަކިގޮތެއް ނުބަލާނެ.އެއީ އެތަބައެގެ އިހުސާސާ ކުޅެޓި ވަގޮތެއް. އެކަން ނުކުރަން ބިލް ލާންޖެހެނީ. އެކަހަލަ ބަޔަކު ބޭނުން ވަނީ އެއީ ވަކިދީނަކަށްވީތީ އެއްނުން. ގިނަބަޔެއް ގެ އިހުސާސާނުކުޅެން ވީ. އެކަނ ްދިފާއު ނުކުރަންވީ.
ތާޢިފުނުކުރިޔަސް އެންމެ ފަހުވަގުތު ޖެހޭނީ ވޯޓްދޭން.
މުސްލިމަ ކާ ދިމާލަށް ކާފަރެ ކޭ ކިޔުމަ ކީ ކުށެއް. މިގާނޫނު ރަނގަޅު. ފިތުނަވެރިން ފިތުނަ ނޫފެއްދޭނެތީ މިގާނޫނަށް ދެ ކޮޅުހަދަނީ
ލާދީނީ ބައިގަނޑު އެ ދިފާއު ކުރާނެ
ލާދީނީ ގޮވުން މަނާކުރާ ބިލެއް ނޫން. ތިޔައީ ލާދީނީ މީހުން ހިމާޔަތްކުރާ ބިލު.
މިކަންކަން މިހިންގަނީ ވަރައް ތަރުތީބުކޮށް ރާވައިގެން. އައްޑޫގެ ކޮންސިއުޅޭޓު، މިލިޓަރީ ބޭސް އެކަން ކަމުގެ ފޯކަސް ގެއްލުވުމަކީވެސް މިވަގުތު މިހުށަހެޅުމުގެ އެއްބޭނުން. މިހުރިހާ ކަންކަމަކީވެސް ކުރަން ރާވައިފަހުރި ކަންކަމައް ބެލެވޭ.
ނަޝީދާ ދިމާލައް ޗުއްޕުވެސް ނުބުނެވޭ ވަރުކުރާތި، ނަޝީދަކީ ލާދީނީއެއް ހެޔޮ ކޮންމެ މީހެއް ކޮއްމެ އެއްޗެއްކިޔަސް.
ޢިއްޒަތްތެރި މެމްބަރުންނޭއެވެ. ތިޔަ މެމްބަރުން އަމިއްލައަތުން ތިހަދާ ޤާނޫނާ ދޭތެރޭ ސުވާލު ވެވޭނެ ދުވަހެއް އޮތްކަން ހަނދާނަށް ގެންނާށެވެ. ތިހަދަނީ ވަލުޢީ ގާނޫނެވެ. އިލާހީ ގާނޫނަށް އަމަލު ނުކޮށް ތިޔަ މެމްބަރުން ތިހަދާ ބާތިލު ޤާނޫނަށް ޢަމަލު ކުރުމަށް ރައްޔިތުންނަށް މަޖުބޫރު ނުކުރާށެވެ. އެކަލާނގެ 7އުޑުމަތިން ބާވައިލެއްވި ގާނޫނަށް ޙުރުމަތްތެރިކޮށް ހިތާ އެއަށް ޢަމަލުކުރާށެވެ. ޢަހަރެމެންނަށް ހެދޭނީ ކޮން ގާނޫނެއްހެއްޔެވެ. އަހަރެމެން ހަދާ ޤާނޫނު އިރުއިރު ކޮޅާ އެބަ ބަދަލު ކުރެވެއެވެ. އިލާހީ ޤާނޫނު ބަދަލު ކުރެވޭނެ އެއްވެސް މީހަކު ނުވަތަ މުއައްސަސާއެއްވެސް ދުނިޔެ މަތީ ނުހުންނާނެއެވެ. ތިޔަ ޤާނޫނުތަށް ވީރާނާވެ ބާވެދިޔަސް އަސްލު ޤާނޫނަށް އެއްވެސް ބަދަލެއްނާންނާނެއެވެ. ތިޤާނުނު ކުރިމަތީ އެންމެން ހަމަހަމައެއް ނުވާނެއެވެ. ޢަސްލު ޤާނޫނުގެ ކުރިމަތީ އެންމެން ވެސް ވާނީ އެމީހަކު ނުވަތަ އެބަޔަކު ކުރި ޢަމަލަކާއެކުގަެއވެ. ޢެހެންވީމާ ތިވަލުޢީ ޤާނޫނުހެދުން ހުއްޓާލާށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ކަނޑައަޅުއްވައިފަ ވަނީވެަްސް އިލާހީ ޤާނޫނުގައެވެ. ޢެއީ ތިފަދަ މަޖިލީހަކުން ފާސްކުރަންޖެހޭ ޤާނޫނެއްނޫނެއެވޭ.