ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މާލޭގެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ހައްޔަރު ކޮށްފައިވާ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އެއޮފީހުން ހައްޔަރު ކޮށްފައިވަނީ އެތަނުގައި މަސައްކަތް ކުރާ ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 15:00 ގައި އޮފީހުގައި ހުއްޓާއެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، ދިރިއުޅޭ ގެއަށް ގޮސް ބަލާ ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ގިނަ ކުށްތަކަކަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެގޮތުން ދީނީ ނުވަތަ ހައްދު ފަހަނަ އެލި ފިކުރެއް ކުރި އެރުވުމަށްޓަކައި މާލެ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ކްލާސްތައް ބޭއްވުމާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި ނިރުބަވެރި ޖަމާއަތްތަކަށް ތާއީދު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރާ ދާހިލީ ހަނގުރާމަތަކަށް ޖިހާދުގެ ނަމުގައި ރާއްޖެއިން މީހުން ފޮނުވުމާއި ނިރުބަވެރި ހަމަލާތަކެއް ދިނުމަށް ރާވަމުން ދާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ހަރުކަށި ފިކުރުގެ ތުހުމަތުގައި އޮފީހެއްގެ މުވައްޒަފަކު ހައްޔަރު ކޮށްފައިވާއިރު، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މާލެ ސިޓީ، ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ފުލުހުން ވަނީ މީހުން ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޙަސަން

  ދެން މިމީ ހުންނާ ހެދި ނަމާދުވެސް ކުރިޔަ ނުދޭނޭ

  30
  12
 2. އާކިފް

  އޫށް ސޯމަަ ޗް ޑްރާމާ ދެން ކިނަބަށް ވާނި

  26
  5
 3. ވާނެ

  އީސަ ހައްޔަރުކުރަންވީމާ ކުރިމިނަލް ކޯޓަކަން އަމުރު ނެރެދޭނެ ހާލާތެއް ނުފެނުނު. އެކަމަކު މި މީހާ ހައްޔަރުކުރަންވީމާ ބޯކޮށް ހާލަތު ފެނުނު. މި މީހާ ހުރީ ކުށުގެ ވެށީގައި ތޯ. މި މީހާ ހައްޔަރުކުރީ ތަޙްޤީޤް ބޭނުމަށް ނޫންބާ. އީސައާއި މި މީހާ ހުރީ ކޮން ތަފާތެއް ތޯ. އާދައިގެ މީހާއަށް ލިބޭ އިންސާފް.

  46
  3
 4. Anonymous

  ކޮމެންޓެއް ކޮއްލިޔަސް ޖަލައް ވާ ވާ މިއޮތީވާ ސަރުކާރެއް.

  42
  2
 5. ލޮލް

  ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން އުޅޭ ބަޔަކު އެބަތިބި ރައީސްއޮފީސްތެރޭގައި، ނިކަން އެބަޔަކު ހައްޔަރު ކޮއްބަލަ. ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އަހަރެން ވޯޓުދޭނީ ލާދީނީ ބައިގަނޑު ހިފާ ހައްޔަރުކުރާނެކަމަށް އިތުބާރު ކުރެވޭ މީހަކަށް. ޔާމީނަކަށް ނުވާނެ.

  44
  7
 6. ރިޔާޒުބެ

  ހަރުކައްޓޭ މަޑު ކައްޓޭ ޅިދުކައްޑޭ މިނޫންއަޑެއް އިވޭކަށްނެތް ހިފާ ހައްޔަރުކުރާނެ ސާބިތުނުވެގެން ދޫކޮށްލާނެ މިއޮތީ ވާ ވެރިކަމެއް.

 7. ާތުހުމަތު ކިންގު

  ތުހުމަތު ކުރެވިދާނެ ކޮންމެ ކަމަކަށްވެސް.. އެކަން ވުޖޫދުގަ ނެތަސް ހައްޔަރު... ޢަނިޔަވެރިކަން ހުރި މިންވަރު

  11
 8. ކޮރަލް

  އެމްޑީއެން ގެ އެންމެ މީހަކުވެސް ހައްޔަރު ކޮށް ބަލާށެވެ.

  11
  1
 9. އެދުރުބެ

  ކިތެންމެ ގިނަ ކޮމެއްޓެއް މި ހަރުކަށި ބައިގަޑުގެ ދިފާއުގަ ކުރިއަސް މިބައިގަނޑަކީ އިސްލާމްދީނަށްވެސް އަދި މިގައުމާ ދުނިޔެއަށްވެސް ޖެހިފައޮތް ބަލާވެރިކަމެއް

  4
  5
 10. 🥺

  އާދޭސް ކޮއްފަބުނަން ތިކަހަލަ ކަންކަން މިތާ ނުކުރެބަލަ
  އަހަރެމެންގެ ބަނޑުގަ މި އޮއްނަ ތުއްތު ތުއްތު ފަރިންނަށްޓަކާވެސް
  އަހަރެމެން ބޭނުމެއްނޫން މިތަން 2 ވަނަ ފަލަސްތީނައްވާކައް 😢

  5
  4
 11. سعدية عبدالله

  މިތާގަ ލާދީނިމީ ހަކު ހަންޔަރެން ނުކުރާނެ ބަލާވެރިކަމެއް އެރާދަކުރެއްވިއްޔާ މިސަކާރު ވެންޓޭނެ.

  2
  1
 12. ޑެޑުއހފޯސް

  މި ބިން ޖެހޭ ރީސެޓް ކުރަން އިސްލާމީ ޝަރީޢާ ކުރާ ތަނެއްގެ ގޮތުގައި ހަދަން.

  3
  1
  • އެންމެން

   ތާއީދު.

   1
   1
 13. ނަޒީމް

  އެއްޖިންސުން ގުޅުން ހިންގުމައް ހިތްވަރުދޭ މީހަކު އެބައުޅޭ ޓިކްޓޮކުގަ. އެއީ ހަރުކައްޓެއްނޫންދޯ. ހަރުކަށި މި މީހުން މާނަ ކުރަނީ އިޒުރޭލުމީހުން ހަރުކަށިމާނަ ކުރާ ގޮތައްތާ. ސޯލިހުއާއި އެމްޑީޕީ ތިއޮތީދެން އޮންނަ އިންތިޚާބަކައް ހޮވިފަ. ދެން އަންނަ އިންތިޚާބައްފަހު ދީނައް ފުރައްސާރަކުރި މީހުންނާއި ހަރުކައްޓޭކިޔައިގެން އިސްލާމީ ޝިއާރުތަކައް ހުރްސަ އަޅައި އިސްލާމް ދީނުގައި މުސްލިމުންނައް ދީފައިވާ ހައްގާއި އަފި ކީރިތި ރަސޫލާގެ ވަސިއްޔަތައް ހުރަސް އަޅަން ގާނޫނު ހަދަން އުޅުނު އެންމެން ހިފައި އަދަބުދޭނަން. ބަލަން ތިބޭތި.

  1
  1