ކޮވިޑް-19ގައި އިތުރު ދެ މީހަކު ނިޔާވެ މިއަދުގެ ޖުމްލަ އަދަދު 8 އަށް އަރައިފިއެވެ.

މީގެ ތެރެއިން އެކަކީ ޑީއެޗް11ގައި ފަރުވާދެމުންދިޔަ 46 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ ނިޔާވެފައި ވަނީ މިރޭ 8:11ގައެވެ.

ދެވަނަ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 83 އަހަރުގެ އަންހެނެކެވެ. މި އަންހެން މީހާ ނިޔާވެފައި ވަނީ މިރޭ 7:55 ގައެވެ.

މިއާ އެކު ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 169 އަށް އަރައިފައެވެ.

މިއަދު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެކަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ނިޔާވެފައިވާއިރު، އައިޖީއެމްއެޗްއަށް ގެންދިޔަ އެކަކުވެސް ވަނީ ކޮވިޑްގައި ނިޔާވީ މަރެއް ކަމަށް ކަނޑައަޅާފައެވެ. އަދި ބ އަތޮޅު ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކުވެސް ވަނީ ނިޔާވެފައެވެ.

މެއި މަހުން ފެށިގެން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މެއި މަހު އެކަނި 88 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވެއެވެ.

މެއި މަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ނިޔާވީ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެމަންޖެ

  ކޮވިޑްގައި ނިޔާވާ އެންމެންގެ މަރުގެ ބަދަލު ކެނެރީގޭ ނަޝީދުއާ އިބޫ ސާލިހް ދޭންޖެހޭނެ.

  5
  2
 2. ބަކުރުބެ

  ދަރިފުޅާ ކިހިނެ ތިޔާ ހަދަނީ . އަނެކާ ފަރުވާ ނުދެނީތަ؟

 3. Anonymous

  ކެރަފާ ނަސީމޫ. ތިޔައީ ރައްޔިތުން ގެ ޞިއްހަތާއި ބެހޭ ވަޒީރު. އާދޭސް ކޮންފައި ބުނަން. ހުޅުމާލޭ ފެސިލިޓީއަށް އެންމެ ފަހަރަކު ނަމަވެސް ޒިޔާރަތް ކޮށްލާ އެތާނގެ ޙާލަތު ހަމަލޮލުން ދެކިލަބަލަ. މަނިކުފާނުގެ ޢާއިލާ ނޫނަސް ކިތައް ފުރާނަ ނެތިދަނީ. ނޫނީ އިސްތިއުފާދީފައި ގޭގައި ހުރިއްޔާ ޒިންމާ ނަގަން ނުޖެހޭނެ.