މާލެ ގެއެއްގެ ތެރޭގައި ނިޔާވެ، ކުނިވެފައި އޮތް ޒުވާނަކު އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ގަލޮޅު ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު، ނިޔާވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 2:33 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ސީން ޕްރޮސެސްކޮށް ބަލަން ޖެހޭ ކަންކަން ބެލުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާ ދިރިއުޅެމުން އައީ ގޭގައި އެކަނި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޝަހީދު

  ރާއްޖޭގައި މިފަދަ ގޮތަކަށް ގޮތްނޭނގޭ ގޮތަށް ކިތައް މީހުން މަރުވެފައިވޭތޯ! މި ސަރުކާރު އައިފަހުންވެސް މިފަދަ ގޮތަކަށް އެތައް ޒުވާނުން މަރުވެ ކުނިވެފައި އޮތްވާ ފެނިފައިވޭ! އަޅުގަނޑުގެ ސުވާލަކީ ނިޔާވި ޒުވާނާގެ ޢާއިލާ އަދި ރަށްޓެހިންނާއި އަވަށްޓެރިންނަށް މިހާ ދުވަސްވިއިރު އޭނާ މަރުވިކަން ނޭނގުނީ ކީއްވެބާއޭ! މިއީ ކުރީ ސަރުކާރުގައި ހިނގިކަމެއް ނަމަ، ސަރުކާރުގެ ބޮލުގައި މި މަރުގެ އިލްޒާމު އެޅުވީސްކަން ޔަޤީނެވެ.

  56
  3
 2. ޒުވާނާ

  މިގައުމުގައި ތިބޭ ބިދޭސީންނާއި ދިމާލަށް އެއްޗެހި ގޮވާ މީހުންނަށް ފެނޭތަ! މީހެއްގެ ފުރާނައިގެ އަގެއް މިއަދަކު ނެތް. ބުރާންތި އަރާފައި އޮތް ޒުވާނުން ތިބި ގައުމެއްގައި ބިދޭސީން ނެތި ނޭވާލެވެން ނެތް. ކެވެން ނެތް. އެއްޗެހި ދޮވެވެން ނެތް. މަސްތުވާތަކެތީގެ ހާއްޔަކަށްވެ، މަސްތުވާތަކެތި ބޯ މީހާ އިސްލާހުގެ ނަމުގައި ހަރުކަށި ފިކުރުގެ އަޅަކަށްވެ ހަނގުރާމަވެރިއަކަށްވެގެން އެންމެ ފަހުން ޓެރަރިސްޓަކަށް މިހިރަވަނީ. މަސްތުވާތަކެތީގެ ވިޔަފާރި އޮތީ މެކުހުގައި. ދުވަނީ ހަރުކަށި ފިކުރުގެ ފަހަތުން. އެއްޗެހި ގޮވަނީ އިލްމުވެރިންނަށް. މިވަރުން ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެބާ!

  56
  7
 3. ހަމަދަނިފް

  ކިއްކުރަަނި ހުރިހަަކަމެއްފުލުހުންނައްވެސްނުބެލެެނެ
  ކޮވިދު ކަނތަކުގަމަގުމަތި ބަލަންރަނގަނލުވަަނި މެމބަރުން މި މަގެެ ހިޔަަލު. ސަބަބު އަމަލުމުކުރެވެގަނޮލުނުހެދުމުގެބަދަލުގައި. ދޮ

  15
  2
 4. ކަލޯ

  އައްދޯއި މިއީ އިންސާނީއްޔައްތެރިކަމެއްނެތް
  މީހުންއުޅޭ ފަސްގަޑެއްބާ. 27އަހަރުގެ އަންހެންކުއްޖެއް. ހާދަ ދެރައޭ. މަރުވެދާނެ އެކަމަކު އިންސާނުން އުޅޭގެއެއްގައި ނޭގި ކުނިވީޔޯ.

  33
  1
  • އިންސާނާ

   އިންސާނުންގެ ސިފައިގައި ތިއްބެއްކަމަކު ހައިވާނުންގެ ދަރަޖައިގައި ތިބޭ ބައިގަނޑު މަގުމަތީގައި ކަންކަންމަތީގައި ފުރާލާފައި ތިބޭ ތަން ފެންނަނީ. ތިޔަ ގޭގައިވެސް އިންސާނެއްގެ ސިފަޔަށް ހުރި ބަޔަކު ތިބޭނެ. އެކަމަކު އެ ވެދާނެ މިކަހަލަ ހައިވާނުންގެ ބައިގަނޑަކަށް. މިކަހަލަ ހައިވާނުންގެ ބޮޑެތި ބައިގަނޑެއް ނެތް ރަށެއް މިހާރު މިހާރު މިރާއްޖޭގައި މަދުވާނެ.

   26
   1
 5. އެނަލިސްޓް

  ގިނަ ދިވެހިން ގެ ނުހުރޭ މިހާރު އިންސާނިއްޔަތު ކަމެއް! ހަބަރު ނުވީމަ ބަލާލަން ވާނެ ދޯ އެ މީހަކު ނުފެންނަ ސަބަބެއް! ކުލި ހޯދަން ވީމަ މި ބަލަނީ ކޮބާތޯ! މީތޯ ރަގަޅު ގޮތަކީ! މިދާކަށް ދުވަހު ހިގި އެކްސިޑެންޓް ގަ ވެސް އެކުވެރިޔާ މަރުވާން އެއްލާލާފަ އެްކްސިޑެންޓު ކުރި މީހާ ފިލީ!

  32
 6. ނީމް

  އެކަނި ދިރިއުޅުން އެއްގޮތަކަށްވެސް ބުއްދިވެރިއެއް ނޫން. އަދި އަބަދުވެސް ކޮންމެސްބަޔަކާ ގާތްގުޅުމެއް ބާއްވަންޖެހޭނެ. ބަލިވިޔަސް ކުއްލި ޙާލަތެއް ދިމާވިޔަސް ބަލާލަން އަންނަވަރުގެ ބަޔަކު ތިބެންވާނެ. އޭރުން ނުފެނިގެން ނޫނީ ޚަބަރެއް ބަލާލާނެ މީހަކު ހުންނާނީ. މިކަހަލަ ޙާދިޘާ ތަކުން ހާމަވަނީ ޢާއިލާތަކުގެ މެދުގައި ގުޅުންތައް ހީނަރުވެފއިވާ މިންވަރާ، މުޖުތަމަޢުގެ އަފުރާދުންގެ ދެމެދުގައި އޮންނަންޖެހޭ އަޚުވަންތަކަން ދަށްވެފައިވާ މިންވަރު. ވަކިން ދިރިއުޅުނެއްކަަކު ކޮންމެ ދުވަހަކުވެސް ބައްދަލުވާ ނުވަތަ ޚަބަރެއްވާނެ ގާތްބަޔަކު ނެތްހާ މިންވަރަށް ޢާންމުފަރުދުން، އަވަށްޓެރިން، ރަޙުމަތްތެރިންގެ މެދުގައި ގާތްކަެއްނެތި ދިރިއުޅޭ ޘަޤާފަތެއް ފެށިއްޖެ.

  43