ފަރުވާނުދެވި ލަސްވެގެން ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލާގައި އިހުމާލުވި ފަރާތްތައް ބެލުމަށް ޓަކައި، ހެލްތް މިނިސްޓްރީއާ އެޗްއާރްސީއެމް ހާޒިރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޓީން ބަލަމުން ދަނީ ކޮމިޓީގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ. އަދި މި މައްސަލަ ބަލައިދޭން އެދި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމް ވެސް ހުށަހެޅުއްވިއެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާ ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމުގެ ގޮތުން ކޮމިޓީން މިއަދު ވަނީ ބައްދަލު ވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ކަމާ ބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރަން ފާސްކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދް "ވަގުތު" އަށް ވިދާޅުވީ، އެޗްއާރުސީއެމާއި މިނިސްޓްރީގެ އިތުރުން ހާޒިރު ކުރާނެ އިދާރާތައް ނިންމާނީ ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓް އާންމު ކުރުމުން އެ ރިޕޯޓް ދިރާސާ ކުރުމަށް ފަހުގައެވެ.

ހެލްތު މިނިސްޓްރީއާއި އެޗްއާރުސީއެމް ހާޒިރު ކުރަން ނިންމި ނަމަވެސް ހާޒިރު ކުރާނެ ވަކި ތާރީޚެއް ކޮމިޓީން ނުނިންމައެވެ. ކޮމިޓީގެ މުގައްރިރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ވީހާ ވެސް އަވަހަށް އެ ފަރާތްތައް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމަށެވެ.

އިހުމާލުވެފައިވާ މައްސަލައިގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު މިއަދުގެ ވަގުތެއްގައި އާންމުކުރެވޭނެ ކަމަށް ހެލްތުން ވަނީ ވިދާޅުވެފައެވެ.

މިޝްކާ ނިޔާވީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޮވިޑް ބަލީގައި ނިޔާވި އެންމެ ހައްގު ކުއްޖާއެވެ. މިޝްކާގެ ހާލު ގޯސްވެ، ނޭވާލާން އުނދަގޫވެގެން އެމްބިއުލާންސް އަށް ގުޅުމުން ގޮސްފައިވަނީ ދެ ގަޑިއިރަށްވުރެ ގިނައިރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ައަލިކޮއި

  ކެރަފާ މަޖިލީހުން މަތީގައި ހުންނެވި ބެއްޔާއެއެއް އެއީ .

 2. ހ މ ޒ

  ސަފާރީ ރޭޕްގެ މައްސަލަ މިހާރު ކޮބައިތޯ/؟

 3. ހ މ ޒ

  ރައީސް އިބްރާހިމް މުހައްމަދު ސޯލި އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 4. ހ މ ޒ

  މިނިސްޓަރ އަހްމަދު ނަސީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  • ސަޓޯ

   ކޮން މިނިސްޓަރެއްތަ... ބާގީ ކެރަފާ ނަސީމު އޭ ކިޔާ !!!!

 5. ދުންމާރި

  ބިދޭސީ އަންހެންކުއްޖާގެ އިންސާނީ ޙައްޤެއްނެތް އެއީ ރީޔަލް ފެމެލީވީމަދޯ ލާދީނީ އެމްޑީޕީ މީހުންގެ ކުށެއް ނުބެލޭނެ ތިޔަ އުޅެނީ މާ ކަންކަން ކުރެވޭކަމަށްދެއްކުމަށް

 6. ސަޓޯ

  އިހުމާލު ބަލާ ކޮމިޓިގެ އިހުމާލު ބަލަން ކޮމެޓީއެއް ހަދަން ވެފަ ތިހުރީ.. އެދަރަޖައަށް ކަންކަން ގޮއްސި... ކޮމިޓީ ބޮލަށް ކަނޑާ ސަރުކާރު އިސްތިއުފާ.... ވެރިން ނުބައިވީމަ ވާގޮތް މިފެންނަނީ...

 7. ރައްޔިތުން

  ކޮބާތޯ އެޗްޕީއޭ ގެ ހުއްދަ ނުލިބިގެން ދަތުރު ނުކުރެވި . ހޮސްޕިޓަލަށް ނުދެވި ފަރުވާ ނުދެވުނު ގެ ސަބަބުން މަރުވި ހާ މާބަނޑު އަންހެނުން ތަކާ. ބަނޑަށް މަރުވި ހާ ކުދިން ގެ ހައްގު....؟؟؟؟؟؟؟؟؟؟ ސަރުކާރުން މަބްރޫކް ޕްރެސްގަ ބުނީ މައްސަލަ ވަރައް ގާތުން ބަލާ ކަމައް. އެކަމަކު ވީ ކަމެއް ހަރާން. މުޅިންވެސް ދޮގު ހެދުމާ މަކަރު ހެދުމާ. ޖަވާބު ދީބަލަ. މިހާރު އަހަރެ ކައް ވުރެ ގިނަ ވީ. ކޮބާ އިންސާފު....؟؟؟؟

 8. ފަތިމާ

  ކޮންއިހު މާލެއް ބަލާކަށްތޯ؟ މިހާރުތި ތިބީފެއިލްވެފަ މުޅިސަރުކާރު އަވަހަށް އިސްތިއުފާދެއްވާފައި ގެއްވަޑައިންނަވާ

 9. ޑަރޯގާ

  އެޗް އާރް ސީ އެމް އެއް ކެރޭނޭތަ ދިވެހިންނަށް ލިބެންވާ އަސާސީ ޙައްގަކުން ދިވެހިން މަޙުރޫމްކޮށް އެކަމަށް އިހުމާލު ވެފައިވާ ކަމަށް ތަހުގީގެއް ހިންގަން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި ރައީސުް ޖުމުހޫރިއްޔާ އަދި މާލީ ވަޒީރު ގެ މަށްޗަށް. ސިއްހަތު ސަލާމަތް ކުރުމަށް މަގުފަހިކޮށް ދިނުމަކީ ގާނޫންވެސް ލާޒިމް ކުރާކަމެއް.
  ދިވެހިންނަށް ރަނގަޅު ސިއްޙީ ޚދުމަތް ފޯރުކޮށް ދިނުމަށް ފެންވަރުރނގަޅު ޢިމާރާތެއް ހުރެމެ އެތަނުގެ ބޭނުން ސަރުކާރުން ނާޖާއިޒް ގޮތުގައި ހިފަމުން ދާކަން ޢާއްމުންނަށް އެނގޭ. ރައްޔިތުން މިތިބެން ޖެހެނީ ބައެއްގެ އަޅުވެތިކަމުގެ ދަށުވެފަ. އިންޑިޔާއަށް ލިބެންވާ ލާރިކޮޅު ނުލިބިދާނެތީ އެތަނުގެ ޚިދުމާތް ނުފަށާ. ދިވެހިންނަށް ޙައްގު މިންވަރަކީ މިއީތޯ ރައީސް ނަޝީދު އެވިދާޅުވާ. އެބޭފުޅާއަށް ހުރިހާ މޮޅެއް ލިބުނީމާތޯ ދިވެހިންނަށް ޙައްގު މިންވަރު ލިބޭނީ. އެދުވަހުން އުޅެންޖެހޭނީ އަދި މާހާލުގަ ކަންނޭނގެ. ދިވެހން ގުބޯހެއްދުން ކަމަކީ.