19:50

އައްޑޫސިޓީން މިއަދު ކޮވިޑް-19 އަށް ފައްސިވީ އެންމެ މީހެއް ކަމަށް އައްޑު އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި

17:34

ށ. ކަނޑިތީމުގައި ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ކުރަން ބޭނުން ނުވާ ކަމަށް ބުނެ އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ޑިއުޓީ އަށް ނުނިކުންނަ މައްސަލައެއް ފެންމަތިވެއްޖެ.

17:18

ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އައި ށ. ކަނޑިތީމުގައި މިވަގުތު ބަލިޖެހިފައި ތިބީ 48 މީހުން ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި

16:13

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމުގެ މަސައްކަތް ފަށައިފި

15:53

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެންމެ ރަނގަޅަށް ކަންތައް ކުރެވިފައިނުވާތީ އަށް ގައުމެއްގެ ހެލްތް މިނިސްޓަރުން އިސްތިއުފާދީފައިވާކަން ހާމަވެއްޖެ

11:45

ކ. ހިންމަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 800 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ހާމަކޮށްފި.

11:44

ވޫހާންގެ ލެބޯޓަރީގައި މަަސައްކަތް ކުރި މީހުންގެ ސިއްހީ ރިކޯޑުތައް ހާމަކުރަން ޖެހޭ - ފައުޗީ

11:29

އެޗްއައިވީ ބަލި މީހަކު ކޮވިޑުން ރަނގަޅު ނުވެ ހަތް މަސް!

09:01

ކޮވިޑް ޖެހިގެން އަށް ގަޑިއިރުގެ ތެރޭގައި ފަސް މީހުން ނިޔާވެއްޖެ.

08:45

ކޮވިޑް ޖެހިގެން 28 އަހަރުގެ އަންހެނަކު ނިޔާވެއްޖެ.

01:35

ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދަނިކޮށް ދެގަޑިއިރު ތެރޭ ތިން މީހަަކު ނިޔާވެއްޖެ.

01:00

ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު އަންހެނަކު ނިޔާވެއްޖެ

00:36

ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޅި ސިއްހީ ނިޒާމް ފެއިލްވިކަމާއި، ނިޒާމް ފެއިލް ވެގެން ދިޔައީ ޒިންމާ އުފުލަން ޖެހޭ އެތައް ބަޔަކު ޒިންމާ ނުއުފުލުމުން ކަން ވެސް މިރޭ ހެލްތު މިނިސްޓްރީން އާއްމު ކުރި ތަހްގީގް ރިޕޯޓުން ވަނީ ހާމަވެފައެވެ. ނަަމަވެސް މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ބުނާ ގޮތައް "ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފިން" ކަމަށް ބުނުން ފިޔަވައި އިހުމާލުވި މީހުންނަށް އިތުރު އެއްވެސް "އަދަބެއް" ދިން ވާހަކައެއް ނުވަތަ ފިޔަވަޅެއް އެޅި ވާހަކައެއް ވެސް ރިޕޯޓްގައި ނެތެވެ.

21:06 އިން ފެށިގެން 23:33 އާއި ހަމައަށް މިޝްކާގެ ބެލެނިވެރިޔާ އެތައް ފަހަރަކު އެޗްއޯސީއަށް ގުޅައިގެން ވެސް އެމްބިއުލަންސް ކުއްޖާ އޮތް ގެއާއި ހަމައަށް ނުފޮނުވިއެވެ. އެންމެ ފަހުން ބެލެނިވެރިޔާ ޖެހުނީ ދަރުބާރުގެއަށް މީހަކު ފޮނުވާށެވެ. އެމްބިއުލެންސް މިޝްކާގެ ގެއަށް ދިޔައީ އެމީހަކު ދަރުބާރުގެއަށް ގޮސް ޝަކުވާ އުފުލުމުން ކަން ރިޕޯޓުން އެނގެއެވެ.

މިޝްކާގެ ހާލަތު ބެލުމުގައި އެޗްއޯސީ އިން ފުރަތަމަ ދުވަހުން ފެށިގެން ވެސް އިހުމާލު ވަމުން އައިކަން ރިޕޯޓުން އެނގެއެވެ. ކޮވިޑް ޖެހޭ ކުޑަކުދިންގެ ހާލު ކޮންމެ ދުވަހަކު ބަލަން އުސޫލު ހަދާފައި އޮތް ނަމަވެސް މިޝްކާގެ ހާލަތު ބަލާފައެއް ނުވެއެވެ.

މިޝްކާގެ ތަހްގީގު ރިޕޯޓުން އެނގުނީ މިޝްކާ ހޮސްޕިޓަލަށް ނުގެންދެވުނީ އެމްބިއުލާންސެއް ނެތިގެން ނޫން ކަމެވެ. މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވީ އެމްބިއުލާންސް މިޝްކާގެ ގެއަށް ދިއުމަށް އެޗްއޯސީގެ ކަމާބެހޭ ކްލަސްޓާ އިން އެމްބިއުލާންސަށް ނޭންގުމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަދަބު

    އަހުރެން އަޑުއަހާ ގޮތުގައި އެދުރުބޭ ބުނުއްވިކަމަށްވަނީ ދޭން ހުރި ހުރިހާ އަދަބެއް ދީދީ ހުސްވެއްޖެއޭ. ދެން އޮންނާނީ އަދަބު ބޯންދިނުމޭ. އަދަބު ބޮއިގެން ފާޑަކަށް ޒާތަކަށް ހިނގައިގަނެވޭނަމަ ދެން ބަރާބަރުވާނެއޭ.

  2. ާއަލީ

    ކްލަސްޓާ ހުރީ މޮޔަ ގޮލަޔަކާ ހަވާލު ކޮއްފަ....ބޭނު ވަނީ ރަޔަތުނާ ސަރުކާރު ޖަސަން

    4
    5
    • ކޮވިޑް

      ކާކު ހަވާލުކުރީ ؟ އަމިއްލަ އަށް ގޮސް ހަވާލުވީތަ؟ އަލީ މިސަރުކާރާ ރައްޔަތުންނާ ޖައްސާ ބާރު ކުރީ މިސަރުކާރުގެ ވެރިން، އަލީ އަށް ތި ގޯސްވީ ކްލަސްޓާ. އަލީ މެނަށް އާހިރުގާ މަރުހޫމް މިސްކާ ގޯސްކުރަން ވެސް ފަސްނުޖެހޭނެ. މިސްކާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށް ދެއްވާށީ އާމީން

  3. އަލީ

    ހާދަ ބޮޑެތި އިހުމާލެއްވެފައޭ މިއޮތީ. އިބޫ ސޯލިހު އެބަޖެހެ ނުހިންގުނުކަމަށް ބުނެ އިސްތިއުފާދޭން.

    12
  4. ނަސީމު

    އަދަބުވެސް ދޭނަން

    2
    1
    • ހިތިރަހަ

      އަދަބު ހިތިވާނެ އިންޝާﷲ ބަަލަންތިބޭ ، ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަނަގައިގެން އަރާމު ގޮނޑީގައި ވެޑުވިގެން ދުނިޔޭގައި ލެއްވިހާ ދޮގެއްހަދައިގެން މިއަދު ތިބެވިދާ މާދަމައެއްވެސް އޮތްކަން ހަދާން ކުރަންވާނެ.

  5. ޖައިލަމް

    ތި ހުރިހާ ކްލަސްޓަރތަކުގެެ ހެޑުން އަބަދުވެސް ގެޔަށް ދާންޖެހިފަ އޮންނަނީ... އެޗްއީއޯސީގަ ގިނަވަގުތު މަސެއްކަތެއް ނުކުރޭ.... ޅަ ޒުވާން، ގައުމީ ޔުނިވަރސިޓީގަ ކިޔަވާ، ތަޖުރިބާއެއް ނެތް ޒުވާނުންނާ ކްލަސްޓަރ މަސެއްކަތް ހަވާލްކޮށްފަ ކްލަސްޓަރ ހެޑުން ގޭގަ.... އެޗްއީއޯސީ ތެރަޔަށް ވަނީ އަނެއްކާ ނިކުމެގެން ދިޔައީ... ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭ ބައެއްހެން.... ކަމަކާ އެޓެންޑެއް ނުވޭ... ކްލަސްޓަރ ހެޑުންނަށް ފިޔަވަޅު އަޅަން ޖެހޭ...

  6. އަހު

    75 ،80 ،90 100، މިއަހަރުތަކުގެ މީހުން ގުދުރަތީ މަރެއްވިޔަސް ލިސްޓުކޮށްލަނޯ ކޮވިޑްގެ ލިސްޓައް ، ވަޓް ދަ ފިކް، ފެންވަރު މީ،

  7. ރައްޔިތުމީހާ

    އިހުމާލު އޮތީ ރޯޔަލްވެފަ..