ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މި މީހާ ނިޔާވެފައިވަނީ މިރޭ 12ގެ ކުރިންނެވެ. މިއީ 72 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނެެކެވެ.

މިއާއެކު އިއްޔެ ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

އިއްޔެ ކޮވިޑްގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހެނދުނު 11:17 ހާއިރު ބަނޑިދޫން އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި، އައިޖީއެމްއެޗްއަށް ގެންދިޔަ ސްރީލަންކާ މީހެއްގެ އިތުރުން، ހަވީރު ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ 77 އަހަރުގެ އަންހެނެކެވެ.

އަދި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 178 އަށް އަރާފައެެވެ.

މިއީ މި މަސް ތެރޭގައި ރާއްޖެއިން އެ ބަލީގައި ނިޔާވި 17 ވަނަ މީހާ އެވެ.

ފަހަކަށް އައިސް ރޭއްޖޭގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ މެއި މަހު ރާއްޖެއިން 88 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު