ކޮވިޑް-19 ޖެހިގެން މިއަދު އިތުރު ދެމީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިފައި ނިޔާވެފައި ވަނީ އުމުުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި 82 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑް ޖެހިގެން ނިޔާވި ދެމީހުންގެ ތެރެއިން 93 އަހަރުގެ މީހާ ނިޔާވެފައި ވަނީ ރޭ 00:47 ގައެވެ. 82 އަހަރުގެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 08:00 ގައެވެ.

ނިޔާވި ދެމީހުންނަށް ވެސް ފަރުވާ ދެމުން އައީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައެވެ.

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 184 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ފާއިތުވި ހަފްތާއެއްހާ ދުވަހު ވަރަށް ބޮޑަށް މަދުވެފައި ވީނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ހަތަރު މީހަކު ނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެންޓެސްޓު ކުރަންވީ ރައީސް މީހާޔާ މަޖްލީހުގެ މެންބަރު އަދި މައިމޫނާ؟؟؟ގައުމު ބަލަިމަޑު ކަމަންވައްޓާލީ ސަރުކާރާ މެންބަރުންވެގެން ނައިމޫނާ އައް ސަކާލާމް؟؟

  2. މަރީ

    ސިމްޓަމްސް ހުއްޓަސް ކަރަންޓީން ކޮށްފާނެތީ، ގޭމީހުންނަށް ބޭރަށް ނުދެވިދާނެތީ، ނޫނީ ޖޮބް ގެއްލިދާނެތީ ކޮވިޑަށް ޓެސްޓެއް ނުކުރޭ ގިނަ މީހުންނެއް މިހާރު. ދެން ކިހާވަރަކަށް ފެތުރޭނެ