ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ސިފައިންގެ ޗީފް މޭޖާ ނެރެރަލް އަބްދުﷲ ޝަމާލް އާއި ޑެޕިއުޓީ ޗީފް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރުވާން އަންގައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން މި ދެބޭފުޅުން ކޮމިޓީއަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު އެކެއް ޖަހާއިރަށެވެ.

މި ކޮމިޓީން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އިސް ބޭފުޅުން ހިމެނޭ ހެން ސިފައިންގެ 40 ބޭފުޅަކު ހާޒިރު ކުރަން ވެސް ނިންމައިފައެވެ. އެކަމަކު ވަކިވަކި ސިފައިން މަޖިލީހަށް ފޮނުވަން އެމްއެންޑީއެފުން ވަނީ ދެކޮޅު ހަދައިފައެވެ.

މި ބައްދަލުވުންތައް ކުރިއަށް ދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. ނަޝީދުގެ ސެކިއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް މި ފެށީ، މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ބައްދަލު ކުރުމަށްފަހު ކޮމިޓީއިން ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ވެސް ބައްދަލު ކުރައްވައިފައެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކުރިއެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކުރި އިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. .....

  ހާދަ އޮޑު މުޑުދާރު ކަމެކޭ ދޯ މީ....ސިފައިންގެ ވެރިން ޖަވާބު ދާރީ ވާން ޖެހޭނީ ރައީސަށް...މަޖްލިސް އަށް ހާޒިރުކޮށް ޖަވާބު ދާރީ ކުރުވުމުގެ އެއްވެސް ހައިސިއްޔަތެއްނެތް...މަޖްލިސް އަކީ ރައީސް ގެ މައްޗަށް ބަސްކިޔޭ ތަނަކަށް ވެގެން ރައީސް އަށްވުރެ ބާރު ގަދަ ބަޔަކަށްވެގެން އަދުލު އިންސާފަށް ހުރަސް އެޅޭނެ...

 2. ނަައީމް

  ހެޔޮނުވާ ނެ ހެދިފަހުރި ގާނޫތައް މުގުރާނުލައްވާ ސިޔާސީ ބައެއގެ ބާރުގެ ދަށުގަ ގައުމުގެ ސިޔާސަތު މުގުރާ ނުލައްވާ ގާނޫނާއި ގަވައިދާ އެއްގޮތައް އަމަލް ކުރައްވާ މާ ދަމާ އިންސާފު ޔަގީން

 3. ކެމެރޫން

  ވަރަށް ސަޅި ކަމެއް ތިޔަ ދެބޭފުޅުން އަދި އެހެނިހެން ބޭފުޅުން ކޮމެޓީއަށް ހާޟިރުކުރީމާ ރަގަޅަށްވެސް ތިޔަ މުއައްސަސާ ފިދަނަ ފޯސްހަކަށް ހަދައިފި ދެން ކުރާނެ އެއްކަމެއްވެސް ނެތް ތިޔަ ތިބީ ސައިޒް ވެފައި ހަމަ ކުޑަކޮށްވެސް ނުރުހޭއިރަށް އިންޑިޔާ ސިފައިން އަޅާލާނެ ފިދަނަ ފޯސް ބޭރުކޮށްލާނެ ސަހަރޯ މިއޮތްކަމެއް ސަހަރޯ މަރޯ ދެން ކިޔަން ކެޑައި

 4. ޟިލަ

  ރައްޔިތުންގެ މަޖިލިސްގެ ނަން މޯލްޑިވްސް ތަހްގީގީ ވުޒާރާގެ ނަމަށް ބަދަލުކުރަން ފެންނަނީ.. ކޮބައިތޯ ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ތިބި ތަހުގީގީ އިދާރާތައް...؟؟؟؟؟ އެއްފަހަރާ ދެމީހުން ވެރިކަން ކުރަންއުޅެ ރައްޔިތުން ހަނާވާތަން މިފެންނަނީ...

 5. ކަލްޓް

  ޑްރާމާ ކުޅެނީ،. ރައްޔިތުން ހާދަ ހާ ވާ ގަމާރޭ!!

 6. ޖާބެ

  މިސަރުކާރަކީ މިހާރަތަނައް ރާއްޖެ އެއްމެ ބޮޑު އަނދަވަޅުގަންޑަކައް ވައްޓާލި ސަރުކާރު