ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
މިއީ ރާއްޖެއިން މިއަދު ކޮވިޑްގައި ނިޔާވި ތިން ވަނަ މީހާއެވެ.
މިއަދު މީގެ ކުރިން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން މިއަދު ހެނދުނު ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 185 އަށް އަރާފައެވެ.
އަދި މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ.
ރާއްޖޭން ކޮވިޑްގައި އެންމެ ގިނަބަޔަކު ނިޔާވެފައި ވަނީ މިިދިޔަ މެއި މަހުގައެވެ.
ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަތިވެފައިވާއިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް އަދި މާބޮޑަށް ދަށަށް ނުދެއެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނަތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
މުސީބާތެއް ނު އިސްތިއުފާ ދެއްވާފައި ގެއްލޭ..