މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ 2020 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ 13:00 ގައި "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ. ޖަލްސާގައި ބައިވެރިވެވޭނީ މި އަަހަރުގެ 19 މެއި ނިޔަަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުމާއި ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަން ކުރުން އޮންނާނެއެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން 18 ޖޫންގެެ 13:00 ގެ ކުރިން ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އިންފިނިޓީ ޕޯޓަލް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ރެޖިސްޓާ ވެވޭނެ އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު