ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދަންމާލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިދިޔަ މަހަކީ ރާއްޖޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރުނު މަސް ކަމަށެވެ. މެއި މަހު އެކަނި ވެސް 30،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ، 88 މީހަކު ނިޔާވިއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް ފެތުރޭ މިންވަރު ދަށް ވާން ފެށި ނަމަވެސް އަދިވެސް އަޅާފައި ހުރި ފިޔަވަޅުތަކުގައި އެއް ހަފްތާ ވަންދެން ތިބެން ޖެހޭނެ ކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ލަފާދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކޮވިޑް ފެތުރޭ މިންވަރަށް ބަލާފައި، ލުއިތައް ދޭން ޖެހިއްޖެ ހާލަތެއްގައި ލުއިތައް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލުއިތައް ދޭނެ ގޮތާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކީގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރު ލުއިތައް ދިނުމުގައި ވަރަށް ބޮޑަށް ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.
"އެއްވެސް ލުޔެއް ދެވޭ ކަހަލަ ގޮތަކަށް ދިމާވެއްޖެ ނަމަ އެ ލުޔަކާ އެކީގައި ކުރިއަށް ދާނަން. މިއިން ކޮންމެ ރެސްޓްރިކްޝަނަކާ އެކީގައި ވިޔަފާރިތަކަށް ނޭދެވޭ އަސަރެއް އެބަ ކުރޭ،" ރައީސް ވިދާޅުވިއެވެ.
"ލުއި ދޭން ޖެހޭ ވަރަކަށް ލުއި ދޭނަން، ހިފަހައްޓަން ޖެހޭ ވަރަށް ހިފަހައްޓާނަން،" ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އަޅާނެ ފިޔަވަޅުތަކާ މެދުގައި މަޝްވަރާ ކުރަމުންދާ އިރު، މިފަހަރު ލުއިތައް ދޭނީ ވަރަށް ބޮޑަށް ބަލާފައި ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ވެސް ވަކިވަކިން ދޭނެ ލުއިތައް ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ބޭރުގައި ވަކި ވަގުތަކު އުޅުން މަނާ ކުރުމާއެކު، ކޮވިޑްގެ ވޭދަނަތައް މަދުވެ، ހޮސްޕިޓަލާއި މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.
އިއްޔެގެ އިރުއޮއްސި 6:00 އާ ހިސާބަށް ރާއްޖޭން ކޮވިޑްގެ 68,502 ކޭސް ފެނިފައިވާ އިރު، އޭގެ ތެރެއިން 49,844 މީހަކު ވަނީ ރަނގަޅުވެފައެވެ. މި ބަލީގައި 189 މީހަކު ނިޔާވެފައިވާ އިރު ބަލި ޖެހިގެން އެޑްމިޓްކޮށްފައި ތިބީ 161 މީހުންނެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. މީގެ އިތުރުން ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމަށް ހުއްދަ ބޭނުންވާނެ ކަމަށާއި ކާފިއު ގަޑި ނޫން ގަޑިތަކުގައި ވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ.
މިފަދަ ފިޔަވަޅުތަކެއް މާލޭގައި އަޅާފައިވާއިރު، މީގެ ކުރިން ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ހުއްދައެއް ބޭނުމެއް ނުވެއެވެ. މިހާރު އެޅި ފިޔަވަޅުތަކާއި އެކީ ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގެއަކަށް ދޫކުރުމަށް ހަމަ ޖެހިފައިވަނީ ދެ ފާހެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށް ބޭރުގައި އުޅުމަށް ގެއަކުން އެކަކަށް ދޫކުރާ ފާހަކާއި މެންދުރު 12:00 އިން 16:00 އަށް ބޭރުގައި އުޅުމަށް ދޫކުރާ އެއް ފާހެވެ.
މީގެއިތުރުން ކެފޭ، ރެސްޓޯރަންޓުތަކާއި ސައި ހޮޓާ ފަދަ ތަންތަނުގައި ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ތަންތަނުން ހަމައެކަނި ދެވޭނީ ޑެލިވަރީ ހިދުމަތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވެސް ވިދާޅވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ދަށް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި "ސާމްޕަލް ޕޮޒިޓިވިޓީ" 27 އިންސައްތަ އަށް ދަށް ކުރެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި މިދިޔަ މަހު މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު 40 އިންސައްތަ އަށް މައްޗަށް އަރައިގެން ދިޔައެވެ. އޭނާ ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަދިވެސް ކުރަން ހުރި ކަންކަން ގިނަ ކަމަށެވެ.
އަދި އަމާޒަކީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތަ އަށް ދަށް ކުރުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ވެސް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީ ދެން ކިހާ ބޮޑު އުނދަގުލެއް. ވެކްސިން ދެ ޑޯސް ޖަހުވާފަ ކޮން ލުޔެއް ދިނީ.. ކޮމިއުނިސްޓް ވަގު ސަރުކާރު
މި ނުބައި ބައިގަނޑު ކިބައިން ގައުމު މިންޖު ކުރައްވާތޯ ދުޢާ ކުރަން.. ހުސް ދޮގާ މަކަރު
ކޮވިޑް ނަތީޖާ އަކީ ހަމަ ނެރޭ އަދަދެއް، ބޭނުން ވަރަކަށް ދަށްކޮށްފަ ބޭނުން ވަރަކަށް މަތި ކުރެވޭ އަދަދެއް !
މިތަނަށް ކޮވިޑު ހިފައިގެން އަންނަ ބިދޭސީން މައިތިރި ކޮށްގެން މެނުވީ މިވަގުތަށް މިގައުމުގައި ކޮވިޑުގެ ހާލަތު ރަނގަޅުވާކަށް ނެތެވެ. އަނެއްކާވެސް ކޮވިޑު ކޭސްތައް މަދުވެލާއިރަށް ދުނިޔޭގައި އެންމެ ވަރުގަދައަށް ކޮވިޑު ފެތުރޭ ގައުމުތަކުން ޓޫރިޒަމް ކުރިއަރުވާށޭކިޔާފަ މީހުންތައް ގެންނަން ފަށާނެ. ފުރަތަމަ އިޓަލީގައި ފެތުރުނު ވަގުތު އިޓަލީމީހުން ގެނެސް މިތާ ކޮވިޑު ފެތުރި.. އެންމެ ފަހުންވެސް އިންޑިޔާގެ ފިލްމުސްޓާރުންނަށް ދަންދެން މިތަނަށްގެނެސް މިތާ ކޮވިޑު ފެތުރީ.. ކޭސްތައް ގިނަވީމާ ގިނަވާ ވާހަކަ ކޮންމެ މީހަކުވެސް އަނގަފުޅާކޮށްފައި ދައްކަނީ. އެންމެ ފަހަރަކުވެސް ހިތަކަށް ނާރާ މިތާނގައި ކޮވިޑު ފެތުރުނީ މިމީހުން ކުރާ ކަންތައްތަކުން ކަމެއް..
ޙުދުމުޙުތާރު ވެރިކަމެއް ކުރުމައް ރައްޔިތުންގެ ސިކުޑިތައް އަޅުވެތިކުރުމުގަ މިހާރު މިދަނީ މީގެ ދޮކޮޅޮ އޮވޭ ބަލާފަ ތިޔަކުރާކަމެއް ކުރާތި ، ޕްރައިވެޓް ސެކްޓަރ ފުޑުފުޑުކޮށް އަޅުވެތިކޮށް ގައުމުގެ ހުރި ރިސޯސް ނީލަންކިޔާ ހުސްކޮށްފި ، ތިޔަ އެސް،ޑީ،އެފް.ސީ އަކުންވެސް ވަކިބަޔަކައް ލޯނުދޫކުރަނީ ، ނުވިތާކައް ދޫކުރާމީހުންނައް ދޫކުރަނީ އެހާ ދުއްތުރާކޮށްފަ ވިޔަފާރިތައް ފެއިލްވާގޮތައް ދިވެރާއްޖޭގެ އިޤްތިސާދު އިންގޭ ބަޔަކު ނެތްކަން ފާހަގަކުރަން
ސޯލިބޭގޯތި އިބުރާހީމަށް ވޯޓުދިން މީހުން ބާރަށް އަތްޖަހާ ، މިހާރު ހުއްނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަ ، ގައުމު ދަވާލައިފި
މުޖްތަމައުގަ ބަލިޖެހިފަތިބީ ކޮންބަޔަކު ކަން ދެނެގަނެ ވޭފަދަ ގޮތަކަށް ޓެސްޓް ސާމަޕަލް ނެގުން ބަދަލުކޮށްލަން ނުވޭ ބާއޭ ހިތަށް އަރާ. މިހާރު މިއޮތް ހާލަތުގަ 15 ދަުވަހުގެތެރޭ މާލޭގަ ދިރިއުޅޭ އެންމެން ގެ ސާމްޕަލް ނަގާ ޓެސްޓްކޮށް ބަލިޖެހިފައިވާ އެންމެން އެކަހެރި ކުރެވިދަނެ.
އަދިވެސް މައިމޫނާ އަށް އިތިބާރު ކުރަނީތަ ރައްޔިތުން ހާނާވަނީ މިއޮއް
ދަރިންނަށް މިގން މިދަނި ނެދެވޭ އަސަރު ކުރަމުން. ޕްލިސް ސްޓޮޕް
ކޮން ލުޔެކޭކިޔާކައް ހަޅޭއްނުލާ މަޑުން ހުރޭ...ތީކާކުތަ
ތިޔަ ވިޔަފާރި ކުރެވޭނީވެސް ބުނާބަސް އަހައިގެންދޯ ...މިހާރިވެސް މަނާކުރިއަސް ހުރިހާ ކަ މެމއް ކުރަމެންނޫން...ދެންވެސް ރީއްޗައްތިބެބަލަ..ކޮން..މެކަ މެއް ސިޔާސީ ނުކޮއްބަލަ....އަބަދު ވެރިކަ މާ ނިހިފާ މައިތިރި ވެބަލަ ..ކޮން ވިޔަފާރިއެކޭ ކިޔާކައްތަ....
.
މިހާރު ވިސްނަމުން މަޝްވަރާ ކުރަމުން ދަނީ މިއަހަރު ވެސް ސުކޫލުތައް ނުހުޅުވަން މީ ކިހާނުރައްކާ ތެރި ކަމެއްތޯ؟