22:02

މިއަދު ކޮވިޑަށް ފައްސިވީ 341 މީހުން.

21:47

ގދ. ފަރެސްމާތޮޑާ އިން އިތުރު 10 މީހަކު ކޮވިޑްް-19 އަށް ފައްސިވެއްޖެ

20:56

ކުޅުދުއްފުށީ ސިޓީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:22

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ނުވަތަ އެއްވެސް ކަހަލަ ވެކްސިނަކުން އިންސާނެއްގެ ޑީއެންއޭ ބަދަލެއް ނުވާނެ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޙާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ

19:48

ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ 20 ރަށަކާއި، ދެ ސިޓީއެއް ބަންދުކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ

18:01

ހދ. ހަނިމާދޫން އެއްގެއެއްގެ ދެ މީހަކު ކޮވިޑް-19އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފި.

17:37

މިހިނގާ ދިރާސީ އަހަރު ނިމެން ދެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ.

12:20

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ.

10:44

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 190 އަށް އަރައިފި.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަށްވަމުން އައި ނަމަވެސް މިއީ އަދި ލުއިތައް ދިނުމަށް އެކަށީގެންވާ އަދަދުތަކެއް ނޫންކަމަށް ނިންމައި، އަނެއްކާވެސް އިތުރު އެއްހަފްތާއަށް މާލޭގެ ފުރަބަންދު ދަމަހައްޓަން ވަނީ ނިންމާފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުއްދަ ނެތި ގެއިން ބޭރަށް ނިކުތުން މާލޭގައި ވަނީ މަނާކޮށްފައެވެ. މިނިންމުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދަމަހައްޓަން މިހާރު ވަނީ ނިންމާފައެވެ.

މިއަދަކީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިއަދު ފައްސިވީ 370 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވިއިރު މިމަހުގެ 04 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރީ މިއަދު އެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4263 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %9 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 17461 މީހުންނަށެވެ. މިއަދަކީ ކޮވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 17 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1369 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު