ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދަން އަލީ ވަހީދު އެދުނަސް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އަދި މި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.

ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އެ ގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެންނެވެ.

ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ހަމަވަނީ މިއަދުއެވެ. މާދަމާ އެ މައްސަލައިގެ ޝަރީއަތެއް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ. އެކަމަކު ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގައިދޭން އެދިވަޑައިގެންފައިވާކަން 'ވަގުތު" އަށް ވަނީ އެނގިފައެވެ. އެކަމަށް ފަނޑިޔާރު އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

އަލީ ވަހީދު އެހެން އެދިފައިވާތީ އެކަމުގައި ޕީޖީ އޮފީހުގެ ބަހެއް ހޯދާލަން ގުޅާލުމުން ޕީޖީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ވީޑިއޯ ކޮންފަރަންސްކޮށް ޝަރީއަތް ބޭއްވޭނެ ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.

ސަބަބެއް ކަމަށް އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނުގައި އޮންނަ ކަމަކަށް ނުވާތީއެވެ.

މާދަމާގެ ޝަރީއަތަށް އަކީ ވަހީދު ހާޒިރުނުވެއްޖެނަމަ އޭނާގެ ފަރާތުން ޖާމިނުވި އަޑުބަރޭ އަށް އަދަބު ދޭން ޖެހޭ ކަމަށް ފެންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ފުރަތަމަ މަރުހަލާގައި ޖާމިނުވި މީހާ ޖަަލަށް ލާން އެއް އަހަރަށް ހުކުމް ކުރެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ ދެ ވަނަ ފަހަރަށް ދެ އަހަރަށް ޖަލަށްދާނެއެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރިއެވެ. އެކަމަކު މި މައްސަލަތައް ކުރިއަށް ދެވޭ ގޮތް ނުވެ ވަނީ ހުއްޓިފައެވެ. އެއީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މިފަދަ މައްސަލައެއް ގެންދެވެން ނޯންނާނެތީއެވެ. އަލީ ވަހީދު ހާޒިރުނުވެއްޖެނަމަ އޭނާގެ ޕާސްޕޯޓް ކެންސަލް ކުރަން އެދޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ލލ

  ޖާމިނުވާ މީހާ ޖަލައްލެވޭނެ ކަމަށް ކޮން ޤާނޫނެއްގައިތޯ އޮތީ ؟

  9
  3
  • ޖާނޭ

   ޖާމިނުވުމާ ގުޅޭ ގާނޫނުގަ އި

   2
   1
 2. ކާށި

  އަނެއްކާ އެއްކަލަ އުންސުރު ގޮތްދައްކަން ފެށީ ނުކޮއްކީއްތަކުރާނީ ކަލޭމެންނަކައް އޭނާ ގެންނާކައް ނުކެރޭނެ ނުވެސް ގެނެވޭނެވިއްޔަ

  16
  2
 3. ނާރު

  ލލ ތިބުނީ އަސްލު މިޝަރީއަތް ނިމޭނެގޮތް

 4. އަންތަރީސް

  ކަލޯގަޔާ ކޮންމެ ގޮތަކަށްވިޔަސް އޭނަގެ އަމަލުން އެފެންނަނީ ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވާކަންދޯ، މިހާރު މަށަށް އޮޅިއްޖެ މިމައްސަލަކުރިއަށް ގެންދަން ބޭނުންނުވަނީ ކާކު ކަމާމެދު

  4
  6
 5. އިބްރާހިމް

  އަލީވަޙީދު އަތުން މީނާ ކިހައިވަރެއް ކއްވާލިތޯ ބަލަން ކެރޭނެތޯ؟

 6. އިބްރާހިމް

  މެމްބަރު އަޙްމަދު ޢީސާގެ މައްޗަށްވެސް މިދައުވާތަށް ކުރަން ކެރޭނެތޯ؟
  ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

 7. ފެކްޓް

  މިގައުމުގައި ރައްޔިތުންގެ ކުރިމަތީ އެކަމަކު ރައްޔިތުންނަށް ހަގީގަތް ފޮރުވައިން ކުރާ އެންމެ ބޮޑު އަނިޔާވެރި ފްރޭމް ކުރުން. ވަރަށް ވާހަކަ.