އިލެކްޝަން ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކޮށްފިިއެވެ.

އެ މަގާމަށް އައްޔަން ކޮށްފައިވަނީ ކޮމިޝަންގެ އެކްޓިން ސެކެރެޓަރީގެ މަގާމުގައި ހުރި ހަސަން ޒަަކަރިއްޔާއެވެ.

އެސްޖީގެ މަގާމަށް ޒަކަރިއްޔާ އައްޔަން ކޮށްފައިވަނީ އެ މަގާމަށް އެންމެ ގާބިލުވާ ފަރާތަކީ ޒަކަރިއްޔާ ކަމަށް ފެންނަކަމަށް ކޮމިޝަންގެ މެމްބަރުން އިއްތިފާގު ވާތީއެވެ.

ޒަކަރިއްޔާ އީސީގައި މަސައްކަތްކުރަން ފައްޓާފައިވަނީ 2016 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމެވެ.

އެއަށް ފަހު 2017 ވަނަ އަހަރު ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެވުނެވެ. އެސްޖީއަކަށް އައްޔަން ކުރުމާ ހަމަޔަށް އޭނަ ހުރީ އެކްޓިން ސެކެރެޓަރީގެ މަގާމުގައެވެ.

އީސީގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އަކީ އެސްޖީއެވެ. ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކޮށް ޖަލްސާތުގެ ސެކެޓެރީއޭޓްކަން ވެސް ބަލަހައްޓަމުން ދާނީވެސް އެސްޖީއެވެ. އޭނާ ރިޕޯޓް ކުރަން ޖެހޭނ ސީދާ ކޮމިޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު