އޮޅު ޖަނަވާރު މަގުމައްޗަށް ދޫކުރާ ފަރާތްތައް 5000 އާއި 10،000 ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އެދި ރައްޔިތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ "ޖަނަވާރުގެ ސިއްހަތާ ބެހޭ" މި ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ. އެ ބިލުގައި ވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލުން މަނާކޮށްފައެވެ. އަދި ގަވާއިދާއި ހިލާފަށް މަގުތައް މައްޗަށް ދޫކުރާ ޖަނަވާރުން ކަރަންޓީން ކުރުމަށާއި، އޭގެ ވެރިފަރާތް 5000-10،000 ރުފިޔާގެ ޖޫރިމަނާ ކުުރުމަށް ބިލުގައިވެއެވެ.
މީގެ އިތުރުން ބައްޔެއް ހުރި ޖަނަވާރެއް ވިއްކަން ބެހެއްޓުމާއި އެފަދަ ބަލި ޖައްސައި އެއްޗެއް، ގަސްދުގައި ރާއްޖެއަށް އެތެރެކޮށްފިނަމަ 10،000-25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އެދިފައިވެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ އެހެން ކަމަކާއި ހިލާފުވެއްޖެނަމަ 5000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވެއެވެ.
ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި، ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ޖަނަވާރުން ދިރުވާ އާލާކުރުމަށް ރައްކާތެރި މާހައުލެއް ކަނޑައަޅާ، ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކުރުުމަށް އުސޫލުތައްވެސް ވެއެވެ.
މި ބިލުގައިވާ ގޮތުން ގަވާއިދާ ހިލާފަށް މަގުތައް މައްޗަށް ދޫކުރާ އޮޅު ޖަނަވާރުން ކަރަންޓީން ކުރަން ފެސިލިޓީއެއް ގާއިމް ކުރަންޖެއެވެ. އަދި ބިލުގައިވާ ކަންކަން ތަންފީޒު ކުރުމުގައި ހެލްތު މިނިސްޓްރީއާއި ކައުންސިލްތަކުގެ ދައުރާއި، ގާނޫނު ތަންފީޒީ ކުރާނެ ދާއިރާއާއި، ޖަނަވާރު ގެންގުޅޭ ތަންތަން ބަލައި ފާސް ކުރެވޭނެ އުސޫލާއި، ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭނެ ފަރާތްތައް ކަނޑައަޅާފައިވެއެވެ.
މި ބިލް ފާސްވެ ގާނޫނަކަށް ވާ ހިސާބުން 2008 ވަނަ އަހަރު އެކުލަވާލި ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވައިދަށާއި 2012 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވާއިދަށް ގާނޫނީ ބާރު ލިބިގެން ދާނެއެވެ. އެއީ ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލު ކުރަންވީ ގޮތް ކަނޑައަޅަން ބޭނުންވާ ގާނޫނީ އޮނިގަނޑު މި ބިލުގައި ހިމަނާފައި ވާތީއެވެ.
ވަލުޖަނަވާރު ގޮތަށް ދަރިން ތަރިބިއްޔަތުކޮށް އެހެންމީހުންނަށް ގޯނާކޮށް މީހުންނަށް ދުއްތުރާކޮށް ވައްކަންކޮށް މަގުފޭރި މީހުންގެ ފުރާނަ ދުއްވާލަން މަގުމަތީގައި އުޅޭ މީހުންނާއި އެމީހުންގެ މައިންބަފައިން ޖޫރިމަނާ ކުރަން ބިލެއް ހުށަހަޅަން ވީނޫންތޯ
😂😂😂😂😂😂😂😂😂😂😂😂💆💆💆💆💆
މި އޮތީ ވާ ސަރުކާރެ އއް. ނޭވާ ލިޔަސް ޖޫރިމަނާ!!!!!!
ޖޫރީމައިނާ ސަރުކާރު
ހުރިހާ ބިލެއް ހަދާނިމުނީތޯ؟ ހަދާނެ ނަހަދާނެ ބިލެއްނޭގިގެން ޖަހާ ފޮޑިވެސް ބިލެއްގެ ތެރޭން ނޫނީ ނުޖެހޭގޮތަށް ތިޔަ ހަދަނީ؟ އޮޅުކޮށްގެން އުޅޭ ޖަނަވާރުތަކެއް ނޫން..ވަގުބުޅާތައް އާއްމުންނަށް އުދަގޫވާ ގޮތަށް މަގުމަތީގައި އުޅެނީ! މަގުމަތީގައި އެއަށް ކާންދީ ބޯންދީ ހަދާމީހުން ޖޫރިމަނާ ކޮަށް ، ކޮރަންޓީނު ފެސިލިޓީ އަށް ގެންދަންވީ އެތަކެތި.އެތަކެތި ބަލަހައްޓަންވީ. މަރާނުލާގެން ގުޅެންވީ! ދޫނި ސޫފާސޫޕެއް ނޫން! މަމޮޅުވާން އެއްޗެއް ހަދާ ނަން ފުޅާކުރުމަށް ޖަނަވާރުންނަށް ލޯބިކުރާ މީހުންނަށް ބލ ބޮޑުކުރަންވީ ކީނޫން!
ކުރީ ދުވަހެއްގަވެސް ބުޅަލެއްގެ އަތުން ލޭ އަންނަނިކޮށް ފެނޭ. ހެޔޮ ނުވާނެ. އެސޮރުމެންނަށް އަނިޔާކޮށްފަ ﷲ ހަޒުރަތުގައި ކީކޭބާ ކިޔާނީ މަރުވުމަށްފަހު. އެހެން ނުހަދާ. އިންސާނުންނަށް ވެސް އޯގާތެރިވާންވާނެ އަދި ޖަނަވާރުންނަށްވެސް .
މި މީހުން ރައްޔިތުން ފެލާނެ ގޮތެއް ނެތިފަ ތިބެނީ. ބަލަ އޮޅު ކޮށްގެން ގެންގުޅޭ ޖަނަވާރުތައް ކަލޭ މެނަށް ގޮން އުންދަގުލެއް ޖައްސަނީ؟
މެންބަރަކު ޖަލްސާއަށް ނުގޮސްފިއްޔާ ޖޫރިމައިނާ ކުރާގޮތައް ހަދައިފިއްޔާ ވަަރަށް ރަގަޅުވާނެ
ޕ
ވަރަށް ބެސްޓް ކަ މެއް.
ބުޅާ މަގު މައްޗަށް ދޫ ކޮށްލާފަ ތިބީ މަ ފާހާނާ ކުރަނީ މަގު މައްޗަށް . ކޮން މެ ދުއަހަކު ކުނި ކަހާ ރީތި ކުރާ އިރު ބުޅާ ޕޫޕް ވެސް ނަގަން ޖެހޭ. މި ދައްކަނީ އައްޑޫގެ ވާހަކަ.
މަގުމަތީގައި ތިބޭ ހުރިހާ ބުޅަލަކީ ބަޔަކު މީހުން މަގުމައްޗަށް ދޫކޮށްލި ބުޅަލެކޭ ނުބުނެވޭނެ. މާލޭގައި ދެތިން ހަތަރުތަކެއްގައި މަގުމައްޗަށް ބުޅާތައް ވިހައި ބޮޑުކުރިތައް އެތައް ފަހަރަކު ފެނިއްޖެ. ވިހައި ބޮޑުކުރި ކޮންމެ ބުޅަލެއްވެސް އުޅެނީ ނުލާހި އޮޅުކޮށް. މިހެންވަނީ މަންމަ ބުޅާ ބުޅާތައް ވިހަނީ މަގުމަތީގައި ބާއްވާފައި އޮންނަ ވެހިކަލްގެ ދަށަން. ބުޅާތަކަށް ހިނގައިގަނެވޭވަރުވީމާ ޅަބުޅާތައް ގޮވައިގެން ދަނީ ހޮޓާތަކުގެ ކައިރިއަށް. ހޮޓަލުން ނުކުނަ މީހުންގެ ފުށުން ކާން ލިބޭ. ހަމަ އެއާއެކު މާލޭގެ މަގުމަތީގައި ކުނި ބެހެއްޓުން އާންމުވުމުން އެގޮތުންވެސް ކާނާ ހޯދާ. އެސޮރުމެންނަށް ކާނާ ލިބެނީ މިދެގޮތަށް. މިގޮތަށް ކާނާ ހޯދާއިރު ވަރަށް ކައިރީގައި މީހުން އުޅެނީ. ކުޑައިރުއްސުރެ މީހުންނާ ގައިގޯޅިވާގޮތަށް މިހެން އުޅުނީމާ މީހަކު ފެނުނަސް އެސޮރުމެން ބިރެއް ނުގަނޭ. ދުއްވައެއް ނުގަންނާނެ. އުޅެނީ ނުލާހިކު އޮޅުކޮށް.
ކަލޯގެއާ ޖަނަވާރު މި ކިޔަނީ ކީއްވެގެންކަން ފުރަތަމަ މަޖިލީހަށް ވަނުމުގެ ކުރިން ނޫނީ ބިލް ހުށަ އެޅުމުގެ ކުރިން ދަސްކޮށްލިނަމަ ހާދަ ރަގަޅުވީސް، ރާއްޖެއަށް ކޮވިޑް އައުމުގެ ކުރިން އެކަން ދަސްކޮށް ކޮވިޑް އަކީ ކޮން އެއްޗެއްކަން އެގި މަޖިލިސް މެމްބަރުންނަށް ކިޔާދިންގޮތަޢް ކިޔާދީފަ ބިލް ހުށަ އެޅުން ވަރަށް ރަގަޅުވީސް ކަމަށް ދެކެމެވެ. އޭރުން ބިލް ހުށައަޅާ ގޮތައް ފާސް ކޮށް ނިކަމެތި ރައްޔިތުމީހާ އަތުން ފަސްހާސް އަދި އެއަށްވުރެ ގިނަ ރުފިޔާ ނަގައިގެން މަޖިލިސް މެމްބަރުންގެ މުސާރަ މިލިއަން ރުފިޔާ އަށް ބޮޑުކޮށްލަން ރުފިޔާ ލިބޭނެ ކަމަށް ފެނޭ..
މި އޮތީވާ ސަރުކާރެއް ކޮންމެވެސް ބަހަނާއެއް ދައްކައިގެންވެސް ރައްޔިތުން ޖުރުމަނާކޮށްގެން ރައްޔިތުން ފެލައިގެން މިބައިމީހުން ނަށް މުސާރަ ހޯދަން މިތިބީ ހޭ ވައްޓާލާފަ ޖުރުމަނާއޭ ބުނާއިރު މި ޤަމާރުންނަކަށް ޖުރުމަނާ އަކީ ކޮން އެއްޗެއްކަން ނުވެސް އެނގޭކަން ހަމަ ޔަޤީން ޖަނަވާރޭ ކަހިރުވަކޭ ކިޔައިގެންވެސް މި ބަލަނީ ރާއްޖޭގެ ގިނަ ބަޔަކު ހިންހަމަޖެއްސުމަށް ދޫންޏާ އަދި ބުލާ ފަދަ ދިރޭ ތަކެތިގެންގުޅޭތީ އަދި މިތަކެތި ރާއްޖެއަށް އެތެރެކުރާކަން އެނގޭތީ ބަހަނާއެއްގެ ގޮތުގައި މިކަމުގެ ނާޖާއިޒު ފައިދާ ނަގައި ރައްޔިތުން ފެލަން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް މަގުމައްޗަށް ގެންގުޅޭ ޖަނަވާރެއް ދޫންޏެއް ދޫވެއްޖެނަމަ އެމީހާ ބޮޑު އަދަދަކުން ޖުރުމަނާކުރާން ނިންމާއިރު ޖުރުމަނާ އަދި އަދަބަކީ ކަމުގެ ކުޑަބޮޑުމިނަށްބަލާ ކަނޑައަލާ އެއްޗެއްކަން މި ކެނެރީމަޖިލީހުގެ ރޯނު އެދުރު މެމްބަރުންނަށް ނޭނގޭ ކުރަންވެސް އެނގޭހާވެސް ކަމަކީ ރައްޔިތުން ހާލުގަ ޖައްސައި ރައްޔިތުން ފެލައިގެްނ ބަޖެޓަށް ފައިސާ ހޯދުން ހެޔޮވެރިކަމުގެ ނަމޫނާ މިސާލުތަށް ފެންނަމުންމިދަނީ
ރައްޔަތުން ފެލައިގެންވެސް އިތުރަަށް ލާރީ ހޯދޭތޯ ތެޅިބާލަނީ މިމީހުން.