ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުން މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީއަށް ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރާތީ އެމްއެންޑީއެފް އިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދެވޭ އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފްގެ ފަރާތުން ދޭނެކަން އަބަދުވެސް ވާނީ ބުނެފައި ކަމަށާއި އެމްއެންޑީއެފްގެ ކަންބޮޑުވުން އޮތީ ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ ކަމަށެވެ.

"މުއައްސަސާގެ ކަންބޮޑުވުން އޮތީ ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ. އެއީ، ސިފައިންގެ ހައިރާކީ އަދި ޗެއިން އޮފް ކޮމާންޑްގެ ބޭރުން ކަންކަން ކުރުމީ ސިފައިންގެ ޤާނޫނާއި އަސްކަރީ އުސޫލާއި ޚިލާފުކަމެއްކަމަށް ވާތީ." މޭޖާ އާޒިމް ވިދާޅުވިއެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރަން މަޖިލީހުން ނިންމުމުން އެމްއެންޑީއެފް އިން ކުރިން ނެރުނު ބަޔާނެއްގައި ވެސް ވިދާޅުވީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން މުޅި ގައުމީ ސިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑު އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މި ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަކަށްވާ،" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނާއި ގުޅިގެން ކުރިން ލަފާކުރެވިފައި އޮތީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުވާނެ ކަމަށެވެ. ނަމަވެސް ކޮމެޓީގެ އިންކްއަރީއަށް ވަކިވަކި ސިފައިން ވެސް އަންނަނީ މަޖިލީހަށް ހާޒިރު ވަމުންނެވެ.

މަޖިލީހުގެ 241 ކޮމެޓީން އިންކުއަރީ ހަދަމުން އަންނަނީ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވޭ ގޮތަށް ސެކިއުރިޓީ ބްރީޗްވި މައްސަލަ އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ސަންގު

  ޕޮލިހުންނާ ސިފައިންނަށް ޖެ އްސުން ކުރުން މަޖިލީހުން ހު އްޓާލާ.

  20
  1
  • ހޯދާ

   މިޝްކާގެ މަރުގެ މައްސަލަވެސް ބަލަން ވީނުން

  • ދީދޯ

   ނަޝީދު އެކަނި ތޯ މިގައުމުގަ ހުރީ

  • ދޮންބެ

   ނުހުއްޓުވޭނެ! މަޖްލިސްއިން ބޭނުންކަމެއްކުރާނެ! ދެން ތިޔަ ދެމުއައްސަސާގައި ތިބީ ޕަޕެޓުން އެންމެ އިސްކޮށް. މަގާމުތައްދިނީ މިސަރުކާރުން. ކާރުތަށް ދިނީ މިސަރުކާރުން. މަގާމުގެ ކުރިއެރުން ދިނީ މިސަރުކާރުން. ތިޔަ ދެމުއައްސަސާއާ ޙަވާލުވެގެން ގޮތް ނިންމާ ބަސްބުނަން ތިބީ މިސަރުކާރުގެ ކެބިނެޓް މިނިސްޓަރުން! އަދި ކޮބާ ކޮމިޝަނަރާ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ތިބި ދެމީހުން އެދެ މުއައްސަސާއަށް ޙަރާންކޯރުވިކަމަށް ތުހުމަތުކުރެވި މައްސަލަ ބަލާ އެތަންތަނުން ކުރިން ބޭރުކޮށްފައިވަނިކޮށް ފާއިތުވިޔަ ތަނުގެ މުސާރައާއި އިނާޔަތްތައް ގަނޑުކޮށްދީ އަލުން ވަޒީފާ ދިނީ މިސަރުކާރުން! އެހެންވީމަ އަނގަޔަކުންވެސް ބުނެވޭކަށް ނޮއޮންނާނެ މިސަރުގެ ސުޕަ މެޖޯރިޓީ އޮތް މަޖްލީހުން ކުރާކަމަކަށް! ހަމަ ފޮނުވަންޖެހޭނީ! މީހުންގެ ލޮލުގައި އަނދުން އަޅުވަން ކޮންމެވެސް އެއްޗެކޭ ކިޔާނެ. އެކަމުވެސް ހަމަ މަޖްލީހުން އަންގާލި ކޮންމެ ވަގުތަކު ދާންޖެހޭނީ! އެންމެ ދެރައީ ކަލޭމެން ހާވާފައިވާ ނަޖިސްގައި ތިޔަ ދެމުއައްސަސާގެ މުވައްޒަފުން ގުރުބާންކުރެވޭތީ.

 2. ......

  މަޖްލިސް އުޅެނީ އެއީ އެންމެ ގަދަ މީހުންނަށް ހެދެން ވެގެން....ހުރިހާ މުއައްސަސާއަކަށް ބާރާއި ނުފޫޒު ފޯރުވަން އުޅެނީ...މަށަށް ފެންނަނީ ކޯޓް ތަށްވެސް އުވާލަން...ތަހުގީގީ އިދާރާވެސް އުވާލަން...އެންޓި ކޮރަޕްޝަންވެސް އުވާލަން ދެން...އެއީ ބޭނުން ތަންތަނެއް ނޫނެއްނު....އެތަންތަނުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަން ފޭރި ގަނެ މަޖްލިސް އިން ކަން ކުރަމުންދާ ގޮތުން އަދުލުވެރިކަމަށް ބުރޫ ނާރާނެ ގޮތެއް ނޯންނާނެ....މަޖްލިސް ބޭނުންވާ ގޮތް ނޫން ގޮތަކަށް ކަމެއް ދާ ާނަމަ އެ ނިންމަނީ ނާ އިންސާފު ކަމަށް...މިހެން ކަން ކުރަނ ފުރުސަތު ދީ ތިބުން ދިފާއީ ބާރުގެ ހުވަޔާވެސް ހިލާފު ނޫންތޯ...އަހަރެން އެދެން ނަޝީދުގެ މައްސަލަވެސް އަދުލުވެރިކަނާއެކު ކުރިޔަށް ދާން....އަފްރާޝީމްގެ މައްސަލަވެސް...އަދި އިސްކަން ދޭން ފެންނަނީ ވެސް ނަޝީދުގެ މައްސަލަ އަށް...އެއީ ނަޝީދު އަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް...ނަމަވެސް ބާރާއި ނުފޫޒުގެ ތެރެއިން މިހާރު އެމައްސަލައިގެ ނަމުގައި އެހެން އަނިޔާވެރިކަމެއް ހިންގާތަން މި ފެންނަނީ...ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވެފަ ހުރި ކަންކަން ހާސިލް ކުރަން އުޅޭތަން މިފެންނަނީ....ޒާތީ ހަސަދަ ވެރިކަން އިސްކުރާތަން މި ފެންނަނީ...އެމް އެމް ޕީ އާރް ސީ މައްސަލަ ކުއްލިއަކަށް ހިލި މަޑުޖެހި ހިލި މަޑުޖެހިއަނެއްކާވެސް ހިލި މަޑުޖެހި ހިލިފަ މިއޮތީ ކީއްވެބާ....ކޮން ކާކުގެ ނުފޫޒަކުންބާ ކޮންމެ ފަހަރަކު މަޑުޖެހެނީީ...ނުވަތަ ކޮންމެ ފަހަރަކު ހިލުވާލަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރަންބާ...އެކަން ހާސިލްވުމުން މަޑު ޖައްސާލާފަ ދެން ފަހަރަކަށް ބާއްވާލަނީ....އަދުލު އިންސާފާއި ހަމަހަމަކަމަކީ ހަމަ އެކަނި ވަކި އާއިލާއަކަށާއި އެ އާއިލާގެ ގާތް މީހުންނަށް ެެކަނި ވިސްނޭނެ އެއްޗެއް ކަމަށް ގަބޫލު ކުރުމަކީ މާކުރީގެ ބޯދާ ވިސްނުމެއް...މިއުޅެނީ ރަސޫލުންގެ ބްލަޑް ލައިން އެއް ނޫން....މިތަނުގަ އެގޮތަށް ގަބޫލު ކުރާ މީހުންގެ ނަޒަރިގައި އެމީހުން ނޫން ބަޔަކަށްރަނގަޅަށް ކަމެއް ކުރެވޭ ކަމށްވެސް ވަނީކީ ނޫން....އެއްޗެއް އެނގޭ ކަމަަށްވެސް ނުވޭ...އެ ނޫން އެންމެން އެއީ ކޮރަޕްޓް މީހުން....ކުށްވެރިން....ކޮންމެ ގޮތެއްވިޔަސްވެސް ފެންނަ މަންޒަރަކީ މިއަދުގެ ޖީލުވެސް އެއާއިލާތަކަށް ނޫނެކޭ ބުނަމުންދާކަން....އެމީހުންގެ ސިޔާސީ ހަޔާތުގައި ނާކާމިޔާބީގެ ކުލަ ޖެއްސެމުންދާކަން...ޔަގީނުންވެސް ހެޔޮވިސްނޭ ބަޔަކު ގައުމުގަ ތިބޭނެ...އެބަޔަކު އިސްނަގަން ވެއްޖެ....

  20
  1
 3. ރިޔާޒް

  މމކ މިހާރު ސަ މާލުމިވިދާޅުވަނީކީކޭބާ، ސަ މާލޫ ނުފޯރާފޕތިން ފީގަޅަން ނޫޅެބަލަ...ކޮން ޗެއިންއެއް ޗެއިންއަކައްނުވާނެ ތިޔަކަހަލަ ކަންކަ މެއް ކޯއްޗެއް މިޗެރޮންނައް އިނގޭނީ ކުދިންނައް ލިބެން އޮންނަހައްގެއް ހޮފަހައްޓަން އެނގިދާނެ އެނީންއެއްވެސް ކަމެއްނެއް....އަބަދުވެސް ކުރީގެ ފްރެންޑުންނައްއިތުބާރުކުރާ އަހުލާގު ނުބައި އަމިއްލައރދުން އިސްކުރާ ވެރިއެއް ސަ މޅަކީ މިއުޒިކު ސޯލްޖަރ އެއް ކޮންޗޭއިން އޮފް ކޮ މާންޑެއް ތިޔައީ ތިވީަރި ދަހިސާދަރ ގަރު...ގައުމުގެ ދުވަސް ތިޔަދުއްވާލަނީ....

  3
  9
 4. ޝިރޯ

  ސީދާ މުއައްސާގެ އަގުވައްޓާލަނީ ފެއިލްކޮށްލަނީ ފިދަނަޔަކީ ބޯޖަހާފައި ފަހަތު ފިޔަގަޑު ތިރި ކުރާ ދޫންޏެކެވެ. އާނ ނޫން ކިޔާ ކަހަލަގޮތަކަށް ގޮތަކަށް އުޅޭ ދޫންޏެއް މާރިޔާ ބުނި ގޮތަށް ތިޔަ މުއައްސާ ތިހަދަނީ ބޭނުން ގޮތަކަށް ފުލުހުން ގައިގާ ތަޅާނެ ކުދިން ހޯދަން އެހީވާން ތެޅުނު މާރިޔާ ތިޔައީ މިކަމުންވެސް މިސާލު ނަގާ މުޅި ތަން އެފުއް މިފުއްޖަހާ ފަނި އަޅުވާ ލާފައި ނޫނީ ނުދާނެ މިހާރުވެސް މިބައިގަޑު ހައްޔަރު ކުރެވޭ ވަރަށް ސާބިތު ހެކި ލިބިފައި ތިޔަމުއައްސަސާގެ ވެރިންނަށް އެގޭނެ ޔާމީން ހައްޔަރު ކުރަން ތެޅުނު ގޮތަށް ކަންކުރީމާ ނިމުނީނޫންތަ

  12
 5. ޒަރީރު

  ކޮބާތޯ ކުރީގެ ކޮމާންޑަރ ނަސްރުއްލާ ކީއްކުރަންތޯ މިދަނޑިވަޅުގައި އޭނާ ބަދަލުކުރީ އެއޯ އަސްލު އޮޅޭނެކަ މެއް އޭނާ އެހެންތާކައްބަދަލުކުރީ ކީއްކުރަންތޯ އޭނާއައް ވަރައްބޮޑު އެއްޗެއް އިނގޭނެ...އޭނާއެހެންތަަކައް ބަދަލު ތިޔަކުރީ ކޮންބޭނުމަކުތޯ އަސްލު އޮޅުވާލަންތޯ....ހުރިހާ އެން މެނާ ސުވާލުކިރެވެންޖެހޭނެ ..މިކަހަލަ ކަންކަމުގައި ޗެއޮންއޮފް ކޮމާންޑޭ ކިޔައި އަސްލު އޮޅުވަންނޫޅޭ މީ ދެގައުމުދެމެދުގައި ކުރި ހަނގިރާމައެއްނީން ކޕން ޗެއިން އޕފްކޮމާންޑެއް...

  4
  2
 6. ދިވެހި ރައްޔިތުން

  މަޖިލީހާށް ޖަވާބުދާރީ ކުރުވޭނެ. އެއީ ރައްޔިތުން ތަމްސީލު ކުރާ ތަނެއް. ދިވެހިރައްޔިތުނަށް ޖަވާބުދާރީ ކުރުވޭނެ.

  19
  • ބުރޯ

   ނުކުރެވޭނެ. ސިފައިންނަކީ ސިވިކިއަނުންނެއް ނޫން. އެއީ މުޅި ގައުމުގެ ދިފާއުގައި ތިބި ބައެއް. އެމީހުންނަކީ ޖާނާއި މާލު ދޭން ތައްޔާރަށް ތިބި ބައެއް. އެމީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް ބަލަން ވެއްޖެއާމުން ކޯޓު މެދުވެރިކޮށް އެމީހުންނަށް އަންގާނީ. އަދި އެއަށްފަހު އެމީހުންގެ (ސިފައިންގެ) ގާނޫނުގެ ތެރެއިން އެ މައްސަލައެއް ބާލާ ފިޔަވަޅު އަޅާނީ. އެއަށްފަހު މައްސަލަ ޖެހޭ ސިފައިންގެ މީހާ ދިފާއީ ބާރުން ވަކި ކުރުމަށްފަހު، ސިވިލިއަން އެއްގެ ގޮތުގައި ކޯޓަށް ގެންދެވޭނީވެސް. ނަޝީދު މިހާރު އެހެރީ ރަނގަޅަށްވެސް ވެރިކަމާ ހެދި މޮޔަ ވެފަ. އަދި އަސްލު ސިފަ އެ ފެންނަނީ.

 7. މީހާ

  މާ ދިގު ބޮޑު ތަކުރުފާނު ވާހަކަ ދައްކާނެކަމެއް ނެތް. ކަލޭގެ ވާހަކައަށް ބަލާފައި ވައްތަރީ ކާފަރަކާ. ލާދީނީ ބައިގަނޑު މިގައުމުން ބޭރުކޮށްލާ ޤާނޫނެއް ހަދަންވީ.

 8. އަރުމާޒުގެ ރައިވަރު

  ކޮންކަމަކާތޯ ކަންބޮޑުވާންވީ، ކަމެއް ފޮރުވަން މަތިޖަހަން ނޫޅޭނަމަ އެކަމަކާ ހާސްވާންވިކަމެއްނެއް. ސަމާލްގެ ދޯހަޅި ސިޔާސަތު ހާމަވެދާނެތީ އޮތްބިރެއް ތިއޮތީ.

 9. ކާފަބޭ2020

  އަޅުގަނޑުގެ ސުވާލަކީ ރައިއްޔަތުންހޮވާފައޮތްމަޖިލީހަކަށްވަނީ އެންމެފަރުދެއްގެކަންތައްބެލުމައްހެއްޔެވެ. މަޖިލީހަށްހޮވުނީ އެންމެފަރުފަކުވޯޓުލައިގެންހެއްޔެވެ. ޜައިއްޔަތުންވޯޓުލައިގެން ހޮވުނުނަމަ ރައިއްޔަތުންގެކަންތައް ބަލަންޖެހޭނެބެލެންޖެހޭނެ!މައްސަލައެއްކަމަށް އަޅުގަނޑަށްފެންނަނީ ކުރިންއެތައްބަޔަކު މަރާއަދި މަރަންހަމަލަދިންމީހުންގެ މައްސަލަތައް މަތާރަންފިލާމަތީގަ ހިރަފުސްއަރަންބަހައްޓާފަ ތާޒާ މައްސަލައެއްހޯދަން ވައިފުޅިއަޅައިގެން ވާދޫކަނޑުގެއަޑިއަށް ފީނާތީކަމަށް ކުރިންވެސް"ވަރަށްގިނަބޮޑެތިގާތައްފުރޮޅި" ބޮއްޔެއްގެމިންވަރުވެސް ފެނުނުކަމަކަށްނުވީ؟؟؟؟؟؟؟؟؟

 10. ސާރާ

  ކީއްވެބާ އެހާ ބޮޑަށް ކަންބޮޑުވަނީ....ވެދާނެ ކަމެއް ކުރެވުނީމަކަމަށްވެސް...އިންސާނުން ކުރާ ކަންކަމަށް ވަކިވަކިން ހަމަ އެކަމެއް ކުރިމީހަކަށް ފަހުދުވަހުވެސް ނަތީޖާ އަންނަނީ...އެންމެނަށް އެއްވަރަކަށް އެއްކޮށެއް ނޫންކަމަށް ކުޑަކުދިންވެސް ބުނަނީ އެމީހަކު ކުރިކަމެއް އެމީހަކަށް ކަމަށް އޮންނާނީ 😏

 11. ސޫއޫދު

  ވަރައްމަޖާ ދެކޮޅުންވެސްޕާޓީ ކުދިންކޮޅު ދެފެކްޝަންގެ ދެވެރިންގެ ގަދަހިޕުން ސަލާމަތީ ބާރުތަކާ ހަމަޔައްދިއައީ އެމްޑީޕީ ވެރިކަންވަނީ ގައުމެއްހިންގަންނުލިބޭނެ ހުރިާބާރެއް ލިބިފަ މުޅިދައުލަތުގަތިބީ އެމްޑީޕީ އެކްޓިވިސްޓުން ދެފަޅިން ކުރަނީ ބަހުގެ ހަގުރާމައެއް އެވެރިންގެތެރޭ. ޢެޖެންޑާ19 ވަރައްތަފާތު ގައުމުފުޑޭނީ ނާވަރަ އިތުރުވެ ކޮވިޑް19

 12. ހުސެންދީ

  މީ ކަންބޮޑުވާން ޖެހޭކަމެއް. މިކަމުގެ ސަބަބުން ތި މުއައްސަސާ ސިޔާސީ ވާނީ. މަޖިލީހުން ބޭނުންވާ މައުލޫމާތު މިނިސްޓަރާއި، ޗީފާއި ވައިސް ޗީފްގެ ފަރާތުން ހޯދޭނެ. އެންމެ ބޮޑުވެގެންވެސް ޔުނިޓެއްގެ ކޮމާންޑަރު ފިޔަވާ އެހެން އޮފިޝަލްއެއް މަޖިލީހަށް ހަޒިރުކުރުމަކީ ހަމަ ޖެހޭކަމެއްނޫން. ސިފައިންނަށް އަމުރު ކުރަނީ ޔުނިޓް ތަކުގެ ވެރިން. އެމީހުންނަށް އަމުރުކުރަނީ ސިފައިންގެ އިސް ވެރިން. މިގޮތަށް ކަންތައްކުރީމާ، ވެރިންކުރާ އަމުރަށް ކިޔަންވާން ފަސްޖެހޭނެ. ސިފައިންނާ އާންމުންނާ ތަފާތުވަނީ ވެރިން ކުރާ އަމުރަށް ސިފައިން ކިޔަމަންވާތީ. މަޖިލީހުން ބޭނުންވާ ހުރިހާ މައުލޫމާތެއް ވެރިން މެދުވެރިކޮށް ހޯދޭނެ. ވެރިންނަށް ނޭނގި ވަކިވަކި ސިފައިން އަމިލައަށް މަސައްކަތެއް ނުކުރާނެ. އަދި އެމީހުން ގޯސްކޮށް ކުރާކަންތައްތައް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ނިޒާމް ސިފައިންގޭގައި ހުރޭ. އެ ކަންކަން ކޯޓާހަމަހަށް ގެންދަން ޖެހުނަސް ގެންދާނެ. ސިފައިންގެ މީހެއް، ބުނީމާ ބުނާގޮތެއް ހަދަން ހުންނަ މީހެއް މަޖިލީހަށް ދެމުމަކީ ވިސްނުމުގެ ގޮތުން އެއްވެސް ހަމަޖެހޭ ކަމެއް ނޫން. ސިކުނޑި ގެންދޭ.

 13. ކައުންސެލަރު 🙌

  ދެން މިތަނުން މީހަކު ހާޒިރު ނުވެއްޖިއްޔާ ބުނާނެ ބަގާވާތް ކުރިއްޔޭ. ލދީނ

 14. އެނގިއްޖެ

  ތައްޔިތުްމަޖްލިހަކީ ރައްޔިތުންނައް ދަތިވާ އެކއެކިކަންކަމުގަ އެމީހުންނައް ފަސޭހަވާގޮތައް (އެމައްޗައް އެންމެން އަމަލުކުރަންޖެހޭ)ގާނޫނުހަދަން ޖެހޭތަނެއް އެއީ ތަހުގީގީ އިދާރާއެއްނުުން

 15. ރައްޔިތުން

  މާރަޔާ ބުނަނީ ކީކޭ؟؟؟ އިންޑިޔާގެ އެގްރީ މެންޓް ރައްޔަތުން ބޭނުވީ މަ ބުނީ ގައު މީ ސަލާ މަތައް ނުރައް ކަލޭ. ދެން މިކަ މާ ބުނަނީ ކީކޭ؟؟؟؟