މީސް މީޑިއާގައި ހަރުކަށި ފިކުރާއި ނިރުބުވެރިކަމަށް ވާގިދޭ ގޮތަށް ކޮށްފައިވާ ޕޯސްޓްތަކާ ގުޅިގެން 50 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ފުލުހުންނަށް އެމްޑީޕީން ހުށަހަޅާފައިވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް "މެއި-06" ނަމުގައި ކޮމެޓީއެއް އުފެއްދުމާއި ގުޅޭ ގޮތުން ރޭގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހަސަން ލަތީފް ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށްފަހު "ސޯޝަލް މީޑިޔާގައި ހޭޓް ސްޕީޗާއި ހަރުކަށި ފިކުރަށް ތާއީދުކޮށް" އެކިއެކި ޕޯސްޓްކުރާ މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ބަލަމުންކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލިސް ގޮއްވާލުމަށް ގޮވާލި މީހެއް ހައްޔަރުކޮށް އޭނާގެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަމަށް ހަސަން ލަތީފް ފާހަގަ ކުރެއްވެވިއެވެ.
މިފަދަ ކޮމެންޓްކޮށް ހަރުކަށި ފިކުރާ ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކާމެދު ގަނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން 50 އަށްވުރެ ގިނަ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ހަސަން ލަތީފް ވިދާޅުވި ނަމަވެސް އެމައްސަލަތަކުގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން އެޕާޓީ އާއި ހިއްސާކޮށްފައިވާ މައުލޫމާތު ރޭ ގައުމީ މަޖިލީހުގެ މެންބަރުންނާއި ހަސަން ލަތީފް ހިއްސާ ކުރެއްވިއެވެ. އޭގެތެރޭގައި ހިމެނެނީ މީގެ ކުރިން ފުލުހުން އާއްމުކޮށް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތުތަކެވެ.
ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނަޝީދަށް ދިން ހަމަލާ އާއި ގުޅޭ ތަހްގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހަފްތާއަކު އެއްފަހަރު އެމްޑީޕީގެ ގައުމީ މަޖިލީހާއި ހިއްސާ ކުރަން ވެސް ފާސްކޮށްފައެވެ.
މިމީހުން އުފައްދާ ނަފުރަތާއި ފިތުނަ ފަސާދައިދައިގެ މައްސަލަތައް ބަލަންވީ
ލާދީނީ ވާހަކަދެއްކު މަަކީ ވަރަށް ނުރައްކާތެރި ނަފުރަތެއް. އެކަން ކުރާ މީހުން މިނިވަންކަ މާ އެކު އެކަ މާދެކޮޅަށް ހިޔާލުފާޅުކޮށް ވާހަކަދައްކާ މީހުން ނަފުރަތޭ ކިޔައިގެން ހައްޔަރުކޮށްގެން. ތިހުރިހާވެސް ބޭނު މަކީ އެހެންދީންތައް މިތަނަށް ގެނައުން. މުސްލި މު ދިވެހިންގެ އަނގަބަންދުކޮށް ދީން ބަލިކަށިކުރުން!
ކަންތަކާޖެހީ ދެން ޑިމަކުރަސީއޭ މ ކިޔަނީ ކީއްކުރަންތަ
މީސްމީޑިޔާ ގައި އިސްލާމްދީނަށް ހަޖޫޖަހާ ކީރިތި މާތްރަސޫލާ މުޙައްމަދު (ޞ) އަށް ފުރައްސާރަކުރާ މީހުންގެ ލިސްޓުވެސް ފޮނުވިނަމަ ހާދަ ފުރިހަމަވީހެވެ.
ހަސަން ލަތީފަކީ ހަރުކަށި ފިކުރުގެ ބޮޑެއް ނޫންކަން ކިހިނެއް އެނގެނީ ކުރީ ސަރުކާރުގަ މޑޕ ބޭފުޅުން އުޅުއްވި ގޮތް ހަނދާން އެބަހުންނެވިތޯ..؟؟
މިގައުމުގައި އިތުރަށް އުފައްދާނެ ނަފުރަތެއްނޯނާނެ އެމް ޑީ ޕީން ކުރިން މިގައުމުގައި ނުއުފައްދާ އެހެން ވީމަ ކިހިނެއް މައްސަލަބަލާނީ ، ފުރަތަމަ މާރިޔާ ދެން ހަސަން ލަތީފް މިހެން ގޮސް ޕާޓީހުސްވިޔަސް މިލިސްޓް ނުނިމޭނެ ...
މިކަން ތަކާ ޖުނީ
ހާދަ ހެއްވާ ބައެކޭދޯ މީ..، މި މީހުންނަ ތާއިދުނުކުރާ ކޮއް މެ މީހަކީ ނަފްރަތު އުފައްދާ މީހަކަށް ހަދަނީތަ...ކޮބާ ހިޔާލުފާޅުކުރު މާ މިނިވަންކަން...އިންޑިޔާގަ ޔޫޓިއުބާ ޓުވިޓާގަ މޯދީ ސަރުކާރާ ދެކޮޅަށް ބަހެއް ބުނެފިއްޔާ ކުއްވެރިކުރާ ގޮތަށް މޑޕއާ ނަޝީދުއާ ސަރުކާރާ ނުރުހޭ ކޮއްެ މީހަކީ ނަފްރަތު އުފައްދާ ހަރުކަށި މީހަކަށް ހަދަނީ..... މީވާ..،.... އީވާ..،،..،.. ވެރިކަ މެއް.،
ރާއްޖޭގެ ދީނަށް ފާޑުކިޔައި ނަފުރަތު އުފައްދާ ރިޕޯޓްތައް ލިޔުނު ބައެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއްޖެ. ދީނަށް ނަފުރަތު އުފެއްދުމަށްވުރެ ނުބައިކަން ބޮޑީ ކޮންކަމެއްތަ؟!
ހުސް މައުމޫނު.
ސަ ރުކާ ރު ބަދަލުވުމުގެ ފު ރަތަމަ މަ ރުޙަލާ މިއައީ!
އެމްޑީޕީ އަކީ ނަފުރަތުގެ ތެރެއިން އުފެދުނު ޕާޓީއެއް އެން މެ ބޮޑަށް ދިވެހިން ބައިބައިކޮށް ނަފުރަދު އުފައްދާ އަސްލު ބަ އި ގަޑަކީވެސް މި އެމްޑީޕީ ގުދޫ ގުދޫ ކިޔަނީ، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހަ އްތާވެސް މާ އްލި އްޔަތު ދިރުވާލަ އިގެ ތިބި މީހުން ގިނައީ !
މި މަ ނަގޫ ތާށިވަނީ މި އޮއް. ކަލޭހިތުހު ރި އެއްޗެއް މަޖިލީހަށް އެރ ރުނަސް ނުހެދޭނެ ކަލޯ. ގައުމު އޮޔާދުއްވާލާ ރައްޔިތުމީހާ އާ ފޮށެންނޫޅެ.
ނަޝީދު ފިލައިފިއެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އެންމެ ބޮޑުނަފްރަތު އުފެއްދުން ، ދީނަށް ބަދުބަސް ބުނެ ލާދީނީ ފިކުރު ގެންގުޅުމުން މުސްލިމްގެ ހިތަތަކުގައި ރުޅިވެރިކަން އުފެދި ހަމަނުޖެހުމަށް މަގުފަހިވޭ ، މިލިސްޓްގައި މިފަދަ އެއްވެސް މީހެއްގެ ނަން އެބައޮތްބ!
ނަންވާނީ ޔާމީނާ މައުމޫނު.. މިއޮތީ ދުލުގެ މިނިވަންކަމާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހުރިހާ މިނިވަންކަމެއް ފުރި ބަންޑުންވެފަ ލަދެއް ނުގަނޭތަ ޑިމޮކްރަސީގެ އަމާމެންނޯމީ
ހަރުކަށިފިކުރޭކިއައިގެން ތިޔައުފައްދަނީ އިސްލާމްދީނާދެކޮޅައްނަފުރަތު މިދައުރުގަ ތިޔަމީހުނައްބޭނުންއެއްޗެއްހެދިދާނެ އިންޝާﷲ ވޯޓުކަރުދާސްކޯޅު ދީނައްލޯބިކުރާ ދިވެހިރައްޔިތުންއަތައް 2023 ގަ އަރާނެ ނަފުރަތަކީ ކޮބައިކަން ފެނިގެންދާނެ..
ހަރުކަށިފިކުރޭކިއައިގެން ތިޔައުފައްދަނީ އިސްލާމްދީނާދެކޮޅައްނަފުރަތު މިދައުރުގަ ތިޔަމީހުނައްބޭނުންއެއްޗެއްހެދިދާނެ އިންޝާﷲ ވޯޓުކަރުދާސްކޯޅު ދީނައްލޯބިކުރާ ދިވެހިރައްޔިތުންއަތައް 2023 ގަ އަރާނެ ނަފުރަތަކީ ކޮބައިކަން ފެނިގެންދާނެ..އަދި އިރާދަކުރެއްވިއްޔާ 65 މެމްބަރުންގެތެރޭ އިސްލާމްދީނައް ލޯބިކުރާ ހައްގުބަސްބުނާނެ އަބުތޯލުންތަކެއްތިބޭނެ ހަސަންލަތީފަކީ ގައުމުގެ އަދުއްވެއްކަންޔަގީން...😨😨
ޙަސަނާ ކަލޭ ހޭބަލިވެބަލަ އިސްލާމް ދީނަށް ފުރައްސާރަ ކުރަންޏާ މަޑަކުން ނުހުންނާނަން ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެ ކަން ދަންނާތި
ރާއްޖޭގައި އެންމެ ބޮޑަށް ނަފުރަތު އުފެދޭ ވާހަކަ ދައްކާފައިވަނީ މޑޕ ގެ ބޮޑުންނޭ ބުނެވިދާނެ. އެކަންތައް ބެލުން ކިހިނެތްވާނީ. ކުރީ ދުވަސްތަކުގެ ނޫސްތަކާއި ޓީވީ ޕްރޮގްރާމްތަކުން ފެނިފައިވޭ. ފުރަތަމަ ކަމަކަށް އެމީހުނަށް ފިޔަވަޅު އަޅާފައި އެހެން ބަޔަކަށް ފިޔަަވަޅު އަޅަންވީ. ގަވްމު ޚަރާބުކުރިކަމުގެ ފިޔަވަޅު. މަޖިލިސްތެރޭގައި ތިބެގެންކުޅޭ ޑްރާމާތައް ގޭގައި ތިއްބަސް ފެނޭ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަޚުލާގަށް ނުބައި އަސަރުކުރި. ބޭރުގަވްމުތަކުގައި މީހުންކަންތައް ކުރާގޮތަށް މަޖިލިސްތެރޭގައި ކަންކޮށްފައިވޭ. މޮޔަކުދިންކޮޅެއް އުޅޭހެން ލައުޑް ސްޕީކަރ ހިފައިގެން އަޑުގަދަކޮށް މޭޒުމައްޗަށް ކޮޅުފައިންއަރާ މިފަދަ ނާތަޙްޒީބު ކަންތައްކޮށްފައިވޭ. މިފަދަ ކަންތަކާއިހެދީ އެކަންތައްކުރި މީހުނަށް ނަފްރަތު އުފެދިފައިވޭ. މިފަދަ ވިޔާނުދާކަންތަކުން މިގަވްމު ސަލާމަތްކޮށް ދެއްވާށި. އާމީން
ކޮބާތަ ތިޕާޓީ މީހުން ގައުމުގަހުޅުޖެހި ލިސްޓު އެލިސްޓުވެސް ހުށަހަޅަންފެނޭ.
ޙަސަންލަތީފުމެން ޤައުމުގެ ކަންކަން ހިތުހުރިގޮތަކަށްކުރާތީ ރައްޔިތުން ނަފުރަތުވަނީ