އައްޑޫސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފާއިތުވި ދެ ދުވަހެއްގައި އެސިޓިން އެއްވެސް މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހަވީރު 18:00 އާއި އެރަށުން ފައްސިވެފައިވާ މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ.

އެއީ ވަކި ތަރުތީބެއް ނެތި ސުންކަކާއި ސަވައިލަންސް ސުންކެއްގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

އައްޑޫސިޓީ ހިތަދޫގައި މިވަގުތު ކޮވިޑްގެ 38 އެކްޓިވް ވޭދަނަ އުޅޭއިރު، ފޭދޫގައި އެއް ވޭދަނަ، ހުޅުދޫގައި ހަތް ވޭދަނަ، މަރަދޫގައި ތިން ވޭދަނަ އަދި މަރަދޫފޭދޫގައި އެއް ވޭދަނަ އުޅޭ ކަމަށް އެސިޓީގެ ހޮސްޕިޓަލުން ބުނެއެވެ.

މިއާއި އެކީ އައްޑޫގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ 50 މީހުން އެބަ ތިއްބެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 272 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން ހާލު ދެރަވި މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އައްޑޫން މި ބަލީގައި ނިޔާވެފައިވަނީ ދެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިންނަވަރުސޮރު

    އެންމެ މީހަކައްޓަކާ ރަށުގެ ހުރިހާ މިސްކިތްތައް ބަންދު ކޮށްގެން އުޅުމަކީ ވަރަށް ޒިންމާ ދާރު ކަން ކުޑަ ނިއްމުމެއްް.