އައްޑޫ ސިޓީއެއްގެ ގެއަކުން މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އާއިލާއެއް ކަރަންޓީން ކުރިތާ 43 ދުވަސް ވެގެން ދިޔައިރު އަދިވެސް ކަރަންޓީނުން ދޫކޮށްނުލައި ތިބުމުން އެއާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އާއިލާ މެންބަރަކު ބުނީ އެއާއިލާގެ މީހަކު ފުރަތަމަ ކޮވިޑަށް ފައްސިވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ފުރަތަމަ ފައްސިވި މީހުންނަށް 14 ދުވަސް ވުމުން ގޭގައި ތިބި އިތުރު މީހުންގެ ތެރެއިން ބައެއް މީހުން ޓެސްޓް ކުރިއިރު އޭގެ ތެރެއިން ދެމީހަކު ފައްސިވުމުން އަނެއްކާވެސް އިތުރު 14 ދުވަހަށް ގޭގެ އެންމެން ކަރަންޓީން ކުރިއެވެ. އެ 14 ދުވަސް މިމަހުގެ 05 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެދުވަހު ދެން ތިބި މީހުން ޓެސްޓް ވެސް ނުކޮށް ވަނީ "މުއްދަތު އިތުރުކޮށްފައެވެ."

"ފަސް ވަނަ ދުވަހު ހޮސްޕިޓަލްގެ މީހުން ގެއަށް އައިސް ބަލި މީހުންގެ ހާލު ބަލާލާފައި ދިޔައީ. ސާމްޕަލެއް ވެސް ނުނަގާ. ބުނީ 19 ވަނަ ދުވަހު އޯ ދެން ޓެސްޓް ކުރާނީ. މުއްދަތު މިގުނާ ގޮތެއް، ކަރަންޓީންގައި މީހުން ތިބެން މިޖެހޭ އުސޫލެއް ވެސް ނޭނގެ. އެދުވަހު ގެއަށް ހޮސްޕިޓަލްގެ މީހުން އައިއިރު ވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެނޭ." އާއިލާ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ މިހާރު 19 ވަނަ ދުވަހު އަލުން ގޭގައި އިތުރަށް ތިބި މީހުން ޓެސްޓް ކުރަން ނިންމާފައި ވާއިރު އަނެއްކާވެސް އިތުރު ދުވަސްތަކަކު ކަރަންޓީންގައި ތިބެން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"ހުރިހާ އެންމެން އެއްކޮށް ކޮވިޑަށް ޓެސްޓް ކޮށްދޭނަމަ މިހެން ކަންތައް ނުވީސް. އަދި ވަކިވަކިން ކުރިޔަސް ކުރަން އޮންނަ މުއްދަތުގައި ޓެސްޓް ކޮށްދޭނަމަވެސް މިހެން ކަންތައްތައް ނުވާނެ." އޭނާ ބުންޏެވެ.

އޭނާ ބުނީ އާއިލާގެ ކަންބޮޑުވުންތައް އެޗްއީއޯސީ އާއި ވެސް ހިއްސާކޮށްފައިވާ ކަމަށާއި، ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށެވެ. "ގުޅީމަ މިބުނަނީ ޓެސްޓް ކުރަން ޖެހޭ ދުވަސް ޖެހުނީމަ ސާމްޕަލް ނަގަން ދާނެއޯ." އޭނާ ބުންޏެވެ.

ކޮވިޑް-19 ޖެހޭ މީހުންނާއި ގާތުން ބައްދަލުވާ މީހުންގެ ސުންކު ނެގުން ލަސްވުމުންނާއި އަދި ކަރަންޓީން ކުރެވޭ މީހުންނަށް އެކަމުގެ ލިޔުން ދޫކުރުން ލަސްވެގެން އެތައް ބަޔަކު އަންނަނީ ތަކުރާރުކޮށް ޝަކުވާ ކުރަމުންނެވެ. ނަމަވެސް އަދިވެސް އެފަދަ މައްސަލަތައް ހައްލެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަޒުމޫނާ

    ދުވަސްގުނަން އެގޭނީ މައިމޫނާގެ

    11
  2. ޢޭނަ

    ޢަހަރެމެން ކަރަންޓީނުގައި ތިބޭތާ 1 މަސްވީ، ނެގި ސާމްޕަލްތައް ޕޮޒްޓިވް ކަމަށް ބުނީ . ޅިއުމެއް ނުލިބޭ. ގޭގަ ފުރަތަމަ ޕޮޒްޓިވްވި ކުއްޖާ ޑައިރެކްޓް އޭނަގެ ޑައިރެކްޓްކޮންޓެކްޓްވިތާ 20ދުވަސް ފަހުން ހުންއައީ، އާދައިގެ ހުމެއް، އިތުރު އަލާމާތެއް ނެތް، އޭގެ ފަހުން ގޭގެ އެންމެން އަލާމާތެއް ނުފެންނަނީސް ސާމްޕަލް ނެގީ، އެންމެން ޕޮޒްޓިވް. 15ދުވަސް ވީ އިރުވެސް އެކަކުވެސް ހުމެއް ރޯގާއެއް ނުޖެހޭ،، އަދިވެސް ރިޕޯޓެއް ނުލިބޭ. ޢެކި ތަންތަނަން ގުލިން، އަޅާލާނެ ބައެއްނެތް.

    10
    1
  3. ާޗަކޮއި

    ނައިފަރު އިބަހުރި ތިޔަވުރެ ގިނަދުވަސް ވެފައި...ވާނުވާގަތިބެން ޖެހެނީ ރައްޔިތުން........

    9
    1
  4. ނޭގޭތީ

    ޢައްޑޫ މީހުންނަށް ވަނީ ޕޮޒިޓިވް ވިޔަސް ގޭގައިވިއްޔާ އުޅެން އެހެންވާ ވާނީ ތިހެން

    4
    5
  5. މުޙައްމަދު

    ވަކި ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ކޮވިޑްގެ މަސައްކަތަކީ. މިކަންވެސް މިހާރު ވިޔަފާރިއަކަށް ބަދަލުވެފަ ވަނީ. ތިކަހަލަ ކިތަންމި ކަމެއް އެބަ ހިނގާ.

    15
    4
  6. ހައިލީ

    އެއްގެއެއްގައި އުޅޭ ކަމަށް ވާނަމަ އެންމެ ފަހުން ޕޮޒިޓިވްވާމީހާ ރަގަޅުވަންދެން ކަރަންޓީނުގައި ތިބެންޖެހޭނެ

    13
    5
  7. މަހުބޫބު

    ދެންވެސް ނަސީމު ބުނަންވީ ޙަވާލުވެ އަދި ނުބެލި ހުރި ކަންތަކޭތަ؟

  8. މއމނ

    ކަރަންޓީނުގަ 14 ދުވަސްކޮށްފަނިކުންނަންވީ ހަމަ.. ޓެސްޓެއްނުކުރާނެ..