ތިނަދޫ މިސްކިތްތަކުގައި ނަމާދުކުރުން މަނާކުރި މުއްދަތު އިތުރުކޮށްފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ވިދާޅުވީ ތިނަދޫގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީވެ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެމަތިން 06 ޖޫން ގައި މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ކުރި އިއުލާންގެ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލްގެ އިއުލާންގައި ވަނީ ޖޫން 14 ވާ ހޯމަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން 20 ޖޫން ވާ އާދިއްތަ ދުވަހުގެ ރޭ ޢިޝާނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ ކަމަށެވެ.

ތިނަދޫގެ މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި އަދި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި މީގެ އިތުރުން މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި "صلوا في بيوتكم " މިފަދައިން 2 ފަހަރު ގޮވުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އަދި މިދަނޑިވަޅުގައި މިސްކިތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް
ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ތިނަަދުއަކީ މިހާރު އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުންދާ އެއްރަށެވެ. އެރަށުން 300 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު