އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެކޮމިޝަންގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދިންކަން ހާމަކޮށް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަނުން އިސްތިއުފާ ދިނީ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާއި އެކުގައި ކަމަށެވެ.

ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތްތަކުގައި ފެންނާނެ ކަމަށް ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް 03 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުއްޓައެވެ. އޭނާ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ތުހުމަތު ކުރިއެވެ.

ނަމަވެސް އިންތިހާބު ނިމުމުން ޝަރީފްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރީ ޕީޕީއެމް އިންނެވެ. ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމް އާއި ޝަރީފްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.

ޝަރީފް މިއަދު މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ވަނީ ކައުންސިލް އިންތިހާބަށް ފަހު އިލެކްޝަންސް އިން އިސްތިއުފާ ދޭނެ ކަމަށް ކުރިން ވެސް ވިދާޅުވެފައެވެ.

ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަރީފް އައްޔަން ކުރަން އުޅޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު މިނިވަން މުއައްސާސަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޝަރީފް ފިޔަވައި އެހެން ގިނަ ބޭފުޅުން ވަނީ މަގާމުތަކުން ދުރުކޮށްފައެވެ. ކުރިން އެމްޑީޕީގެ ބޮޑެތި ފާޑުކިޔުންތަކެއް ޝަރީފަށް އަމާޒުވި ނަމަވެސް އެމްޑީޕީ އަށް ވެރިކަން ލިބުނު ފަހުން އެޕާޓީން ޝަރީފަށް ފާޑެއް ނުކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހައްޤު1

    އީސީ ޝަރީފޫ!!

    59
    2
  2. މަގޫދޫ ރޮދި

    3 އިންތިހާބުގައި މަކަރު ހެދުމަށް ފަހު ފިލަނީ އެވެ

    116
    7
    • ޚިުގދ×ސޗވ

      ވާނުވާ ނޭނގި ތިބެ ވާހަކަ ނުދައްކަބެ

      12
      46
      • ކޮވިޑް

        މަކަރު ހަދާފަ އޮތީ ވާނުވާގަ ތިބޭ މީހުން އެބަ ފެނޭނު. އިސްތިއުފާ ދިނަސް އަދި ސަލާމަތެއް ނުވާނެ އިންޝާﷲ، އެހެން ދުވަހެއްވެސް އޮތްކަން ހަނދާން ކުރަންވާނެ، މީކީ ނޫން ދުވަހަކީ.

        34
        1
      • އަލީ

        ކޮމް ވާހަކަ ނުދައްކަބެ ބުއްޅަބެ ދޮހޮއްކޮބެޔެއް ކިޔާކައް. މިތާ ވާނުވާ ނޭންގިގެން މިއުޅެނީ އެހެން މީހުނަށް.!!!!

  3. ަްއަހުމަދު

    ވާވަރު ވީ

    88
    4
  4. ފަތިމާ

    އަލްހަމްދުލިއްލާޙި

    84
    1
  5. ކޮރަލް

    ރާއްޖެ އިން ބޭރުގަ އަރާމުގަ އުޅެވޭނެ އެވެ.

    87
    2
  6. ތުކި

    ކުރިމަގުގެ ޔޫތު މިނިސްޓަރުތަ؟

    60
    1
  7. ޝަރީފް ފަންކާއެއް

    އީސީ ޝަރީފޫ ވީ ވިލް މިސް ޔޫ

    19
    34
  8. ހަސަން މާލިމީ

    ފެނަކައިގެ އެމްޑީގެ މަގާމުން ފެނުން ވަރަށް އެކަށީގެންވޭ.

    43
    2
  9. ސޕއ

    ގަ އުމު ވި އްކާލަން ރެޑީވީތަ ...

    68
    1
  10. ހިތާމަ

    ތިމަރަފުއްޓަކު ނުހުންނާނެ ފައިސާގަ ޖެހޭކަހަލަ ވަގެއް، ވަރަށް ތެދުވެރިން އުޅޭ ރަށެއް އެއީ

    37
    24
  11. Happy 123

    ޥަރަށް އިހުލާސްތެރި ހިންގުންތެރިއެއް... ތެންކިޔޫ އިސީ ސަރީފޫ

    8
    92
  12. ކެޔޮޅު

    ރާއްޖޭގެ މިހާރުހުރި އެއްމެމުއްސަނދީމީހާ!!

    72
    3
  13. އައްޑޫ މީހާ

    ކުޅިވަރު މިނިސްޓަރުކަން ހޯދަން

    44
    2
  14. މަޖްބޫރު

    ކުރިޔައްއޮތް އިލެކްޝަނުގަ ނުބަހައްޓާނެތީ ކެނޑުނީ

    47
    3
  15. ހުސޭނުބޭ

    ކާން ބޭނުންވާވަރަށް ކައިފައި ފިލަނީތަ؟

    26
  16. އަހުމަދު

    ދެލޯކޮޅާ ހިތް ފުރުނީތަ؟

    26
  17. ތުއްތުނާ

    ވަރަށްވަރުގަދަވަޒީފާ އަކަށް ބަލިވެ އިނީކަމަށް ބެލެވެނީ ؟؟

    27
  18. ޜޮބަޓް

    އިންފޮރމޭޝަން ކަމިޝަނަރ އަކަށް ތަ؟ މިހެންވެ ދޯ މުއްދަތު އިތުރުކުރީ،

    17
  19. ޑޫރާމާ ގެރި

    ފުރުނީތަ.. ސަލާމަތް ވާވަރު ނުވީ

    23
  20. އިބޫ

    އެމްޕީއެލް އަށް ޝަރީފް ގެންނަން އުޅޭ ވާހަކަ ވަރަށް ގަދަޔަށް އެބަ ދެކެވޭ

    21
  21. ރަނގަޅު ބޭފުޅެއް

    އަހަންނަށް ޝަރީފް އެނގެންފެށީ ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިފަލްގެ ގޮތުގައެވެ. ޝަރިފަކީ ހިންގުންތެރި، ވަރަށް ޢިލްމީ، ރަނގަޅު ބޭފުޅެކެވެ. ކޮންމެ ސަރުކާރެއް އޮތަސް، މިފަދަ ބޭފުޅުންގެ ޚިދުމަތް ޤައުމަށް ލިބެން ޖެހޭނެ އެވެ.

    7
    20
  22. ހައްވަ

    އެހެންދުވަހެއްއޮތްކަން ހަދާންކު ރާއި ރު މީހުންގެބޮލުގަ ދޮގުތުހުމަތުތައް އަޅުވަނީކީއްވެ

  23. އިކުލީލް

    ލައްކަވަރަކަށް ކެވިފައި ހުންނާނީ ވޯޓް ބަދަލުކޮށްގެން.