އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލް މިރޭ ދިރާސާ ކުރަން ތާވަލުކޮށްފިއެވެ.

އެ ބިލް ތަޅުމަށް ބަލައިގަނެ، ދިރާސާ ކުރަން ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލު ބަލައިގަންނަން ފާސްވުމުން ބިލު ދިރާސާ ކުރަން ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ. ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ބިލް ދިރާސާ ކުރަން މިރޭ 9:00ގައި ބައްދަލުވުމެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ.

އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔެއްގެ ކަންބޮޑުވުމާއި ފާޑުކިއުންތައް މި ބިލަށް އަމާޒުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލލ

    ހާދަ ފޯރީ ހުރި ބިލެއްތާ ؟ އިސްލާމް ފޯބިއާރް ހިންގަނީ !

  2. ރީތި މޫސަ

    މިބިލަށް ފަހު އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ހިފާހައްޔަރުކޮށް އުނމުރަށް ޖަލައްލެވޭނެ ބިލެއް ވަރަށްއަވަހަށް ދިރާސާކޮށް ފާސްކުރަންބޭނުން

    7
    1
  3. ދުންމާރި

    ތިޔަ ބިލް އަވަހަށް ދިރާސާކޮށް ނިންމާލާފަ ފާސްކޮށް ނިންމައި ތަސްދީޤުކޮށްލަ ލާދީނީ ބައިގަނޑަށް ހިންހަމަޖެހުމެއްލިބޭނީ ތިޔަ ބިލް ފާސްވެ ޢަމަލުކުރަން ފެށިގެން

    4
    1
  4. ޝިރޯ

    މިބިލް ފާވުމާއިއެކު މިވެރިކަމުގައި ސިއްކަޖެހޭނެ ޖުޑިޝަރީން ބޭނުންވަނީވެސް މިގޮތް ކަމުގައި ވުން އެކަޝީގެންވޭ އިބޫ ފިލެން އޮތްގޮތަކަށް ފިލާ ވަގުތު ކުޑަތަންވަނީ.

  5. Happy 321

    ލާދީނީ ބިލް🤭🤭

  6. ލޫޓުވާ

    މިބިލަށްފަހު އެމްޑީއެން ފަދަ ގްރޫޕްތައް ހިންގާ ކަންތައްތަކަށް ބަލައްޗޭ. އެއިރުން މެމްބަރުން މިހާރު ދެއްކިވާހަކަ އަޑުއިއްވަންވާނެ.

  7. ބަރުގޮނު

    އީ.ޔޫ އިން ބުނީމާ އިސްލާމީ ޝަރީޢަތުން ކަޑައެޅޭ މަރަށްމަރު ހިފުން ފަދަ ޙައްދުތައް ޤާއިމް ނުކުރަން އެއްބަސްވުން އެއީ ކޮންކަހަލަ ކަމެއްކަން ޙިސާނަށް ވިސްނޭބާ. އިސްލާމީ ޝަރީޢަތުން ކަޑައަޅާ ޢުޤޫބާތެއް ނުދޭން ނިންމުމަކީ ނުކެރެވޭނެ ކަމެއް. ސަބަބަކީ އެއީ ބަޔަކު ދޭ ވޯޓަކުން އަޑައެޅި ޢުޤޫބާތެއްނޫން. ތިޔަ ބިލަށްވުރެ މިފަދަ ޙައްދު ޤާއިމް ނުކުރަން ނިންމި ބަޔަކު އެކަމުގެ އިލްޒާމް ނަގަންޖެހޭ ގޮތަށް ޤާނޫނުލް ޢުޤޫބާތުގައި ބަޔާންކޮށް ފާސްކުރުން މާ މުހިންމު.

  8. ޙަސަނާ

    ބިލައްފަހު އެއްނޫން ފުރަތަމަ އިސްލާމްދީނައްފުރައްސާރަކުރާ މީހުނާދެކޮޅައް ވަރުގަދަ އަދަބުދެވޭ ގާނޫނެއްފާސްކުރަންވީ ...މިބައިމީހުންވެރިކަމައް އައިގޮތައް އިންސާނުން ކަރާމަތާ އަބުރާ ފުރައްސާރަކުރާމީހުންނައް އަދަބުދޭ ގާނޫނު އުވާލާފަ ދެންކޮން ގާނޫނެއްހަދާކައް ނަސީދުގެ ނޫނީ އަބުރެއްވެސް މޑޕ ގަ އުޅޭ ލާދީނީ ގުރުޕުގެ ނޫނީ އަބުރެއްވެސް ނޯވޭ އެހެން މިީހުންގެ އަބުރާ އިއްޒަތްވެއްޔާ މޮޑެލަން ވީމަ ހަމަ ހަބޭސް ރާއްޖެޓީވީ ލައިވުކޮއް ކޮއްލަންވީ...