ގދ. ތިނަދޫން މިއަދުވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދަކީ އެރަށުން މިހާތަނަށް އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު އެކަނި އެރަށުން 34 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.
މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 419 އަށް އަރާފައެެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 193 މީހަކަށެވެ.
އެރަށުން ކޮވިޑް ފެނި އެރަށް ބަންދު ކުރީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންކަމުން އެރަށް ބަންދު ކުރިތާ މިހާރު ދެ މަސް ވާން ވަނީ ކައިރިވެފައެވެ.
އެރަށް ބަންދު ކުރި ނަމަވެސް އެރަށު ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.
އެރަށުން ކޮވިޑަށް ފައްސިވާ ބައެއް މީހުންނަށް ފެސިލިޓީގައިވެސް ފަރުވާދެމުން ދައިރު، އެރަށުން ކޮވިޑްގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާރު ތިން މީހަކު ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.
މިހާރު ކޮވިޑްގެ ނުރައްކާ ބޮޑު ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނޭއިރު، އެ ބަލި ކޮންޓްރޯލް ކުރުމަށް އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އަދި މިހާރުގެ ހާލަތަށް ބަލައި، އެރަށް ފުރަބަންދު ކުރުމަށް އެރަށުގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ލަފާ ދީފައި ވެއެވެ.
ތިޔައިގެ ތެރެއިން ގިނަމީހުން ފައްސިވީ ޑުރަގް ބޭނުން ކުރާކަމަށް ކޮވިޑަކަށެއް ނޫން ކޮވިޑް އެއީ ފޭކެއް !
ތިނަދޫން ކެމިކަލް ހޯދާ ގުރޫޕް !