"ހިޔާ" މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަންގެ 15 ބުރީގެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އެކުންފުނިން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަން އިން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 12000 އަކަފޫޓްގެ ސަރަހައްދެއްގައި ހިޔާ މަޝްރޫޢުގެ ޓަވަރު އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިމަޝްރޫޢުއަށް ޝައުގުވެރިވާ ރާއްޖޭގެ ނުވަތަ ބޭރުގެ ކުންފުނިތަކުން ވެސް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރަން ފެނަކަ އިން އެދެއެވެ.

މިމަޝްރޫޢުގެ ޓެކްނިކަޕް ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ޖުލައި 03 ވަނަ ދުވަހު ކަމަށް ފެނަކަ ކޯޕަރޭޝަންގެ އިއުލާނުގައި ވެއެވެ.

ފެނަކަ އިން މީގެ ކުރިން ވެސް ވަނީ އެކުންފުންޏަށް 15 ބުރީގެ ޓަވަރެއް އަޅައިދޭނެ ފަރާތެއް ހޯދަން ބިޑަށް ހުޅުވާލާފައެވެ. އެފަހަރު ބިޑު ކެންސަލް ކުރީ ބިޑު ކުރި ކުންފުނިތަކުގެ އަގުތައް މާބޮޑުވުމުންނެވެ.

ފެނަކަ އިން ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 12000 އަކަފޫޓުގެ ބިމެއްގައި ފެނަކައިން ހަދާ 15 ބުރީގެ ޓަވަރުގައި 168 ފްލެޓް ހުންނާނެ އެވެ. ފެނަކަ ކޯޕަރޭޝަންގައި 2000 އެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ.

80000 މީހުންނަށް ބޯހިޔަވާހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކުން މިހާރު ވަނީ އިމާރާތްތައް ކުރަން ފަށާފައެވެ. އެއިމާރާތްތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު ބައެއް ކުންފުނިތަކުން ގެންދަނީ އެއިމާރާތްތަކުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައްސާތި

    ފެނަކަ ކޯޕަރޭޝަންގެ 15 ބުރީގެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ތިޔާ 15 ބުރީގެ އިމާރާތް ދޭން ޖެހޭނީ ޗައިނާ ނުވަތަ ސިންގަޕޯރ ނުވަތަ ޖަޕާން ކުންފުންނަކަށެވެ. އެއްގޮތަކަށް ވެސް އިިންޑިއާ އަދި ލަންކާ ކުންފުންނަކަށް ދީގެން ނުވާނެއެވެ. އެކަން ޖެހޭނެ ކަށަވަރު ކުރަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން. އިންޑިއާ އަދި ލަންކާ އާއި ދުރަށް ސަރުކާރުގެ އިގްތިސާދު ޑްރައިވް ކުރަންވީ އެއިރުން މަމެން އެމެންގެ އިގްތިސާދުގެ މައްޗަށް ޑިޕެންޑް ވުން ކުޑަ ވުމުން ދެން އެމެން ޖެހޭނީ މަމެންގެ އިގްތިސާދުގެ މައްޗަށް ޑިޕެންޑްވުން. ނަތީޖާ އަކީ އެއީ ރާއްޖޭން އެމެން ދެން ތަކެތި ޖެހޭނީ އިންޑިއާ އަށް އަދި ލަންކާ އަށް އެކްސްޕޯރޓް ކުރަން. މިކަން ކުރެވޭނީ ޗައިނާ އަދި ސިންގަޕޯރ އަދި ޖަޕާން އާއި ގުޅިގެންނެވެ.

  2. ފެނޭދޯ

    މާފަރު އެއާޕޯޓުގައި އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ގަމާރާ ދަ ބީތާއާ ތަމެންނަށް ފެނޭތޭ ފެނޭދޯ. އޭއި މިހިރަ ބީތާއާ ތަމެން ވެސް ގައުމަށް ހެވެއް އެދޭނަމަ ތަނެއްކަހާތީވެ އުޅޭ ސަންތިމަރިޔަނބޭ އެއް ގޮތަށް މީހުންގެ މަތިކިބަ ތަކާއި އެކު ގަށަން ނޫޅެ މާތާހިރުވާނެ އެއް ނޫންތޭ ތަމެން ރަށުގައި އެއާރޕޯރޓެއް އެޅޭތޯ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރިއްޔާ ދޯ. މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

  3. އަބްދުއްލާ

    ފުރަތަމަ ޖެހޭނީ އަމިއްލަ ގޮތުން އެކިފަރާތްތަކާ ގުޅައިގން ހޯދަން އެފަރާތްތަކަ ކުންފުނީގެ މާލީ ހިސާބުތައްދައްކާ ގާބިލްކަންދެއްކުން ..އޭގެފަހުން ދެންޖެހޭނީ އިއުލާންކުރަންއަދި ގާނޫނީބައި ފުރިހަމަ ކުރަން ތިޔަކަހަލަ ކަންކަން ކުރެވޭނީ ކުރަން އެގިގެން