ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށާއި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހިންގަމުން އަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ފަރާތްތަކާއި ރެސްޓޯރެންޓް އެސޯސިއޭޝަން މޯލްޑިވްސްގެ ފަރާތްތަކާއި މަޝްވަރާކުރައްވައިފިއެވެ.
ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވަނީ ގެސްޓު ހައުސް ހިންގާ ފަރާތްތަކަށެވެ.
ބަލީގެ ސަބަބުން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަނެއްކާ ވެސް ހަރުކަށި ފިޔަވަޅު އަޅާފައިވާތީ އެފަރާތްތަކަށް ގެސްޓްހައުސް ހިންގަން ދަތިތަކެއް ކުރިމަތިވެފައެވެ.
ގެސްޓް ހައުސްގެ އިތުރުން އެ ދަތިތައް، ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ވެސް ވަނީ ކުރިމަތިވެފައެވެ.
މިފަދަ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތައް ބެލުމަށް މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއާ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލު ބައިވެރިވެވަޑައިގެން ގެސްޓްހައުސް އެސޯސިއޭޝަންގެ އޮފިޝަލުންނާއި ރެސްޓޯރެންޓްތަކުގެ ވެރިންނާއެކު މަޝްވަރާ ކުރެއްވިއެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ހައްލެއް ގެނައުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ލޯނަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ކީއްތަ ވާނީ ރިސޯޓް ތަކުގަ މަސައްކަތް ކުރާ މުއައްޒަފުންނަށް ލޯނެއް ދިނިއްޔާ އަ ދިވެސް ހަމަ މުސާރަނު ދޭ މިވަރުންވެސް ދެވަނަ ފަހަަށް ލޯނު އެ ދެނީ ވިޔަފާރި ތަކަށް. ރިސޯޓްތަކުގެ ކިތައް ސްޓަރ ފުންތޯ ލޯނުނަގާގެން ލޯނު ނު ދެއްކި އެއުޅެނީ. ލާރިއެއް ނު ދޭ. އަބި ދަރިންގާތަކަށް ނު ދެވޭ. 8 ގަޑީއިރަށްވުރެ ގިނައިރު މަސައްކަތް ކުރަންޖެހޭ. މިވަރުންވެސް ކޮންމެ މަހެއްފެށޭ ވަގުތު އެކައުންޓްހާ ހުރި ލާރިކޮޅު ނުކާ ނުބޮއި ތިއްބަ ބޭންކުތަކުން ކަޑާލާ. މިކަމާއި މެ ދު ނޫސްވެރިޔާ ސްރުހީއެއް އަޅާލަ ދީބަލާ. ޕްލީޒް
ލޯން ނުދެއްކި ގެން އުޅޭ އިރުގަވެސް އަދިވެސް ލޯން އިތުރައް ނަގާ ވާހަކަ.ރިސޯޓް ތަގުގައި އެކަނިތަ ދިވެހިން މަސައްކައް ކުރަނީ.އަބަދު މިމީހުންނަ ކަންތަ ނުވެގެން އުޅޭ ވާހަކަ އަބަދު މި އޮންނަ ނީ!