ރަހީނު ކުރުމަށް ފަހު މަރާލި އުމުރުން 13 އަހަރުގެ ކުއްޖާއަކީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންއައި ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ފާތުމަތު ޔުމްނާ ވިދާޅުވީ، އެ ކުއްޖާގެ އާއިލާއަކީ، އެ މިނިސްޓްރީއާއެކު އެ ކުއްޖާއަށް ބޭނުންވާ އެހީތެެރިކަން ހޯދުމަށް ގާތުން މަސައްކަތް ކުރަމުންދިޔަ އާއިލާއެއް ކަމަށެވެ.

"ކުއްޖާއާއެކު ކުރެވިފައިވާ ވޭދަނައިގެ މަސައްކަތުން ކުއްޖާއަކީ، ތައުލީމު އުގެނެމުންދާ، ކުއްޖާގެ މުދައްރިއްސުންގެ ފަރާތުންވެސް ކުއްޖާގެ ގާބިލްކަން ހުރި ކުއްޖެއްކަން ފާހަގަކޮށްފައިވާ ކުއްޖެއް". ޔުމްނާ ވިދާޅުވިއެވެ.

އަދި މި ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެ ކުއްޖާގެ މަންމައާ ގުޅިގެން ކުއްޖާއަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޔުމްނާ ފާހަގަކުރެއްވިއެވެ.

"މި ހަބަރު އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ، އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނަށްވެސް ކުއްލި ސިހުމެއް ލިބިގެން ދިޔަ ހިތާމަވެރި ހަބަރަކަށް".

އަދި އެ ހަބަރު ލިބުމާއެކު މަސައްކަތް ފެށީ ކުއްޖާގެ އާއިލާއަށް ނަފްސާނީ އެހީތެރިކަން ދިނުމަށް ކަމަށް ޔުމްނާ ފާހަގަކުރެއްވިއެވެ.

ދެކުނުގެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ. ދެކުނުގެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ.

އޭރު އެ ކުއްޖާ އޮތީ މަރާލާފައެވެ. ކުއްޖާ މަރުވެދިޔަ ގޮތް ބަލަން ޕޯސްޓު މޯޓަމް ހަދަން އިންޑިއާ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ކަލޭމެންގެ ދޯހަޅި ޑިމޮކްރަސީގެ ލާދީނީ ސިޔާސަތުގެ ސަބަބުން ކަންކަން ފައިލްވެގެން މިދަނީ.

    51
    6
    • އިޖުތިމާއީ ފޭރާން

      އެމެރިކާ އަކީ ތިކަމުގެ ލާމަސީލު މިސާލެ

      3
      1
  2. Anonymous

    އިސްތިއުފާ ދީފަ އިމްރާނު ހަމައަކައް އެޅުވޭތޯ އުޅުނިއްޔާ މާ ރަނގަޅުވާނެ.

    3
    1
  3. Anonymous

    ހަމައެކަނި އިޖުތިމާއީ އެހީތެރިކަމޭ ބުންޏަސް އޮޅުންނުފިލާ އެއީކިހިނެއްދިން ކޮންއެހީތެރިކަމެއްކަން ބުނެދިނީމަނޫންތޯ އިނގޭނީވެސް؟؟، ބައެއްޚަބަރުތަކުން އިނގޭގޮތުގާ ފަހަކަށްއައިސް އެކުއްޖާ އެގޮތަށް އެބަގެއްލޭ، ގެއްލޭ ކޮންމެފަހަރަކުވެސް ފުލުހުން ހޯދާފަ ބެލެނިވެރިންނާއި ހަވާލުކުރާކަމަށްވަނީ، މިގޮތައް އެކުއްޖާގެ އެއަމަލު ތަކުރާރުވަމުން ދިއުމުގައި ބަޔަކު އިހުމާލުވެފައިވާކަން ގަބޫލުކުރަންޖެހޭ

    13
  4. އައިކިޒް (ސައުތު)

    ތިއޮތީ ރައީސް އިބޫގެ ސަރުކާރަށް އެކުއްޖާއަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ވަރަށް ރީތިކޮށް ދެވިފަ. މިކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފަ ވަނިކޮށް އެއްވެސް ފިޔަވަޅެއް ނޭޅި އެކުއްޖާ މަރުވުމުގެ ޒިންމާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އުފުލަންޖެހޭނެ. އަދި އިސްތިއުފާވެސް ދޭންޖެހޭނެ. ޝިދާތާ ވީމަތަ ހަމައެކަނި އިސްތިއުފާ ދޭން މިޖެހެނީ؟ އައިޝަތު މުހައްމަދު ދީދީ ބޮޑުތަނުން ފެއިލް. އިސްތިއުފާދީ.

    10
    2
  5. ލލ

    ބޮޑެތި މީހުންގެ ބޮޑު އިހުމާލު ދެއްތޯ ؟

  6. ދިވެހި ރައްޔިތެއް

    ޢަބަދުވެސް ވާނެ އެއްޗެއްވީމަ ތިބެފަ ކުއްލިސިހުމެއް ލިބުނިއް ޔޭބުނީމަ އެހިސާބުން އެނިމުނީދޯ

    10
  7. ބުރަކި

    ތިޔަކަމުގެ ޒިންމާވެސް ނަގަން ވާނީ ސިދާތާ ތަ؟؟

    • ނަފުރަތު

      އެދައިތަ ވާ ޒިންމާ ނަގާ ރީތި ގޮތުގަ އިސްތިއުފާވެސް ދިންތާ. އުޑާ ބިމާ ކަނޑާ އެކުވިޔަސް މިހާރު ހުރި ދައިތަ މިހާރު ހުރި ދައިތަ ހިޔެއް ނުވާ ގުޑިވެސް ލާނެހެނެއް.

  8. ބޮލި މުލައް

    އިމުރާނު ކައިރީ ބުނެގެން ނަޝީދު މައްސަލަ ބެލި ސްޕީޑްގަ މިކަން ވޭތޯ ބަލާލަބަލަ މިކިޔަނީ ކުޑަ ކުއްޖަކު ރަހީނުކޮށް ޤަޞްދުގައި މަރާލިއްޔޭ.

  9. ހައިލީ

    ހިއެއްނުވޭ ތިހާ ފުރިހަމައަށް އިޖްތިމާއީ އެހީ ބަޔަކަށް ފޯރުކޮއްދެވޭނެހެން ، ވަރަށް ބަރާބަރު ، މާކްސް އަށް ބަލާއިރު ހަމަ 100 އިން 100 ، އެކުޑަ މައުސޫމްކުއްޖާގެ ފުރާނަ ދިޔަގޮތާއި ފެނުނު އަޑުއިވުނު ކަންތަކަށް ބަލާ އިރު ތިމީހުންނަށް ހަމަ ތައުރީފް ހައްގު