އިއްޔެ މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ 35 މީހުން ކަމަށް ބުނެވުނީ އޮޅިގެންކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ އިން ފައްސިވީ 35 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 164 މީހުން ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން ތިން މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން 43 މީހުން ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހުން މިއަދު ފައްސިވިއެވެ.

އިއްޔެ އިއުލާން ކުރި އަދަދަށް ބަލާއިރު މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވިއެވެ. ނަމަވެސް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ސަރަހައްދުން އިއްޔެ ކޮވިޑަށް ފައްސީ 35 މީހުން ކަމަށް ބުނެވުނީ އޮޅިގެން ކަމަށެވެ. އަދި އަސްލު ނަމްބަރަކީ 84 ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އިއްޔެގެ ސްޓެޓިސްކްސްއަށް ކުޑަ މައްސަލައެއް އުޅޭތީވެ އޭގެ ރަނގަޅު އަދަދު އިއުލާނުކޮށްލާނަން، އިއްޔެ ފައްސީވީ 253، މީގެ ތެރެއިން މާލެ އިން ފައްސިވި މީހުންގެ ރަނގަޅު އަދަދަކީ 84. އަދި މީހުން ދިރިއުޅޭ ރަށުން ފައްސިވި މީހުންގެ އަދަދަކީ 91." ޑރ.ނަޒްލާ ވިދާޅުވިއެެވެ.

މިއޮޅުން އެރީ ކީއްވެ ކަމެއް ޑރ.ނަޒްލާ ވިދާޅެއް ނުވެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވީ 61 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 77 މީހުން ފައްސިވިއެވެ. މީގެ އިތުރުން އިތުރު ހަތް މީހަކު ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 72،294 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަރަނި

  އެޗްޕީއަކީ އަބަދުވެސް އޮޅިފަ އޮންނަތަނެއް.އެހެންވެ މިހިސާބަށް ދިޔައީ.ދެއިރު އެކައްޗެއްނުކިޔާނެ.

 2. އަޙްމަދް

  ހެހެހެހެހެހެހެހހެހެހެހެހެހެހެހހެހެހެހހޭ

 3. ލލ

  ތިޔައީ ކަރުދާހުގައި ޖަހާ އަދަދެއް މިއަދު މިވަރޭ ބުނެލަނީ !

 4. ލލ

  އެއީ އެއްގޯސް ވެގެން ބަލިވެގެން ވަރުބަލިވެގެން ހިގި ކަމެއްތޯ ބައްލާ !