ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ނުބަލާ ޖެންޑަ މިނިސްޓަރު އައިޝަތު ދީދީ މަސައްކަތް ކުރައްވަނީ މައްސަލަތަކުން ދިފާއުވާން ކަމަށް ޒުވާނުންގެ މޫވްމެންޓް "ރައިޒް އަޕް" އިން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ދެ ވަނަ ފޭސްގެ މޫދުގައި 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި "ރައިޒް އަޕް" އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިމައްސަލައިގެ އިތުރުންވެސް ކުޑަކުދިންނަށް އިހުމާލުވާކަމުގެ ގިނަ މައްސަލަތަކެއް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ބެލި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރައިޒްއަޕް އިން ބުނީ ޖެންޑަ މިނިސްޓްރީ ހިންގުމާ ހަވާލްވެ ހުންނެވި އައިޝަތު މުހަމައްދު ދީދީ، މަގާމާ ހަވާލުވުމުގެ ފަހުންވެސް މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުގައި އެކަށީގެންވާ ތަހްގީޤުތަކެއް ކޮށްފައި ނުވާ ކަމަށެވެ.

" މިހާރު ވެސް އެ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކާ މެދު ފިޔަވަޅުތައް ނާޅާ ކަމަށާއި، ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާ އަދި އިޖްތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާ މިދަނޑިވަޅުގައި ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މައްސަލަތަކުން ދިފާއުވުމަށް، މިނިސްޓަރު އައިޝަތު ދީދީ މަސައްކަތްކުރައްވާ ކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކެރެވޭ ކަމުގައި ވާނަމަ މަގާމުން އިސްތިއުފާ ދިނުމަކީ މިހާލަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑުމެން ދެކެމެވެ" އެ ބަޔާނުގައިވެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހަތް މުވައްޒަފަކު އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވުމުން، މުސާރަ ހިނގާ ގޮތަށް 30 ދުވަހުގެ ސަސްޕެންޝަނެއް ކޮށް މި ހަތް މުވައްޒަފުން ގޭގައި މަޑުކުރުމަށް އެންގި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ހިލޭ ފިރިހެނަކު ވިލިމާލޭ ކުޑަކުދިން ހިޔާގައި ދިރިއެޅޭ ކުޑަ ކުއްޖަކު ގުރޫމްކޮށް، ކޮޓަރިއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ އިރު، މިކަން ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ދުރާލައި އެނގި ތިބެ އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަމަށް ރައިޒް އަޕް އިން ބުނެއެވެ.

އެހެންކަމުން އެފަދަ އިޖްތިމާއި މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ ހުރިހަ އިދާރަތަކެއް ގުޅިގެން މައްސަލަ ބެލުމުގެ ނިޒާމް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކޮށް މިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ރައިޒް އަޕް އިން ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. މިތުރާ

  ރމިމީހުން ތިބެނީ ފިނި ކޮޓަރ ރީގަ އަޜާމުގަ، ރައްޔިތުންގެ ރުފިޔާ އިން ބަންޑުފުޜާލައިގެން. ދުފުން ކަމަކީ.މިމީހުންގެ ކަންތައްބަލަން ތިބިމީހުންގެ ހާލަކީވެސް މީ، އިސްތިއުފާދީފަ ގެއަށްދޭ، ރައްޔިތުން ނުކުމެ ގާނޫނު ތަންފީޒު ކު ރާނެ، އެއީ އަންދާ ގާނޫނު.

  13
 2. އެމް ޑީ ޕީ

  ވަރަށް ރަނގަޅު ވާހަކަ އެއް. އައްޑު ހިތަދޫގައި ހުންނަ ޖެންޑާ ތަނުގައި ކުދިން ބަލަހައްޓަން އުޅޭ މުވައްޒަފުން ލައްވައި 12 ގަޑި އިރު މަސައްކަތް ކުރުވާ ފަހަރު ގިނައީ. އެމީހުންނަށް އިތުރު ގަޑީގެ އެލަވަން ދެނީ މިމީހުން އެފަހަރަކު ހިތައް އެރި އަދަދެއް. މުވައްޒަފުން އެކަމާ ޝަކުވާ ކުރުމުން އެއީ މިނިސްޓްރީން އެއްބައި ބަޖެޓަށް ނެގީ ކަމަށް ބުނޭ. މުވައްޒަފުން ކުދިން ބަލަހައްޓަން ތިބޭ ތާގައި އޭސީ އެއް ނުހުންނަތާ، ހުންނަ ފަންކާ ގަނޑުވެސް އެނބުރެނީ 5 މިނެޓުން އެއް ބުރު. އެކަމާ ޝަކުވާ ކުރުމުން ބުނީ ، ބަޖެޓް ވަނީ ހުސްވެފަޔޯ. މުޅި މުއައްސަސާ އެއްކޮށް ފެއިލް ވެފަ.

  14
 3. ދިވެހިލޭ

  އެ ދައިތައަށް ވާވަރު ދެން ކީއްކުރާނީ!

  14
 4. ހައްޕު

  ހުރިހާ މުއައްސަސާއަކުން މައްސަލަބެލުން. ކޮމިޝަންތައް ހަދައިގެންވެސް މައްސަލަބެލުން. ޤައުމުގައި ހުސްމައްސަލަ.
  ޙައްލުވާ މައްސަލައެއް ނެތް. މައްސަލަ އ

 5. Anonymous

  ދައިތަ އިސްތިއުފާ

  • އޭނާ

   އުސޫލުތަކާއި ކަންކަން ހިގައި ގޮތް ރަނގަޅު ވާނީ ވެރިންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ކުރާ ޝަކުވާތަކުން. ރަނގަޅަށް މޮނިޓަރ ކުރެވޭނެ ގޮތެއް ނެތް. ކޭސް ވޯކަރުން ދަނީ އެމީހުންގެ އާއިލާއަށް ދޭން ޖެހޭ ވަގުތު ވެސް މަސައްކަތަށް ދީގެން. މުވައްޒަފުންގެ ބެސްޓް އިންޓްރަސްޓްއަށް މަސައްކަތް ނުކޮށް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ.

 6. ކުރި

  ސިދާތާ މިނިސްޓަރަކަށް ހުރިއިރު ބައެއްމީހުން ފަޔަށް ހިނި އަރައިގެން ނުކުމެ ސިދާތާ ބޭރުކުރީ. އެއަށްވުރެރަގަޅު މީހަކުލައިގެން ރަގަޅުކަމަށް ސިދާތާ ބެރުކުރި މީހުން ގަބޫލު ކުރިއަސް ވީރަގަޅެއްނެއް. ހަމައެކަނި ވީގޮތަކީ ބައެއްމީހުންބޭނުންވާ މީހަކު މިނިސްޓަރަކަށް ވީ ކަންއެކަނި. އެހެންވެ މިހާރު މުޒާހަރާއެއް ނުބާއްވާނެ. ވީރަގަޅަކީއެއީ.

  12
 7. މަރުޖާން

  ރައީސް އިބޫ އިތުރު ދައުރެއް ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާނަމަ އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރު ކަމުން ވަކިކޮށްދެއްވާ. އަޅުގަނޑުމެންގެ ދަރިން ހަލާކުވާތަން ދެން ބަލާކަށް ނެތިން.

 8. ވަން މީހާ

  ޖެންޑާ ދައިތަ އިސްތިއުފާ

 9. އަބްދޫ

  ޖެންޑަރ މިނިސްތްރީއަކީ ބޭނުންތަނެއްނޫން. ބޭކާރު ހަރަދު ކީއްކުރަން މީހަކު ކުށެއްކޮށްފިނަމަ ކުޑަބޮޑު އަންހެން ފިރިހެން ކިޔާނެކަމެއްނެތް ފުލުހުންތަހުގީގު ކޮށްފަ ހައްގު އަދަބުދިނީމަ ނިމުނީ މިހެން ހަދައިގެން ކުޑަކުދިންނަށް އެމީހުނަށް އުލެންވީގޮތެއް ނޭގެ އަންހެންވެރިން ފުއްޕާފަ މާމައްޗަށް ފިރިހެން ވެރިނަނަށް ގައުމަކު ޖާގައެއް ނެތްހެން ހީވާ ހިސާބަށް ކަންކަން ގޮއްސި. ހުރިހާކަމެއް ގޯހުންގޯހަށް.

  8
  1
 10. ޢަދުލު

  ތައުލީމީ ސިޔާސަތައް އައި ބަދަލާއި އެކު ކުދިންގެ އަޚްލާގީ ފެންވަރު މިވަނީ ވ ދަށުދަރަޖަވއަކަށް ވެއްޓިފަ. ޢެކުދިންބޮޑެތިވެ ދަރިން ހޯދާ ދަރިންނަށް ތަރުބިއްޔަތެއް ނުދެވޭ. މުޅި ގައުމު މިވަނީ އަޚްލާގީ ބަލިމަޑުކަމެއްގަ. ސަރުކާރުގެ އެކިމުއައްސަސާ ތަކުގެ ޒިންމާދާރުވާންޖެހޭ ވެރިންނަށް ބެލިޔަސް އެްންމެ ކުރީގައި އޮންނަނީ ފިތުނަ ފަސާދަ ފެތުރުން. މީހުންގެ ނެތިނުބައި މޮށުން. ސްކޫލްތަކަށް ބަލައިލައިފިއްޔާ ކިތަންމެ ކުޑަކަމަކާ ވިޔަސް ބެލެނިވރރިޔާ ގޮސް ކުއްޖާ ކުރިމަތީ ޓީޗަރު ކުޑަކޮށްލާނެ. ރަނގަޅު ކުރަންވީ ކުދިންނަށް ދެވޭ ތަރުބިއްޔަތު. ސްކޫލުގައިވެސް ގޭތެރއިންވެސް އަޅލުމާ އޯގާތެރިކަމާ އަމިއްލަ ޒިންމާ އަދާ ކުރަން ކުދިންނަށް ދަސްކޮށް ދޭން ޖެހޭ. ކްލާސް ރޫމް ގައިވެސް ކުދިންނަށް ކުރެވޭ ވަރުގެ ކަންކަން ކުދިންލައްވާ ކުރުވަން ޖެހޭ. ÷ޮލިސީ އަސް ބަދަލު ގެންނަން ޖެހޭ. ޚުދިން ޒިބްމާދާރުވާން ދަސްދިނުމަކީ އަނެއްދުވަހު ބެލެނިވެރިޔާ ހައްގު ހޯދަން ދުވަންޖެހޭނެ ކަމެއްނޫން. މުޅި ގައުމު މިއަދަވަޅަށްވެއްޓިފަ މިވަނީ އަކްލާގީ ފެންވަރު ދަށްވެގެންގޮސް. އަކްލާގް އެއީ ކޯޗެއްކަން ކުދިންނަށް ކިޔަވާދޭންވެސް ޖެހޭ

 11. ޢަދުލު

  ޚޮންމެ ކަމެއްވާއިރަށް މިނިސްޓަރު ގެ އިސްތިއުފާއަށް ގޮވާފަ ބަޔާން ނެރުނަކަް ހައްލެއް ނުފެންނާނެ. އަދި މިނިސްޓަރު އިސްތިއުފާ ދިނަސް ހައްލެއް ނުވާނެ. ކިތައް މިނިސްޓަރުން މިހާރު ބޭރު ކުރެވިއްޖެބާ. ހައްލު ފެނުނު ބާ

 12. މި

  މިނިސްޓަރު ކަމަށް ލަނީ ފައިލް ދ ވެފައިވާ މީހުން...ޑރ. މައުސޫމް...މަލީހު....ސަރުކާރެއް ހިންގުމަކީ ކުޑަފިހާރައެއް ހިންގުން ކަހަލަ ކަމެއް ނޫން...ރައީސް ގެ ލަފަޔަކަށް ވަޒީރަކު އެދުނަސް ...ލަފައެއް ދެވެނީކީ ނޫން...ކަލެއަށް ފެންނަ ގޮތަކަށް ކޮށްލާށޭ ބުނަނީ...

 13. އަހަންމާ

  ކޮބާ މަޖިލިސް ހާދަ ލޮނު މަޑޭ. ޝިދާތާ ހު ރި އި ރރު ދުވާލު ދެދަޅައަށް މަޖިލިސްއަށް ހާޒިރ ރު ކު ރާނެ ނުވީތާކަށް ގޭ ކުދިން ކޮޅު ނިކުމެ ޖެންޑަ ރ ކު ރިމަތީ ހަޅޭ ލަަވާނެ. މިއޮތީ ވާ ބައެއް! އަދިވެސް ޑިމޮކް ރަސީ އޭ ހައްގުތަކޭ ކިޔާ ހަޅޭލަވާ.

 14. ކިކީ

  ތީ ބޮޑުމުސީބާތެއް ކަހަލަ ދައިތައެއް ތީނަ ތިމަގާމުގައި ހުރެގެން ރާއްޖޭގެ އެއްވެސް ކުޑަކުއްޖަކަށް ރަށްކަލެއްނެތް އަދި ތިއީ މިސަރުކާރުން ކުރުވާ ކަންތައްތައް އެހެންވީމަތާ ތި ދައިތަގަނޑު ބަހައްޓައިގެން ރައީސް އިބޫ އުޅެނީ، ޤާބިލް ކިތައް ދިވެހިން އެބަތިބި އެކަމަކު ފެންނަނީ ސަރުކާރުން ތިދައިތަގަނޑު ހިމާޔަތްކޮށް ދައިތަގަނޑު ލައްވާ މީޑިއާ ޖުރިމައިނާކޮށް ރައްޔިތުން ބިކަ ކުރާތަން.

 15. ޖޖޖޖ

  ދައިތާ އިސްތިއުފާ، ދައިތާ އިސްތިއުފާ، އައިސާދީ އަވަހަށް ކަލޭ އިސްތިއުފާދީ

 16. ނުދޭތި

  ޢިސްތިއުފާއަކީ އަ ދި ހައްލެއްނޫން.