ރާއްޖެ އިން އިތުރު 172 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 66 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 96 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން އިތުރު ދިހަ މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓްކޮށްފައި ވަނީ 4523 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓްކުރި މީހުންގެ ތެރެއިން %4 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް ޖެހިފައި މިހާރު ރާއްޖޭގައި ތިބީ 4362 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރުވެފައެވެ. މިހާރު 41 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދިނީ 39 މީހަކަށެވެ. މިއަދަކީ މިމަހުގެ 03 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވި ފުރަތަމަ ދުވަހެވެ.

މިމަސް ފެށުނު ފަހުން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ނަމަވެސް އަދިވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މިމަހު ވެސް ކޮވިޑް ޖެހިގެން 50 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    މާދަމާ ބުނެފާނެ، މިއީ އޮޅުމެކޭ......