މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އައްޑޫ ސިޓީ ހިތަދޫ ފިޔަވާ އައްޑޫގެ ރަށްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފިއެވެ.

އައްޑޫ ހިތަދޫގައި މިހާރު ކޮވިޑް ޖެހިފައިވާ 123 މީހަކު އެބަތިއްބެވެ. ހިތަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށީ ދާދި ފަހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހިތަދޫ ފިޔަވާ ދެން ހުރި ރަށްތައް ކަމަށްވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ.

އައްޑޫގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 445 އަށް އަރާފައެވެ. އެ ސިޓީން މިހާރު އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ ދޭއްއަށް އަރާފައެވެ.