ދެކުނުގެ ރަށެއްގައި ބިދޭސީއަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ބިދޭސީ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އާއިލާާއިން މައުލޫމާތުދިން ގޮތުގައި ބިދޭސީ މީހާ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާ ދިިރިއުޅޭ ގެއަށް ގޮސްގެންނެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިކަަމަށް އާއިލާއިން ބުންނެވެ.

މައުލުމާތު ލިބިފައިވާގޮތުގައި، ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ބިދޭސީ މީހާއަކީ ބަންގްލަދޭޝްެއަށް ނިސްބަތްވާ މީހެކެވެ.

މި މައްސަލައާ ގުޅިގެން އޭނާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދެއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވި، ޖިންސީ ގޯނާގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅުނު ކަމަަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އެކަމާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކާފަބޭ2020

  އަދި ތިޔަދަރަހައްދުގަތިޔަބަލާވެރިކަންއިތުރުވުންއޮތީކުރިއަށް މިހާރުންފެށިގެން ބާރަށްއަތްޖަހަންފަރިތަކުރުމުގެ މުބާރާތެއް އިންތިޒާމްކުރަންފެނޭ އެކަމަށްވަރަށްފަރިތަމީހުންއުޅޭނެ ޕާޓީތަކުގައި! މާމޫނާގެޚާއްޞަހުއްދަލިބޭނެ

  7
  1
 2. ދިދަ ދަނޑި

  މިވަރު ކަމެއް ހިނގާދިޔައިރު ކޮބާ ގޭގަ އުޅޭ މީހުން؟ އެއްވެސް މީހަކަށް ހަމަ ހިލަމެއްވެސް ނުވި؟ ދެރަވަރު ކަންކަން މީ...

  28
  1
 3. ލޮލް

  އެމްޑީޕީ މީހުންގެ ނަޒަރުގައި ތިވާނީ ކޮންމެވެސް ޝޭޚަކު އެކުއްޖާ ޚިތާނު ކުރީކަމަށް.

  15
  10
  • ބޮލް

   ބޮޑުވަރު ނުވަނީސް ބޮލަށް ބޭސް ކުރަން އުޅޭ….

   12
   6
 4. އައލާބެއްޔާ

  ކޮބާތިޔަފެއްޓުނީ އައްޑޫ ތަރައްގީވާން ތިޔައީ އަދިފެށުން ކަމައް މިހާރުވެސް ހީވާކަހަލަ ކަޝްމީރު ތަމްސީލް ވާހެން ރައްޔިތުންނޭ ހާއަރުންވާ ތިޔަ މަންޒަރ ރިޕީޓް ވާން ދޫކޮއްނުލައްވާ ކުރިންނުވި ރައްކަލެއް ފަހަކުން ނުވާނެ

  11
  2
 5. މިތުރާ

  ބިދޭސިން އައުޓު، ދިވެހިންގެ ވަޒީފާ ވަގައްނަގައިފި މިމީހުން، މިވެސްގައުމައް އޮތްބޮޑު މުސީބާތެއް ،ޑު ރަގު ނަގާމީހުން،ބިދޭސިން، ،ބޯހަލާކު،

  4
  1
 6. އަހައްމަދޫ

  އެމީހާއަށް ފިޔަވަޅެއްވެސް ނޭޅޭތަ. ހައްގުތައް ބޮޑީދޯ. ވަގުތުން ޑީޕޯޓް ކޮށްލަބަލަ

 7. ރ ޔާންބެ

  ތިހެން ނުލިޔެ ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ކޮންމެވެސް ކަމެއް ވެއްޖެއޭ ލިޔުނުނަމަ. މިހާރުވެސް މާ ގިނަ މައުލޫމާތު ތި ދިނީ.