ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި އެމަނިކުފާނުގެ ބޮޑީގާޑް އިލްހާމް އާދަމް މާދަމާ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިއްޖެއެވެ.

މި ކަން ހާމަކޮށް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތް ކޮށްދިން އިލްހާމްގެ ކަނދުރާގެ ޑިސްކް ހަލާކުވެފައިވާ ކަމަށެވެ.

"މާދަމާ އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ކުރޭ، އަވަސް ޝިފާއަކަށް އެދެން،" ނާޒިމްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ނަޝީދުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައިގެން ނީލޯފަރު ހިނގުން މަގުން އެމަނިކުފާނާއި ބޮޑީގާޑުން ހިންގަވައިގެން މަޖީދީ މަގާ ހަމައަށް އަރާ ހަމަވަނިކޮށް ދެ މަގު ބައްދަލުވާ ކަންމަތީ ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ބޮން ގޮއްވާލީއެވެ.

މި ހަމަލާގައި ނަޝީދުގެ އިތުރުން ބޮޑީގާޑުންނާއި އާންމުންގެ ދެ މީހަކަށް ވެސް އަނިޔާވިއެވެ. އެ އެންމެންގެ ޒަޚަމްތައް ވެސް އަދި މުޅިން ފަސޭހަ ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަޝީދު ވަނީ އޭޑީކޭގައި އޮޕަރޭޝަންތަކެއްކޮށް ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވައިފައެވެ. އިތުރު ފަރުވާއަށް އެމަނިކުފާނު ހުންނެވީ ޖަރުމަނަށް ވަޑައިގެންނެވެ. އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލުން އިތުރު އޮޕަރޭޝަންތަކެއް ވެސް ކުރިއެވެ. އެއީ ފަޔާއި ވާތު އަތުގެ އިނގިލިތައް އަދި މުޅިން ރަނގަޅު ނުވާތީއެވެ. އަންނަ ނޮވެމްބަރު މަހު ވެސް އިތުރު އޮޕަރޭޝަނެއް ކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަސީދު ގެެެ އެހީތެެެރިޔާ ހަހަހަހަހަހަހަަހަ................

    ނަސީދު އެކަނިޖެހާނީކުރަން އޮޕުރާސަންކުރަން އެއީހަމައެކަނިހުރި މިިީހަަަކީ ހަހަހަހަހަހ...

    10
    1
  2. ނަން

    ބޮޑީ ގާޑު ވީމަ އައިޖީ އެމް އެޗް. މަޖްލިސްގެ ރައީސްވީމަ ޖަރުމަން. މިވެސް ހަމަ ޙައްގު މިންވަރުތަ؟ ހަމަ އަހާލީ

    30
    1
  3. ވިސްނާލުމަށް އެދެމޭ

    ބޮޑީގާޑުގެ ތިއޮޕަރޭޝަނާ ބޮ މާހުރި ގުޅު މަކީކޮބާ....ބޮ މެއްގޮވިތާ އެތައް ދުވަހެއްފަހުން މީހަކު ސިއްޙީފަރުވާއެއް ހޯދިޔަސް ބޮ މާގުޅުވަނީ ބޮ މުގެ ހާދިސާ ކަށަވަރުކަން ދައްކަންތައް...

    13
    4
  4. ކޮމެންޓު

    ހަމަލާ އާ ގުޅޭ ކަމެއް ނޫންދޯ ހަމަލާ އާ ގުޅުވަންވާނެ ކޮންމެ ކަމެއް ވިއަސް

    16
    2
  5. ފާތުން

    އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވަންވީނު. ބޯ ހަލާކު

    13
    1
  6. Anonymous

    ހާދިސާ ހިނގިފަހުން ގަރުނެއް ފަހުން؟ 😂😂

    15
  7. އިރެކްސް

    ނަށީދު އޭޑީކޭ އާއި ޖަރުމަގައި، ބޮޑީގާޑޫ ހެލްތް ސެންޓަރ އެއްގަ އޮޕަރޭޝަން

    13
  8. އަހްމަދު

    ބަލަބޯޑީގާޑުވީމަ އައިޖީއެމްއެޗްގަ ނަޝީދުވީމަ ޖަރުމަނުގަ ޔޭކޯންސާ އިންސާފުހޭ

    6
    1
  9. ޒަހޫ

    ނާޒިމް ސައްތާރުމީ ސަރުކާރުގެ ތަރުޖަމާނުބާ؟

    6
    1
  10. ޝާނީ

    ހާދަ ލަހަކުން😆😆😆😆😛

  11. ޞުއްބެ

    އަޅުގަނޑުމެން އެންމެންގެ ސިނކުޑީގެ މައްސަލައެއް އުޅޭހެން ހީވޭ މިކަމަށް ދައުލަތުން އެބަޖެހޭ ފުންކޮށް ދިރާސާއެއް ކުރަން، މީހަކު ބަލިވެއުޅޭ ވާހަކަ ކިޔާފަ ލިޔެފަ މިހިރަ ކޮމެންޓްސްތަށް ކިޔާފަ ހަމަ އަންތަރީސްވެފަ މިހުރީ