އަންނަ ބުދަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ތައްޔާރުވެފައިވާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާ ކުރުމަށްފަހު ވަނީ ވަކިވަކިން ނަމާދު ކުރުން ވެސް މަނާކޮށް މިސްކިތްތައް އެއްކޮށް ބަންދުކޮށްފައެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން މިހާރު ވަނީ މިސްކިތްތަކުގައި ވަކިވަކިން ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރަން މާލޭ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިތުރު ލުއިތަކެއް ދޭނެއެވެ. އޭގެތެރެއިން އެއްލުޔަކީ ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމެވެ. ނަމަވެސް މިކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. މިއަދު ވެސް މާލެ އިން ފައްސިވީ 28 މީހުންނެވެ. މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ މިއަދު ވަނީ 13 ދުވަސް ވެފައެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިއަދު ވަނީ 3883 އަށް މަދުވެފައެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 27 މީހުންނަށެވެ. މިއަދަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަފަރު ކައްދަގެ ތިއްތިބެ

  ދިވެހީންގެ ގިނަ ބަޔަކާ ބަންގާޅީންގެ އެންމެންނަކީ ފަރުދީ ޒިއްމާ އަދާކުރާ ބައެއްނޫން! އެއްކައުވަންތަ ﷲ ޞުބުހާނަހޫ ވަތަޢާލާ އަށް އަޅުކަން ކުރަން މާތްވެގެންވާ މިސްކިތްތަކަށް މިދަނީ، އެތަނަށް ހުޅުވާލުމުން ތިމާ ބައްޔަށްސް ކެއްސާ ނޭވާނުލެވުނަސްދާނެ. ގޮސް ވެސް ފަޔާއި ފައި ޖައްސާގެން ފިތިގެންނޫނީ ނުތިބޭނެ. އެއްވެސްވަރަކަށް އެހެންމީހަކަށް ބެލުމެއް ނޯވޭ. މާސްކުވެސް ނާޅާނެ. ފަޔާއި ފައި، ކޮނޑާކޮނޑުވެސް ޖައްސަންވީ، ގިނައިރު އެތާ ހޭދަވެސް ކުރަންވީ. އެކަމަކު އެއީ ތިމާބަލިނުވެ ސަލާމަތުން ހުރިނަމަ.މިހާރު އަރިދަފުސް ރޯގާއެއް އެލާރޖީއެއް ނޯންނާނެ. ބަލަންވާނީ ކޮވިޑު ކަމަށް. މިސްކިތްތައް ބަންދުވެސް ކުރަންޖެހެނީ ޑިސިޕްލިން ނެތީމަ. ދީނުގައި އަންގަވާފައި ވަނީ، އަނިޔާ ކުރުމެއް އަދި އަނިޔާ ލިބިގަތުމެއްވެސް ނެތްކަމުގައި. ވ. ސަލާމް

  1
  1
 2. އަޙްމަދް

  އާދައިގެ ރޯގާއެއް ބިރުވެރިކަން އުފައްދާ ވެކްސިން ވިއްކަން ކިޔާނަމަކީ ކޮވިޑް19.....

 3. ތިބުރީތީ

  ވަރަށްދެރަ ކޮވިޑު މަދުވެލާއިރަށް އަނެއްކާ ބަލިފެތުރޭނެ ގޮތްގޮތަށް ކަންކަން ނުގެންދިއުމައް ސަރުކާރަށް ގޮވާލަން