ކޮވިޑް-19 އަށް ރ.އަތޮޅު މީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

މީދޫ ހެލްތު ސެންޓަރުން ވިދާޅުވީ ކޮވިޑްގެ ޢަލާމާތްތައް ފެނިގެން ނެގި އެރަށުން ނެގި ހަތަރު ސުންކެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެޗްޕީއޭ އިން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޮވިޑަށް ފައްސިވީ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ހަތަރު ފަޅުވެރިއެކެވެ. ފަޅުވެރިންނާއި ރަށުތެރެއިން ބައްދަލުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.

ކޮވިޑް-19 އަށް މިހާރު މާލެ އިން ފައްސިވަމުންދާ މީހުންނަށްވުރެ އަތޮޅުތެރެއިން ފައްސިވާ މީހުންގެ އަދަދު ގިނައެވެ. މިހާރު ވެސް ރާއްޖޭގެ 50 އަށްވުރެ ގިނަ ރަށަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު