ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެންޓަޓެއިންމެންޓަށް ހާއްސަ ޗެނަލްކަމަށްވާ "އައިސް ޓީވީ"އިން ޕްރެޒެންޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އައިސް ޓީވީން ބުނީ، އެ ޓީވީގައި ޕްރެޒެންޓަރުންގެ ގޮތުގައި، މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހު ވޯކިންގ އިންޓަވިއު އޮންނާނެ ކަމަށެވެ. ވޯކިންގ އިންޓަވިއު އޮންނާނީ އާދީއްތަ ދުވަހުގެ މެންދުރު 12:00 އިން 16:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ދެވަނަ ފަންގިފިލާގައި އިންނަ އައިސް ޓީވީގެ ސްޓޭޝަންގައެވެ.
އައިސް ޓީވީއަކީ އެންޓަޓައިންމެންޓް އިންޑަސްޓްރީ އަދި ކުޅިވަރާއި ޒުވާނުންނާއި ގުޅޭގޮތުން ޕްރޮގްރާމް ގެނެސްދެމުން އަންނަ ޓީވީ ޗެނަލެކެވެ. އައިސް ޓީވީން އަބަދުވެސް ތަފާތު އެންޓަޓެއިންމެންޓް ޕްރޮގްރާމްތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، މިއީ އައިސް ޓީވީގެ ޒުވާން ޓީމާއިއެކު މަސައްކަތް ކޮށްލަން ލިބޭނެ ރަނުގެ ފުރުސަތަކަށްވެގެން ދާނެއެވެ.
އައިސް ޓިވީން ބުނީ، މިއީ ޕްރެޒެންޓިންގގެ ދާއިރާއިން އާ ކުދިން ނެރެދިނުމުގެ ގޮތުން އެ ސްޓޭނުން ފަށާ ކަމެއް ކަމަށެވެ.
އިނގެރޭސި ޕުރިމިއަރ ލީގުގެ ނަން އައިސް ޕުރިމިއަރ ލީގަށް ބަދަލުކޮށް އަމިއްލަ ލޯގޯއެއްވެސް ހަދައިގެން ދައްކާ މައްސަ އިނގެރޭސި އެފްއޭއަށް ހުށަހަޅާނެ ކުއްޖަކު ނެތްތަ؟؟އެއީ ސީދާ ޕާސިން އޮފް މައްސަލައެއް..އެހެން އުޅުނު ބަޔަކު 7/11 ވެސް ހަދައިގެން އާހިރުގަ ޗޮކުންދިޔައީ އަޅިއަށްވީ..ބުރޯޑްކޮމް ވެސް ނިދައިފަ ޤާނޫނާ ޚިލާފުކަންތައް ކުރާއިރު..ހަމައެކަނި ސިޔާސީ ކަންކަން ބަލަނީ
އައިސްޓީވީން ޕްރިމިއަރ ލީގްގެ މެޗުތަކުގެ ކުރިން ގެނެސްދޭ ސޯއަކަށް ކިޔަނީ އައިސްޕްރިމިއަރ ލީގް ، އެއީ ދިވެހި ޗެނަލްޔަކުން މުބާރާތްތައް ގެންނަގޮތް، އައިސްޓީވީގެ ވަރަށް ބޮޑު ފޭނެއްގެ ގޮތުން ސާފުކޮށްލަދިނީ، ގާނޫނާ ޙިލާފަށް ދެއަހަރުމަތިން ޕްރިމިއަރ ލީގް ގެނެސްދެވިދާނެހެނެއް ހިއެއްނުވޭ ??♂️