އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނުގެ ހިދުމަތް، ލާރިއެއް ނުދައްކައިގެން ކަނޑާލާނެ ކަމުގެ އިންޒާރު ފެނެކައިން ދީފިއެވެ.
އައްޑޫގައި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނެކާއިން ފޮނުވާފައިވާ “ހިދުމަތް ކަނޑާލުމުގެ ކުރިން އަންގާ އެންގުން” ގައި ވާ ގޮތުން ހިތަދޫ ގެއަކުން އެ ބިލަށް ނުދައްކާ ހުރީ 0.1 ލާރިއެވެ.
މިއަދު ޕްރިންޓް ކޮށްފައިވާ އެބިލަކީ އެއީ ޖޫން އެއްވަނަ ދުވަހަށް ހަދާފައިވާ ބިލެކެވެ. އެބިލުގައި ފެނެކާއިން ބުނެފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް އެބިލަށްވާ ފައިސާ ނުދައްކަވައިފިނަމަ، އެ ހިދުމަތް ކަނޑާލާނެ ކަމަށެވެ.
ފެނެކާއިން އައްޑޫގެ ގިނަ ގެތަކަށް ފެނުގެ ހިދުމަތް ދެމުން އައި ނަމަވެސް، ގިނަ ގެތަކުން އެ ހިދުމަތް އަދިވެސް ހޯދަމުން ނާދެއެވެ. އެހެން ނަމަވެސް ކޮންމެ މަހަކު ކަހަލަ ގޮތަކަށް އެގެތަކަށް ބިލުތައް ފޮނުވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތަކަށް މި ބިލަކީ ވެސް އެގޮތަށް ފެނުމުގެ ހިދުމަތް ބޭނުން ކުރަމުން ނުދާ ގެއަކަށް ފޮނުވާފައިވާ ބިލެކެވެ.
ހައްހައްހައްހައްހާ. ކަލޯ މަ މިއޮތްގެން ހިނިގަނޑު ފަޅައިގެން ގޮސް މަރުވަނީ. މަ ސަލާމަތް ކޮށްދީބަލަ ކޮންމެވެސް މީހެއް.
ބޭނުން ނު ކުރާ ގެއަ ކުން ފެން ކަޑާފާނެތީ ބިރު ގަންނަން ޖެހޭ ތަ ?
ޙެެހެ ހެ ހެ
މާ ކަންތައް ބޮޑުނުކޮށް ލާރި ދެއްކީމަ ވީނު. 0.1 ލާރިއަށް ފެނުގެ ޙިދުމަތް ދީފަ އިން ކަމައްޓަކާ ވެސް ޝުކުރު ވެރިވާން ވީނު! ފެންވަރު އޮޅެނީ!!
0.1 ލާ ރި ވީމަވެސް ބޮޑީ ދޯ..
ތިވަ ރު މީހުން ފެނުގެ ޙިދުމަތައް އެދެނީ ކީއްކު ރަން ތަ ؟؟