ނ. ހޮޅުދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް "ހޮޅުދޫ އިސްލާމިކް މޫމަންޓް" ނަމުގައި ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާ އިފްތިތާހްކޮށްފިއެވެ. އެ ޖަމިއްޔާ އިފްތިތާހްކޮށްފައި ވަނީ ރޭގައެވެ.

ހޮޅުދޫ އިސްލާމިކް މޫމަންޓްއިން ބުނީ، އެ ޖަމިއްޔާގެ މަގްސަދަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި އެ މަސައްކަތަށް ތަފާތު ވަސީލަތްތައް ބޭނުން ކުރާނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޖަމިއްޔާގެ މުއައްސިސުން:

1. އަލްފާޟިލް އަޙްމަދު މުޖްތަބާ، ދަފްތަރު ނަމްބަރ 1542، މާލެ
2. އަލްފާޟިލް އިސްޙާޤް ރަޝީދު، އާރާމުގެ، ނ.ހޮޅުދޫ
3. އަލްފާޟިލް މުހައްމަދު ޢާމިރު، ދަފްތަރު ނަމްބަރ 6026، މާލެ

އެ ޖަމިއްޔާއިން އެކި ދާއިރާތަކުން އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަރަކާތްތައް ހިންގާނެއެވެ. އެގޮތުން ހިންގާނެ ހިންގާނެ ހަރަކާތްތަކަށް ބަލާއިރު، ދީނީ މައުޟޫތަކަށް ދަރުސްދިނުމާއި، ރެކޯޑިންގ އިއްވުމާއި، ލީފްލެޓްފަދަ ތަކެތި ބަހާނެއެވެ. އަދި ސޯޝަލް މީޑިއާގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މުޖްތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.

މީގެ އިތުތުން:

1 އިސްލާމް، ޤުރުއާން އަދި ޢަރަބިބަސް ފަދަ މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ވަޞީލަތްތައް މުޖްތަމަޢަށް ފޯރުކޮށްދިނުން
2. ދީނީ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދީނީ ގިޔޮގަނޑުގެ ތެރެއިން ފާހަގަކޮށް، ދީނީ ރޫޙް ވަރުގަދަކުރުން
3. ޚައިރާތުކުރުމާއި، ޞަދަޤާތްކުރުމަށް މީސްތަކުންގެ ހިތްތަކުގައި ލޯބިޖެއްސުން
4. ޤުރުއާން، މަދަޙަ ކިއުން ފަދަ ދީނީ ހުނަރު ދައްކާލުމުގެ ޝޯވއާއި ދީނީ މުބާރާތްތައް ބޭއްވުން
5. ގައުމީ އަދި ބައިނަލްއަގްވާމީ ދީނީ މުބާރާތްތަކަށް މީހުން ތައްޔާރުކުރުން
6. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާދާއިރާއެއްގައި ސެމިނާ އަދި ވޯރކްޝޮޕްތައް ރާވާ، އިންތިޒާމުކޮށް ހިންގުން
7. މުޖުތަމަޢަށް ފައިދާހުރި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި ސްކޯލާރޝިޕް ހޯދައިދިނުމަށް މަސައްކަތްކުރުން

ހޮޅުދޫ އިސްލާމިކް މޫމަންޓްއިންއިން ހޮޅުދޫގެ ރައްޔިތުންނަށް ހާއްސަ މި ހަރަކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، ނ. އަތޮޅަށް ހާއްސަކޮށްގެންވެސް ތަފާތު ދީނީ ހަރަކާތްތައް ހިންގުމުގެ ވިސްނުން ހުރިކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.