ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެ ކަމެއް ނުވާނެ ކަމަށާއި އެ ހުވަފެން ދޫކޮށްލެއްވުން ބުއްދިވެރިކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒު ވަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާގެ ވަޒީފާއިން ވަކިކޮށްފައެވެ. އެއަށް ފަހު އިޔާޒް ގެންދަވަނީ ކުރިއަށް ވުރެ ބޮޑަށް ރައީސް ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ "އެލެކްސް އަހްމަދު" ނަމުގައިވާ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ، އަންހެނުން ޚިތާނު ކުރުމަށް ބާރު އެޅުމާއި، އިންޑިއާއާ ދެކޮޅު ވާހަކަތައް ފެތުރުމާއި، ނަފުރަތުގެ އަމަލުތައް ބަޔާން ކުރާ ބިލާ ދެކޮޅަށް އަޑުއުފުލުމުގައި އުޅެނީ ދާދި އެއް ބަޔަކު ކަމަށެވެ.

އެފަދަ މީހުންގެ ތާއީދު ހޯދައިގެން ކުރައްވަން ބޭނުންވާ ސިޔާސީ މަސައްކަތެއް ނެތް ކަމަށް އެ ޓްވީޓްގައިވެއެވެ. ދާދި ފަހުން އެ އެކައުންޓުން ކުރި ޓްވީޓެއްގައި ވެސް ވަނީ އެއީ "ގ. ކެނެރީގެ މުހައްމަދު ނަޝީދު" ކަމަށް ވެސް ލިޔެފައެވެ.

މި ޓްވީޓަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަން ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ހުވަފެން ދޫކޮށްލެއްވުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެއީ މި ރާއްޖޭގައި ދެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އަންހެން ކުދިން ނުވިހާ އޮޕަރޭޝަން ކުރަން ބާރު އެޅޭ ފަދަ އިބާރާތަކުން ރައީސް ނަޝީދު ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައި އިޔާޒް ލިޔުއްވާފައިވަނީ ނަޝީދު ގޮވާލައްވަނީ އަންހެން ކުދިން ފާހިޝް އަމަލުތަކުގައި ބައިވެރިކުރުމަށް ކަމަށާއި އެއީ އަންހެން ކުދިން ޚިތާނު ކުރުމަށް ވުރެ ނުރައްކާތެރި ގޮވާލުމެއް ކަމަށެވެ.

އިޔާޒް ވަޒީފާއިން ވަކިކުރުމުން އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އަދި ގައުމީ ޔުނިވާސިޓީގެ ނިންމުން މުރާޖާ ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ. އަދާލަތު ޕާޓީގައި މަސައްކަތް ކުރައްވާ ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިއުންތައް މި މައްސަލައާ ގުޅިގެން ގައުމީ ޔުނިވާސިޓީއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކޮވިޑް

  ތީ ނަޝީދު ފަހަތުން ނަޝީދައް ވެރިކަން ހޯދަދޭން ފޫގަޅއިގެން ދުވާނެ އެކަކު ޝައްކެއްނެތް؟

  18
  2
 2. ޖާބެ

  ދެން ކަލޭންން ތިޔަ ސަޕޯޓްކުރަނީ ކާކައްތޯ އެވެސް ހަމައެކައްޗެއް ޣާފިލް ވުމުގަވެސް އޮވޭހައްދެއް ހަމަ އެޖެންޑާ 19 އެއީ އެއްފަލްސަފާއެއް.... ތިޔަ ވަޒީފާގެއްލިގެން ތިހާވަރުންތެޅޭ ކަމައް ވަންޏާ ތިޔައީ ފައިސާޔައް އަންގަހުޅުވާބައެއް..

  15
  1
 3. އދ

  ބޯގޮވި ކަލޭގެ

  3
  2
 4. Anonymous

  ޑރ އިޔާޒްއަކީ ކުރީގައި ވ.އިޙްތިރާމް ކުރެވުނު ޢިލްމުވެރިއެއް. އެކަމަކު އެމްޑީޕީ އާއި ގުޅި ވާގިވެރިވި ހިސާބުން އިޙްތިރާމް ގެއްލިއްޖެ. ހީފުޅު ކުރެއްވީ ނަމާއި އެއްގޮތަށް ސޯލިހެކޭ. ކޮމެންޓް ތަކުގައި ބުނެފައި ހުންނާނީ އެއްގަލުން ފެހިކާ ދެރޮނޑުކަމަށް. އެމްޑީޕީ ކަހަލަ ބައެއްގެ މަޅީގައި މިފަދަ ޢިލްމުވެރިން ޖެހުނީތީ ޚައިރާންވޭ. ޢިޔާޟު އަކީ ޢިލްމުވެރިއެއް. ބުނާތީ އަޑުއަހަނީ. " ޖާހިލަކަން ޖަވާބު ނުދިނުމަކީވެސް ޖަވާބެކޭ "

 5. އަން

  ވެރިކަމާއި، މުދަލާއި، ދަރިންނަކީ ﷲގެ ހަޟުރަތުން ދެއްވާ ނިއުމަތްތަކެއް. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށް ދެއްވާނެ.
  މީހަކަށް ވެރިކަން ދިނުމާއި އަދި ވެރިކަން ނުދިނުމަކީ އިޔާޒް އަށް ބާރު ހިންގޭނެ ކަންކަމެއް ނޫން.
  އިޔާޒް އަށް ހެޔޮވިސްނުން ދެއްވާ ހެޔޮގޮތް މެދުވެރި ކޮށްވެއްވާފާންދޭ!

 6. Anonymous

  މިކަލޭގެ މި ހިރީ ހޭބަލިވެފަ. ބަލަ ކަލޭތީ ކާކު ވެރިކަމޭކިޔަން

  6
  3
 7. އޯކޭނު

  މަގޭ އަންހެނުންވެސް 3 ކުދިން ލިބުނުފަހުން ހުންނަނީ ނުވިހާ އޮޕަރޭޝަންކޮށްފަ މިކަން އަންހެނުން ހިތާނުކުރުމަށްވުރެ ނުރައްކާ ވަންޏާ އަލުން ވިހާގޮތް ހަދާފަ ހިތާނުކުރަން މިނިންމީ