ގދ. ތިނަދޫން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 753 އަށް އަރައިފިއެވެ.

ތިނަދޫގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ފައްސިވެފައިވާ އަށް މީހުންގެ ތެރެއިން ހަށް މީހުންނަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެފައިވާ މީހުންނެވެ. އަދި ބާކީ އެކަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުން ފައްސިވެފައިވާ މީހެކެވެ.

މިއާއި އެކީ ތިނަދޫން ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 753 އަކަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު އުޅެނީ 263 ގައެވެ.

ތިނަދޫން ބަލި ޖެހުނު 488 މީހަކު ރަނގަޅުވެފައިވާއިރު، އެރަށުން މި ބަލީގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.

ތިނަދޫގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި މިހާތަނަށް 5،837 މީހެއްގެ ސުންކު ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރު ނަގާފައިވާ 103 ސުންކު ވެސް ހިމެނެއެވެ. މިހާތަނަށް ނަގާފައިވާ ސުންކުތަކުގެ ތެރެއިން 3،978 ސުންކު ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި އަދި 112 ސުންކު އެބަ ހުއްޓެވެ.

ތިނަދޫގައި ކޮވިޑް ފެތުރޭ މިންވަރު ކުޑަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ އެހީއަށް އެދިފައިވާއިރު، ކައުންސިލުން ވަނީ އެރަށުގައި ހަރުކަށި ފިޔަވަޅު އަޅާފައެެ. އެގޮތުން ކާފިއު ވަގުތު އިތުރުކޮށް، ކާފިއު ނޫން ވަގުތު ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ވަނީ ބުނެފައެވެ.