21:24

އިންޑިއާގައި ކޮވިޑް ބަލި މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނަށް އޮތީ "މަރު"

20:44

އައްޑޫސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:35

ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭހުގެ ބޮޑު ކުންފުނި އެސްޓްރަޒަނެކާ އިން ތައްޔާރުކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)އިން އުފައްދަމުންދާ ކޮވިޝީލްޑް ވެކްސިން ޖެހި މީހެއްގެ ލޮލުގެ ފެނުން ނުވަ އަހަރު ފަހުން އަނބުރާ ލިބިއްޖެ ކަމަށް ބުނެފި

19:01

ހއ. ދިއްެދޫން އިތުރު 13 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

17:24

ކޮވިޑް-19ގެ އެހެން ވޭރިއެންޓްތަކާއި ދެކޮޅަށް ފައިޒާ ވެކްސިން މަސައްކަތްކުރި މިންވަރަށް އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް އިސްރާއިލުގެ ހެލްތް މިނިސްޓްރީއިން ކުރި ދިރާސާއަކުން ދައްކައިފި.

12:07

09:28

ޖޫން މަހު ކޮވިޑްގައި މަރުވި %99 މީހުން ވެކްސިނެއް ނުޖަހާ - ފައުޗީ

09:13

ކޮވިޑް-19 އަށް އަތޮޅުތެރޭގެ ބައެއް ރަށްތަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަޅާފައިވާ ފިޔަވަޅުތަކާއި އެކުވެސް އަދިވެސް އަދަދުތައް ދަށެއް ނުކުރެވެއެވެ. މިއަދު ވެސް 111 މީހުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވިއެވެ. މިއަދަކީ މިމަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

މިމަހުގެ މިހާތަނަށް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވަނީ 456 މީހުން ފައްސިވެފައެވެ. މިމުއްދަތުގައި މާލެ އިން ފައްސިވެފައި ވަނީ 121 މީހުންނެވެ. އަދި ރިސޯޓްތަކުންނާއި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ރަށްތަކުން ފައްސިވެފައި ވަނީ 105 މީހުންނެވެ.

މާލެ އިން 15 މީހުންނާއިއެކު ޖުމްލަ 129 މީހުން މިއަދު ރާއްޖެ ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވީ ގދ.ތިނަދޫންނެވެ. އެރަށުން މިއަދު 44 މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު 4913 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %2.63 މީހުންނެވެ.

މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު 2000 އާއި ކައިރި ކުރި ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ވަނީ ޖޫން މަހުން ފެށިގެން މަދުވާން ފަށާފައެވެ. މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ 20 ވަނަ ދުވަހެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު