ކުޑަހުވަދޫ އުޑުމަތީގައި ﷲ ލިޔެވިފައި – ފޮޓޯ : ޔުނައިޓެޑް ކުޑަހުވަދޫ / އެފްބީ ޕޭޖް

ދ.އަތޮޅު ކުޑަހުވަދޫ އާއި ދިމާލުން އުޑު މަތީގައި ވިލާތަކުން ﷲ ލިޔެވިފައި ހުއްޓާ މިރޭ ފެނިއްޖެއެވެ.

ADS BY OOREDOO

ކުޑަހުވަދޫގެ ފޭސްބުކް ޕޭޖެއް ކަމަށްވާ "ޔުނައިޓެޑް ކުޑަހުވަދޫ" ގައި މީގެ ގަޑިއެއްހާއިރު ކުރިން ބައެއް ފޮޓޯތަކާއި އެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ (އެފޮޓޯތަކުން ފެންނަނީ) "ކުޑަހުވަދޫ މަތީ ވަރަށް ރީތިކޮށް ﷲ ގެ އިސްމުފުޅު އެޅިފައިވާ (މަންޒަރު)" ކަމަށެވެ.

ކުޑަހުވަދޫ އުޑުމަތީގައި ﷲ ލިޔެވިފައި – ފޮޓޯ : ޔުނައިޓެޑް ކުޑަހުވަދޫ / އެފްބީ ޕޭޖް

އެޕޭޖްގައި ބުނެފައި ވަނީ ޕޯސްޓް ކުރުމުގެ ކުރިން "މިއަށް ވުރެ ރީތިކޮށް (ﷲ ގެ އިސްމުފުޅު) އިން ކަމަށް ޚަަބަރު ލިބޭ. އެދިމާލުގައި އެއްވެސް އިތުރު ފުސްކޮޅެއް ނެތި އުޑު މަތި ވަރަށް ސާފު." ކަމަށެވެ.

ޔުނައިޓެޑް ކުޑަހުވަދޫ ޕޭޖުގައި ޢާންމުކޮށްފައިވާ ޕޯސްޓް

ADS BY SHEESHA

ފުސްތަކުން އުޑުމަތީގައި ތަފާތު އެއްޗެހި ލިޔެވުމަކީ އާންމު ކަމެކެވެ. މީގެ ކުރިން ބައެއް ގައުމުތަކުގައި ވެސް މިގޮތައް ﷲ ގެ އިސްމުފުޅު އުޑުމަތީގައި ލިޔެވިފައި އެބަހުއްޓެވެ. ނަމަވެސް މީގެ ކުރިން ރާއްޖޭގެ ރަށެއްގައި މިފަދަ ކަމެއް ދިމާވި ކަމެއް އެނގިފައެއް ނުވެއެވެ.

26 ކޮމެންޓް

  1. މިއެނގެނީ ކުޑަހުވަދޫ މީހުންނަކީ ގިނަގިނައި އުޑުމަތި ބަލާ ބައެއްކަން.

  2. ވިލާ އެކިގޮތް ގޮތަށް ބަދަލުވުމަށް މެދުވެރިކުރައްވަނީ ކޮން ފަރާތެއްތޯ؟ އެ ވިލާގަނޑުގެ އަސްލު ނުގެއްލެނީސް ހަމަލޮލަށް ފެނުނު މީހުންނަށް ޝައްކުކަމެއް ނެތި ޔަގީންވާނެ! (:

  3. ބަލަ ﷲގެ އިސްމަފުޅު އެއީ އަލަކައް ފެންނަ

    އެއްޗެއްނޫ ރަސޫލްޒަމާނުގަވެސް ފެންނައެއްޗެއް

    ﷲގެއިސްމަފުޅުފެނުނަސް އެކަންތެދުނުކުރާމީހުން

    އޭރުވެސް މިހާރުވެސްއުޅޭކަންފާހަގަކުރަން

    އެމީހުން ގަބޫލެއްނުކުރޭ ފެނިދާނެކަމެއްކަމަކައް

    އެއީ ޖާހިލުކަމުން ތިމާހެއްދެވީ ﷲކަންވެސް

    އެމީހުން ގަބޫލެއްނުކުރާނެ މީހަގީގަތް.

  4. ކުޑަހުވަދޫމީހުން ރަނގަޅުވީމަ ﷲގެ އިސްމަފުޅު.

    އެމީހުންނަށް އެފެނުނީ ދެންއެކަމާ އެއްބަޔަކު

    ނަފްރަތުވާންވީކީނޫ އެކަހަލަ ރަނގަޅު ބަޔަކަށް

    ތިމާމެންވެސް ވޭތޯ ނިކަން މަސަތްކަތްކޮއްބަލަ.

  5. ކުޑަހުވަދޫ މީހުންނަކީ ވަރަށް ހޭލުންތެރި އަޚްލާޤް ރަގަޅު ބައެއް މިކަމުގެ މީސާލަކީ ރާއްޖެއަށް ދިމާވި އެންމެ ބޮޑުކާރިޘާ ސުނާމީގައިވެސް ޙާލުގައި ޖެހުނު މީހުންނަށް އެންމެ ބޮޑުއެހީތެރިކަމެއް ފޯރުވިބަޔަކީ ކުޑަހުވަދޫ މީހުނޭ ބުނުން ދޮގަކަށް ނުވާނެ މިހެންވެ ކުޑަހުދޫއާއި އަޅާކިޔޭނެ އެއްވެސް ރަށެއް ރާއްޖެއަކުނެތް ތަރައްގީ ގޮތުން ބެލިއަސް މީގެ މީސާލަކީ ރާއްޖޭގެ ބޮޑެތި މީހުންގިނަ ރައްތަކާވެސް އަޅާނުކިޔޭނެ ކުޑަހުވަދޫ މީހުންނަކީ ވަރަށް ތަޤުވާވެރި އިސްލާޙަށް ބޮޑެތި މަސައްކަތް ތަކެއް ކުރާބައެއް އެހެންވީމަ މިކަހަލަ މާތްމީހުން ތިބޭރަށަކަށް މިކަހަލަ ކަންކަން ދިމާވަނީ ކަމަށް އަޅުގަނޑު ދެކެނީ ﷲ އިސްމުފުޅު އަޅުގަނޑަށްފެނުނު ފެނުނު ވަގުތު
    އަޅުގަނޑު ގައިން ހީބިހިނަގައިގެން ދިޔަ އެއްވެސް މީހަކު މިކަމާދެބަސްވާނެ ކަމެއްނެތް މީޙަޤީޤަތް !!!!!!!!!

  6. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ

    ކަފިވެފައިވާ އުޑުވިލާގައި ރަނގަޅަށް އޮޅުންނުފިލާގޮތަށް ޖަލާލަތުގެ ލަފުޒު ލިޔެވިފައި ނުވިނަމަވެސް މުސްލިމުންގެ ޢަޤީދާގައި މާތްﷲގެ އިސްމުފުޅުތަކާއި އަދި އެކަލާނގެ ޒާތުފުޅުގެ ސިފަފުޅުތައް އެއްވެސް ޝައްކުކަމެއް ނުހިނގާ މިންވަރަށް ހަރުލާފައިވެއެވެ. އެއީ ޚާލިޤުވަންތަ ﷲ ﷲ ﷲ ﷲ ﷲ ﷲ ﷲ އެވެ.

  7. ކުޑަހުވަދޫ މީހުންނަކީ ވަރަށް ހޭލުންތެރި އަޚްލާޤް ރަގަޅު ބައެއް މިކަމުގެ މީސާލަކީ ރާއްޖެދިމާވި އެންމެ ބޮޑުކާރިޘާ ސުނާމީގައިވެސް ޙާލުގައި ޖެހުނު މީހުންނަށް އެންމެ ބޮޑުއެހީތެރިކަމެއް ފޯރުވިބަޔަކީ ކުޑަހުވަދޫ މީހުނޭ ބުނުން ދޮގަކަށް ނުވާނެ މިހެންވެ ކުޑަހުދޫއާއި އަޅާކިޔޭނެ އެއްވެސް ރަށެއް ރާއްޖެއަކުނެތް ތަރައްގޮތުން ބެލިއަސް މީގެ މީސާލަކީ ރާއްޖޭގެ ބޮޑެތި މީހުންގިނަ ރއްތަކާވެސް އަޅާނުކިޔޭނެ ކުޑަހުވަދޫ މީހުންނަކީ ވަރަށް ތަޤުވާވެރި އިސްލާޙަށް ބޮޑެތި މަސައްކަތް ތަކެއް ކުރާބައެއް އެހެންވީމަ މިކަހަލަ މާތްމީހުން ތިބޭރަށަކަށް މިކަހަލަ ކަންކަން ދިމާވަނީ ކަމަށް އަޅުގަނޑު ދެކެނީ ﷲ އިސްމުފުޅު އަޅުގަނޑަށްފެނު ފެނުނު ވަގުއަޅުގަނޑު ގައިން ހީބިހި ނަގައިގެން ދިޔަ އަދި ވަރަށް އުފާވި !!!!!!!!!!!!!!!!!

  8. ﷲ އިސްމުފުޅުން އެންމެ ބޮޑަށް އަންގައިދެނީ އަދި ވެސް ﷲ އަށް ތަޤުވާވެރިވެ. ބިރުވެތިވާށޭ!

  9. ތިޔަހެން ހާފުސް ވިލާގަނޑެއްގެ ފޮޓޯ އިދިކޮޅަން ބަލައިގެން ﷲގެ އިސްމަފުޅު ނުފެނިގެންތަ މީހުން އިސްލާހުނުވެ މިތިބެނީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ތިމާޔަށާއި އަދި ތިމާ ބަލައިލި ކޮންމެ ދިމާލަކުން އެހެރީ ފެންނަން.

  10. ކީކޭ ބުނާނީ.. ވިލަޔަކީ އެކިގޮތްގޮތަށް ބަދަލުވާއެއްޗެއް.. ﷲގެ އިސްމިފުޅެއްނޫން ތީކީ.. ﷲގެ އިސްމުފުޅު ނަމަ ތިޔަށްވުރެ މާ ސާފުކޮށް ބަޔަކަށް ޝައްކުނެތް ވަރަށް ލިޔެވިގެންދާނެކަން ހަމަ ޔަގީން.. ވަﷲ އައުލަމް..

  11. ދެންވެސް ހުރުނަމާދައް ދާހާގިނަމީހުން ނިދަންނުތިބެ ފަތިސްނަމާދައް ދާންފަށާބަލަ ބޮޑެތި މިސްކިތްތައް އަޅަނީ ހަމައެކަނި ހުރުރާ އީދާ ރޯދަމަހު ފުރަތަމަ ދެދުވަހު ނަމާދުކުރަންތަ ހުކުރު ދުވަހުދއަސުރު ނަމާދައްވެސް ކިރިޔާ ފުރަތަމަ ސަފު ފުރޭނީ

    • ކަައެމެން ތިބޭ އެއްޗެހި ކިޔަން ކައެ

      މެންްނައް ވިއްޔާ އިނގެނީ އެއީ މާތް

      ރަސްކަލާންގެ އިސްމަ ފުޅުކަން

  12. ތިޔަށްވުރެ މާ އަޖައިބުކުރުވަނިވި ދުވާލު ދެދަޅައަށް ލޮލަށް ފެންނަ ކަންކަމަށް ގަބޫލުނުކުރާ ބަޔަކަށް ތިޔަފަދަ ކަމަކުން އަސަރެއް ނުކުރާނެ! ކޮބާ އިހަކަށްދުވަހާޖެހެންދެން ހިތުހުރި ކަމެއްކުރަމުންދިޔަ ޒިންބާބުވޭގެ ޖައްބާރު އަނިޔާވެރި ވެރިޔާ؟ މިކަހަލަ ކިތައްކަންތައް!

  13. ކުޑަހުވަދޫ ބޯޓް ފެނުނު.މައްސަލަ މިހާރު ކިހިނެއްބާވީ

  14. މާސާ ﷲ

  15. ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެތެރެއިންވާ ހެއްކެެއްކަމުގާ ﷲ ގެ ނަންފުޅު އުނޑުމަތީގާ ވިލައިން ލިޔެވުންނުވެއެވެ. އެހެނީ ވިލައިން އެހެނިހެން ދީންތަކުގެމީހުން އަޅުކަންކުރުމުގެ ގޮތުން ބަލާގަނެގެން އެމީހުންގެ ރައްބު ކަމުގާ ހަދައި އެކިއެކިނަންތައް ދީފައިވާ ނަންތަކުގެތެރެއިން ނަންތައްވެސް ވިލާގައި އަދި އެނޫން އެހެންތަކެތީގައިވެސް ލިޔެވިފާވާތީފެނެއެވެ. އެފަދަ ނަމެއް އެއިން އެއްޗެއްގާ ލިޔެވިފާވަނިކޮން އެއިން މީހަކަށް ފެނުމުން އެއީ އެމީހާގެ ރައްބުގެ ކުޅަދުނަވަންތަކަމޭ ބުނުމުން އަހަރެމެން މުސްލިމުން ބުނާނީ ކީކޭތޯއެވެ؟؟؟ އަހަރެމެން މުސްލިމުންގެ ޢަޤީދާ ވަރުގަދަވެ ހަރުދަނާވުމަކަށް އަދި އަހަރެމެންގެ އީމާންކަން އިތުރުވެގެންދިއުމަށް ވިލާގައި ނުވަތަ އެނޫން އެހެން އެއްޗެއްގައިވެސް ﷲ ގެ ނަންފުޅު ލިޔެވިފާވީތީ ފެންނުމެއް އަހަރެމެން މުސްލިމުންނަކަށް ބޭނުމެއްނޫނެވެ. އަހަރެމެން މުސްލިމުންގެ ޢަޤީދާ އެއްވުރެން މާހަރުދަނާ ވާންވާނެއެވެ. އެހެނީ އަހަރެމެން ﷲ އަށް އީމާންވެގެން މިތިބީ އެއިލާހު ނުފެނިއެވެ. އަދި މުޙައްމަދު ރަސޫލުﷲ ޞ.ޢ.ވ ގެ ރަސޫލުކަން އަހަރެމެން ތެދުކޮށްގެން މިތިބީ އަކަލޭގެފާނާއި ބައްދަލުނުވެއެވެ. އެދެކަންތައް ތެދުކުރުމަށް މުޢުޖިޒާތެއްގެ ގޮތުގާ އަހަރެމެންގެ އަތުގާއިތީ ﷲ ބާވައިލެއްވި އެއިލާހުގެ ކަލާމްއެެވެ. ނަމަވެސް ވިލާ ވުޖޫދުގާވާވުމާއި އޭގެ ދައުރުވުންވަނީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެިންވާ ހެކިތަކެއްކަމުގައި ކަމާއިމެދު އަހަރެމެން މުސްލިމުން ޝައްކެއްނުކުރަމެވެ.

    • ވަރަށް ތެދު ވާހަކައެއް!

    • ތީ ހަމަ ވ ރަގަޅު ވާޙަކައެއް. ނަމާދުނުކޮށް މިސްކިތަށް ނާރާ އާސާރީ ތަންތަނުގެ ގޮތުގައި މިސްކިއްތަށް ހަދައިގެން ތިބެ އުޑޫމަތިން ވިލާކޮޅެއް އެބުރޭއިރަށް ﷲ ގެ ކުޅަދުންވަންތަކަން ކަމަށް ބަޔާންކޮށްދޭއިރު އެ އުިޑާ އެވިލާތައް އުފެއްދެވި ﷲގެ ކުޅަދުންވަންތަކަމާބެހޭގޮތުން މަޒްމޫނެއް ލިޔަން ވީނުން؟!

  16. ކުޑަހުވަދޫ ކުދިން އެކަނިތަ އިސްލާހުވާންވީ

  17. ﷲ އިސްމުފުޅު ފުޓޯނެގި މީހާޔަށް އެގޭބާ!!!!

  18. ޥިސްނާ ފިކުރުކުރާ މީހުނަށް. އެއްކައުވަންތަކަމުގެ ހެއްކެއް ކަމުގައި ފުދެއެވެ

  19. مَا شَاءَ ٱللَّه

  20. ކުޑަހުވަދޫ މީހުން އިސްލާހްވާންވީ ދަނޑިވަޅު އައީ