އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން އިސްލާމް ދީނުގައި އޮންނަ ގޮތާ މެދު ދެކޭ ގޮތް ހާމަކުރުން ފަސް ކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

އަންހެނުން ހިތާނު ކުރުމަށް ބާރުއަޅާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް މީސްމީޑިޔާގައި ދައްކަމުން އައި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެގެން ދިޔައެވެ. އަދި އެކަން ދީނުގައި އޮންނަނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ.

ބައެއް އިލްމުވެރިން އިހްތިލާފްވެފައިވާ މި މައްސަލައާ ގުޅޭ ގޮތުން ފަތުވާއެއް ނެރެދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ފަތުވާ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފްތާގައެވެ. ގިނަ ބަޔަކު އެނގެން ބޭނުންވާ ކަމަކަށްވުމުން އެ މައްސަލައާ ގުޅިގެން ފަތުވާ ނެރޭނެ ކަން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ވެސް އަންގާފައިވެއެވެ.

ނަމަވެސް ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް މިއަދު "ވަގުތު" އަށް ވިދާޅުވީ މި ދަނޑިވަޅުގައި އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން ފަތުވާ ނުނެރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ގައުމުގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

"މިވަގުތު އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ފަތުވާ ނުނެރެން ނިންމާފައި ވަނީ. އެއީ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން. ނަމަވެސް ފަހުގެ ވަގުތެއްގައި މިކަމާއި ގުޅޭ ގޮތުން ފަތުވާއެއް ނެރޭނަންް. އިންޝާﷲ" ޝެއިހް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އިޔާޒް ދެއްކެވި ވާހަކަތަކަށް މާފަށް އެދިވަޑައިގަނެފައި ވުމުން މިނިސްޓަރު ޒާހިރު ވަނީ މިވަގުތަށް އިތުރު ފަތުވާއެއް އެކަމުގައި ނެރެން ނިންމާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދީނީ ބައެއް އެހެން އިލުމުވެރިން ވެސް ވިދާޅުވަނީ އަންހެނުން ހިތާނު ކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރަބަރޭ

    ކަލޭމެން ތިޔަކަމުގަ ކޮންމެ ވާހަކައެއް
    ފެތު ރިއަސް އަންހެނުން ހިތާނު ކު ރަންޖެހޭ ކަމަކަށް ގަބޫލެއް ނުކު ރަން

    23
    10
    • މީވާގޮތް

      ފަތުވާ ނުނެރޭން ނިންމި ސަބަބަކީވެސް ތިޔަ އީ ކަމަށްވާނީ. ދިމާ އަށް ފެންނަންހުރި، އިރު ދެ އްކިޔަސް ގަބޫލުނުކުރާނެކަން އެނގޭ ބަޔަކަށް ކިޔަ އިދޭން ކޮންމެހެން އަނގަ އިން ބަސްތަކެ އް ނަގާލުމުގެ ބޭނުމެ އްނެތްކަން މަޖިލީހުގެ މެންބަރުންނަށް އެނގިވަޑަ އިގަންނަވަނީ.

  2. ސަމްކުޅިބޭ

    ދީނުގެ ކަންކަމަށްވެސް ނުފޫޒު ވަންނާނީ ދެން މިވަރަށް. ކޮންމެމީހަކުވެސް ބުނަނީ ބިރުގަންނަނީ ﷲދެކެ ކަމަށް. އެކަމަކު މިފަތުވާވެސް ނެރެން ޖެހުނީމާ ކޮންމެސްމީހަކުދެކެ ބިރުން ނެރެދޭކަށް ނުކެރުނު.

    18
  3. ޙައްޤު

    ތިޔަހެން ހެއްދެވީމަ މާބޮޑަށް މަސްލަހަތު އެބަ ގެއްލޭ ނޫންތޯ؟ ދެރަކަމެއް ހުވާ.

  4. ޖާނޭ

    ތިޔަ ކަމަކީ ދީނުގައި ހުރި ހުކުމް ތަކުގެ ތެރެއިން ކުރުމާއި ނުކުރުން ހަމަހަމަ ކަމެއް ކަމުގައިވާ ނަމަ ނުވަތަ އެއީ ފަރުޟެއް ނަމަވެސް ނުވަތަ ސުންނަތެއް ނަމަވެސް އަންގަވައި ދެއްވުން މިވަޤުތަށް މުހިއްމު ކަމުގައި ދެކެމެވެ. ޑރ.އިއާޒް އާއި މައުމޫންގެ ޚިޔާލު އެއްގޮތް ނުވުމަކީ މައްސަލަ އެއް ނޫނެވެ. ތިޔަ އަށްވުރެ މާޤަދަރުބޮޑު ޢިލްމުވެރިން ކަމުގައިވާ އިމާމު ސާފީ، ހަނަފީ، ހަންބަލީ، މާލިކީ މިހަތަރު ބޭފުޅޫންވެސް ބައެއް މައްސަލަ ތަކުގައި ވަރަށް ބޮޑަށް ޚިލާފު ހުރެއެވެ. ނަމަވެސް، ދީނުގައި ފަރުޟު ކުރައްވާފައިވާ 5 ވަޤުތުގެ ނަމާދު، ރަމަޟާން މަހުގެ ރޯދަ، ޒަކާތް ފަދަ ކަންކަމާއި އީމާން ކަމުގެ ރުކުން ތައް ފަދަ ކަންކަމުގެ ޚިލާފެއް ނުވެއެވެ. ވީމާ، ތިޔަ ކަމުގައި މައުމޫނު ދެކެ، ނުވަތަ ނަޝީދު ދެކެ ނުވަތަ އެނޫންވެސް މީހެއްގެ ނުރުހުމާއި ރުހުމަށްވުރެ ޙައްޤުކަން ބޮޑީ ދީނީ ޢިލްމުވެރިންގެ ވާޖިބު އަދާ ކުރުމުމެވެ. އަޅުގަނޑަށް ހީވާ ގޮތުގައި ކޮން،މެ ގޮތަކަށް ފަތުވާ ނެރުނަސް އިތުރަށް ދެން ގެއްލޭނެ މަސްލަޙަތެއް ނެތެވެ.

  5. އަސްލު

    ބޭނުމަކީ ޑރ އިޔާޒް ވަޒީފާއިން ކަނޑާލުން، އެކަންވީމަ ދެން ކީއްކުރާ ފަތުވާއެއްދޯ...

  6. ހާކިމާ

    ސަބަބަކީ ކޮބަ އިކަން ބުނެދެވުނު ނަމަ
    ކި ހާރަގަޅުވީސް.

  7. Anonymous

    އޮތަސް ނެތަސް ތިކަމެއް ނުކުރާނަން

  8. ތަޢުފީޤް

    ހަމައިގަ ތިބެއްޗޭ! އަންހެނުންގެ ތަނެއްކަނޑަން ނިންމުމަށް އެއްވެސް ފިރިހެނަކަށް ނޯންނާނެ. އަންހެނުންގެ ބާރުވެރިކަން ޤައުމީ ޔުނިވަރސިޓީން ދައްކުވައިފި. އެތަނުގެ ވ ޗާންސެލަރ އަށް ކިތަންމެ ބެވިއަސް ކުލިކު ޕްރޮފެސަރަށް ފިޔަވަޅުއެޅީ އަންހެން ޕްރޮފެސަރުން.

  9. ފެކްޓްސް

    އެއްކަލަ ވެރިމީހާ ބޭނުންވާގޮތަށް ވަތުވާ ނެރޭ ސޮރު ދޯ!މި މީހުންނަށް ދީންގެ މަސްލަހަތު މުހިންމުވީ ކޮންދުވަހަކު؟؟

  10. މަލީޙު

    ބަލަ އިސްލާމްދިނުގައި ކަމެއް އޮތްގޮށް ފާލުކުރަން ޖެހުނީމަ ކޮން ފަހަކުން ކުރާކައްތަ. ކަލެއަސް ނެއެގެންޏާ އެއގެ ވާހަކަ ބުނާނީ. ފަހުން ނެ ބުނުމަކީ ޒިންމާ އަދާ ނުކުރެވުން .އިސްތިއުފާ ދީފަ ގެއަށްދޭ.

  11. މުބީނު މާރނީ

    ކަލޭމެން ތިޔަ އުޅެނީ މާ ފަހަތުގަ. މިއީ މިސްރު ގައި ޤާނޫނު ހެދި ފައިވާ ކަމެއް.