ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި މިނިސްޓަރުކަމުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިނިސްޓަރ ޝާހިދު ހޯއްދެވި ކާމިޔާބާއި ގުޅިގެން، އޭނާއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވަނީ، ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި އެމަނިކިފާނުގެ ނަމުގައި އާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ.

އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަރުރަކާއި ޝަރަފެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަމަށާއި، ރާއްޖެއަށް މިފަހަރު މި ކާމިޔާބީ ލިބުނީ ރައީސް ސާލިހް ވެރިކަމަށް ވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލުން ގުޅުންބަދަހިކުރައްވައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

އަދި މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްވުމަށްފަހު ހާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި އ.ދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް އެމަނިކުފާނު މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު އެރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ތިއުޅެނީ ދިވެހިންނަކީ ފައިފުހިންނާއި ކާޕެޓުން ވައްކަންކުރާ ބައެއްގެ ނަން ބޮ؛ުގައި އަޅުވަން

    19
  2. ލޫޓުވާ

    ތިތަނެއް ނުފެންނާނެ. ކަދުރުރުކަށް އަރާ ނަދުރުބުނިމީހަކަށް ކޮންކަމެއް ރާއްޖެއަށް ކޮށްދޭނީ. ޝަހީދުކިޔާ މީހަކުވެސް އެބަހުރި ބޭރުގަ ކޮންކަމެއް މިގައުމަށް ކޮށްދެނީ. މިގައުމަށް ނުރައްކާވާނީ ތިބައިގަނޑާހެދި. ގައުމުދެކެ ލޯބިނުވާ ފައިސާދެކެ ލޯބިވާބަޔަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ.

    13
  3. މަބޭ

    ޢެހެންގައުމުތަކުންއަރާ ރާއްޖެހިފަމްގޮވާމީހަކައް ކޮއްދެވޭނެކަމެއް އޮންނާނެކަމަކައް ނުދެކެން

    11
  4. ކުތުބު

    އަފުޣާނިސްތާނާ ދެކޮޅަށް މުޅިދުނިޔެއަށް ފައިސާޚަރަދުކޮށްގެން ރައީސްކަމެއްހޯދައިގެން ހުރިމީހެއް ތީ ރާއްޖެއަށްވަނީ ކޮންފައިދާއެއް

    10
  5. ނ

    ޝާހިދަކީ ގައުމަށް ގައްދާ ރު ވެފަިވާ މީހެއް
    ޢިންޑިޔާ ސިފައިން އަ ރާ މިގައިމު ހިފަން ގޮވާލި މީހެއް
    ތާ ރީޚް ގައި އެކަން ލިޔެވޭނެ

    12
  6. ޛ

    ޖީވަން.....ކިޔަނީ ކަމެއް ވެގެން

  7. އަލީ

    ބަލާލަ މަކަރު ހިނިތުންވުމަކުން ހެވިފަ ތިބިގޮތް އިންޑިޔާއަށް މިތަން ވިއްކާލާފަ!!!

  8. Anonymous

    ސާހިދުގެ މަސައްކަތުން މިގައުމަށްވާނެ އެއްވެސް ފައިދާއެއްނެތް އަދި ނޭފަތު ކުރިޔަށްވުރެން ދުރަށް ވިސްނައި ފިކުރު ކުރަން ނޭންގޭ ރައީސަކަށް ގައުމަށްވާނެ ގޮތް ބުނެނުދެވޭނެ!