21:33

އައްޑޫ ސިޓީގެ ރަށްތަކުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އަށް އަރައިފި

18:02

އަތޮޅު ތެރޭގެ ރަށަކުން އެންމެ ގިނަ ކޮވިޑް-19ގެ ވޭދަނަތައް ފެނުނު ރަށްކަމުގައިވާ ޅ. ނައިފަރު އާއްމު ހާލަތަށް ގެނެސްފިއެވެ.

17:41

ޖަޕާނުގެ ޓޯކިޔޯގައި ކޮވިޑް-19ގެ ހާލަތު ގޯހުންގޯހަށް ދާން ފެށުމުން އެޤައުމުގެ ކޮވިޑްގެ ކުއްލި ހާލަތު އިއުލާން ކޮށްފި.

16:09

ކޮވިޑް-19 ފެތުރޭތީ މޮނިޓަރިންގެ ގެ ހާލަތުގައި ނެތް ރަށްތަކަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް 29 ރަށަކަށް މިހާރު ވެސް އަރައިފޭބުން މަނާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވިދާޅުވެއްޖެ.

15:53

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއި އެކީ މާސް ނާޅާ އުޅެވޭނެ ތަންތަން ދައްކުވައިދޭ ލިސްޓެއް ކަމަށް ބުނެ ހުސް ގަނޑެއް ފުލުހުން އާއްމު ކޮށްފި

15:43

12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ދިނުމާއި އެކު ރާއްޖޭގައިވެސް އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭން ފަށައިފި

14:51

ކޮވިޑް-19 ފެނި މޮނިޓަރިންގްގެ ހާލަތަށް ގެނައި ގއ. ދާންދޫ މޮނިޓަރިންގް އުވާލައި، އެ ރަށް އާންމު ހާލަތަށް ގެނެސްފި

09:35

ވެކްސިން ފުރިހަމަ ކުރުމުން ލަންކާއަށް ދަތުރުކުރެވޭނެ، ކަރަންޓީނެއް ނެތް

08:30

ވެކްސިން ފުރިހަމަ ކޮށްފައިވާ މަސައްކަތްތެރިންގެ ކަރަންޓީން ހަތްދުވަހަށް ކުރުކޮށްފި.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައި ހުރި ގިނަ ފިޔަވަޅުތައް އަނެއްކާވެސް އުވުނީއެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ދަތުރު ކުރުމުގެ ފުރުސަތު ވެސް ލިބުނީއެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ ކުޑައެއް ނޫނެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކެއްގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން ދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ފިޔަވަޅުތަކަށް ލުއި ނުދިނުމަށް ގޮވާލާފައެވެ. ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް ބުނަމުން ގެންދަނީ ކޮވިޑްގެ ނުރައްކާ ކުޑަނުވާ ކަމަށެވެ.

ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް ވީވަރަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ. މާސްކް އަޅަން ޖެހޭނެއެވެ. ގައިދުރުކަން ބަހައްޓަން ޖެހޭނެއެވެ. އަތް ދޮންނަން ޖެހޭނެއެވެ. އަދި އެންމެ މުހިއްމު ކަމަކީ ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢެންޓިބޮޑީ

  ތިޔަ ކޮވިޑަކީ ޔަހޫދީ ރޭވުމެއްކަން ދެނެގަނެ ގިނަ ގައުމުތަކުން ޑަބްލިއު އެޗްއޯ ބަލައެއް ނުގަނޭ މިހާރު.

  4
  4
 2. ސސ

  ބަލަ ކޮވިޑް އޮއްވާ ޔޫރަޕް މީހުން ޔޫރޯ ކަޕް ކުޅެ މަޖާ ކުރަނީ ތިހާބޮޑު ނުރައްކަލެއް އޮންނަމަ އެމީހުން ކުޅެ މަޖާ ކުރާނެބާ ؟ ޑަބުލިއުއެޗްއޯ އެއީ ދުނިޔެ ކޮންޓުރޯލް ކުރަން އދ ގެންގުޅޭ ބޯޅައެއް ޔަހޫދީ ބައިގަޑު އުޅެނީ ދުނިޔެ އެމީހުންގެ އައްދަށު ނުލެވިގެން !

  6
  2