ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ވާކް ޕާމިޓް އޮންނަ ބިދޭސީންގެ ތެރެއިން ވެކްސިން ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނައްސި ނަތީޖާއެއް ހުށަހަޅައިގެން ރާއްޖެ އެތެރެވެވޭނެ އެވެ. ނަމަވެސް އެފަދަ މީހުން ރާއްޖެއަށް އައިސް، އެޗްޕީއޭއިން ކަނޑައަޅާފައިވާ ތަނެއްގައި ނުވަތަ އެޗްޕީއޭ އިން ހުއްދަ ދީފައިވާ ވަޒީފާ ދޭފަރާތުގެ ތަނެއްގައި ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ރޭ އާއްމު ކުރި އުސޫލު ބުނާ ގޮތުން ވެކްސިން ނުޖަހާ މީހުންގެ ކަރަންޓީނު މުއްދަތަކީ 14 ދުވަހެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބޭނުންކުރަން ހުއްދަ ދީފައިވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނު ވާން ޖެހެނީ ހަތް ދުވަހެވެ.

ކަރަންޓީނުން ދޫކޮށްލަނީ 72 ގަޑިއިރު ތެރޭގައި ހަދާ ޕީސީއާރު ޓެސްޓާއި އަދި ކަރަންޓީނުން ދޫކޮށްލުމުގެ ގޮތުން ހަދާ ޕީސީއާރް ޓެސްޓް ނައްސި ވުމުންނެވެ.

އެކަކަށް ވުރެ ގިނަ މީހުން އެއްތަނެއްގައި ކަރަންޓީނު ވެގެން ތިއްބާ އޭގެ ތެރެއިން މީހަކު ފައްސިވެއްޖެ ނަމަ ކަރަންޓީން މުއްދަތު އިތުރުވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ ކަން ކަށަވަރު ކުރަން ރަސްމީ ލިޔެކިޔުން ހުށަހަޅަން އަންގާފަ އެވެ.

ދެކުނު އޭޝިއާ ގައުމުތަކުން އަންނަ ވާކް ޕާމިޓް ހޯލްޑަރުންނާ ގުޅިގެން އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނީ އެ މީހުންނަށް ކަރަންޓީނު ވެވޭނީ އެޗްޕީއޭއިން ހުއްދަ ދީފައިވާ ގެސްޓްހައުސް ނުވަތަ ހޮޓާތަކާއި އަމިއްލަ ކުންފުނިތަކާއި ރިސޯޓުތަކުގެ ކަރަންޓިނު ފެސިލިޓީތަކުގައި ކަމަށެވެ. އަމިއްލަ ތަންތަނަށް ހުއްދަ ދެނީ އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުތަކެއްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފިޔަވަޅު

  7 ދުވަސް ފަހުންވެސް ޖެހިދާނެ ދޯ .
  2 ޑޯޒް ޖަހާފަ ހުއްޓަސް .
  ދެން އެމީހުން ފަރާތުން ނުޖެހޭނެބާ އެހެން މީހުންނަކަށް

 2. ޢަހޫ

  ގެސްޓްހައުސްތަކުގަ މިހާ ރުވެސް ކަޜަންޓީނުވާމީހުން ބޭ ރަށްނުކުމެ އުޅެނީ. ޙާއްސަކޮށް ހުޅުމާލޭގަކަ ރަންޓީނުވާމީހުން ނުދާތަނެތް މޫދަށްއެ ރި ކުޅިވަ ރުކުޅުމުގަ އުޅެނީ މީވަ ރަށް ނު ރައްކާތެރިކަމެއް. ޢަނެއްކާވެސްމިއުޅެނީ އެތަށްބައެއްގެ ފު ރާނަ ނު ރައްކަލަކަށް ހުށައެޅެން.

 3. ބީތާ

  ދެންކޮބާ 2ދޯޒް ޖަ ހައިގެން ކަރަންޓީނުގައި ތިބިމީ ހުންނަށް އޮތަ އުފަލަކީ