ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު (ޑީއެމްޑީ) އިންގެ މުސާރަ ބޮޑުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގެ މި މަގާމުގެ ބޭފުޅުންގެ މުސާރަ ބޮޑުވެފައިވަނީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ގެނައި ބަދަލާއެކުއެވެ.

މި ބަދަލާއެކު ކެޓަގައިޒްކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000 ރުފިޔާ އާއި 15،000 ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށް ވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތަށް ހިންގަމުންދާ ކުންފުނިތަކަށް "ހާޑްޝިޕް އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 16،000 ރުފިޔާ ދެވިދާނެއެވެ.

އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 12،800 ރުފިޔާ ދެވިދާނެއެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭ ކުންފުނިތަކަށް "އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 12،300ރ. ދެވޭއިރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 9،840ރުފިޔާ ދެވިދާނެއެވެ.

"ހާޑްޝިޕް އެލަވަންސާ" އާއި އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް އެކުންފުންޏެއްގެ ބޯޑުން ފާސްކޮށް ހަމަޖެއްސުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.

ޔުޓިލިޓިއާއި ޔުޓިލިޓީ ނޫން ކުންފުނިތަކުގެ އެމްޑީއާއި ޑީއެމްޑިގެ މުސާރަތް:

 • އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52,260ރ. / ޑީއެމްޑީ، 41,808ރ
 • ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42,880 / ޑީއެމްޑީ، 34,304ރ
 • ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34,304ރ. / ޑީއެމްޑީ، 27,443ރ.
 • ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33,000rރ. / ޑީއެމްޑީ، 26,000ރ.
 • އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27,443ރ. / ޑީއެމްޑީ، 21,955ރ.

ފިނޭންސުގެ މި މި އުސޫލުގައި ކުންފުނިތަކުގެ ތެރެއިން "އޭ" އާއި "ބީ" އަދި "ސީ" އަދި "ޑީ" ގިންތީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް އެންމެ ބޮޑުކޮށް އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ދެވޭނެ މިންވަރު ވެސް ކަނޑައަޅާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލީ

  ޔުޓިލިޓީ ކުންފުނި ތަކާ ހުރިހާ ކުންފުންޏެއްގެ މުސާރަތަށް ހާމަ ކުރަންޖެހެ.

 2. އަލީ ދިއްދޫ

  ސިވިލް ސަރވިސް މުސާރަ ބޮޑުކުރުން ސަރުކާރަށް ބޮޑުކަމަކަށްވަނީ ،ސިޔާސީ ގޮތުން ލާ އެމްޑީ. ޑީއެމްޑީ މުސާރަ ބޮޑުކުރުމަށް އެއްވެސްވަރަކަށް ބަޖެޓުގެ އެއްވެސް ދަތިކަމަކަށް ނުވޭ.

  18
  • ޒައިކް

   ސިވިލް ސަރވިސްއަކީ ސަރުކާރުން ބަޖެޓުދޭ ބަޖެޓަށް ބަރޯސާވާ ބައެއް.. ކުންފުނިތަކަށް ބަޖެޓުން ލޯ ލާރިއެއްވެސް ނުލިބޭ.. އަމިއްލަ ވިޔަފާރިއާ ޕުރޮޖެކްޓްތަކުން ނެރޭ ފައިސާއިން މިސާރަވެސް ދެނީ.. އަޅާ ނުކިޔޭނެ.. އެކަމު އާޓިކަލްގަ ނެތް ރަނގަޅު މައުލޫމާތެއް ގިނަ ކުންފުނިތަކަށް މުސާރަ ކުޑަވީ އަސްލު

 3. ސޯލިހުއިސްތިރި

  އަދިވެސް ވެރިންގެ މުސާރަ ބޮޑުކުރަނީ ، ކޮބާތަ ތަނުގެ މުއައްޒަފުން އެމްޑީ އާއި ޑިއެމްޑީ ދެމީހުން ތަ ކުންފިނި ހިންގަނީ؟ކޮންމެ މީޓިން އެއްގަ ބުނާނެ ތަނުގެ ކުރިއެރުމަކީ މުއައްޒަފުންނޭ، ކިހާބޮޑުވެއްޖެ ކަމެއް ވެރިކަން ލިބުނީމަ ގާތްމީހުނަށް ބޮޑެތި މަގާމުތައް ދީފަ އެމީހުންގެ މުސާރަވެސް ބޮޑުކޮށްލީ ، މީހަމަ ވަށްކަން ހާމަކަންބޮޑު ވައްކަން މިކަންކަން ބެލެންޖެހޭނެ

  14
 4. ޞާރި

  ނެ އްތަ ބޭނުންނުކޮށް އޮތް ޢެމްޑީ ނޫނީ ޑީ އެމްޑީ ގެ ވަޒީފާ އެ އް؟

  14
 5. ހަލީމް

  ސާބަހޭ..ސާބަހޭ.. ކޮބާތަ އެޑި އުކޭޝަންގެ ވެރިން؟..ގަ އުމުގެ ދަރިން ތަރުބި އްޔަތު ކުރުމުގެ ޒި އްމާ ކޮޑު އަޅަ އިގެން އެތިބި ޓީޗަރުން ނަށް ހާދަ ނިކަމެތި ކޮށޭ މިވަނީ...

  15
  1
 6. ފާތުން

  އަދި ވެސް އެމީހުންނަށް ލާރި ދެވޭލެއްތެ މަދާ. ކިހާ ދެރަކަމެއް މިއުޅެނު ރެއާއި ދުވާލު މަސައްކަތް ކޮށްގެންވެސް 7000 ރުފިޔާ ނުލިބިގެ ސިވިލް ސާވިސް މުވައްޒަފަކަށް. ތިޔަށްވުރެ މާރަގަޅެއް އެމީހުނަށް 100 ރުފިޔާ އިތުރުކޮށްދިނަސް.

  15
 7. ހައްގާއި ވާޖިބު

  މުދައްރިސުންނަކީ އެއްވެސް ބަޔެއް ނޫން. ރައްޔިތުންގެ ނިކަމެތިކަން. ރައްޔިތުންގެ ޒިންމާއަކީ ވ.ބުރަކޮށް މުޅި ދުވަހު މަސައްކަތްކޮއްފައި ކޮންމެ ފަހަރަކު ވޯޓުލުން. ވެރިންގެ ޙައްގަކީ ވޯޓުލިބިގަނެ ބޮޑު މުސާރަ ނެގުން. (ދީނުގެ ރުކުންތައް ރައްޔިތުން އަދާކުރޭތޯ ބެލުމަކީ އެއީ ކޮންމެހެން ވެރިން ދުވަހަކުވެސް ކުރާނޭކަމެއް ނޫން).

  11
 8. ފޭރާން

  އެމްޑީޕީ މީހުން ވޯޓްހޯދަން ޓީޗަރުން ގުނބޯހައްދާފި ދެ ފަހަރުވެސް ! ކުރިން ވެސް ކެނެރީގޭ ނަޝީދު ބަޔަކު ލައްވާ ޓީޗަރުން މުސާރަ ބޮޑުވާނެޔޭ ކިޔާ ވޯޓް ހޯދާވެރިކަަމަށް އަައިސް އޭނަގެ ޕާޓީ މީހުންނާއި މަގުމަތީ ހަޅޭއްލެވި މީހުންނަަށް މުސާރަބޮޑުކުރީ! މި ފަހަރުވެސް މި ޖެހުނީ ހަމަ އެތާ! ސިވިލްސާވިސް މީހުން ދެންވެސް ތިބޭ ހަމަ ތިޔަވިސްނުމުގައި! މި އެމްޑީޕީ މީހުން ބުނެފިއްޔާ ކަލޭމެންނަށް ހީވަނީ ހީވަނީ އެއީ މާދަމާ ރަނަށް ރަނުންރަނަށް ކަލޭމެންނަށް ހެޔޮބައެކޭ! ފެނޭނުންތޯ ރަނުންރަނަށް އެވެރިންގެ ބައިގަނޑު ޖީބަށް ބަރުކޮށްލާފަ އަންގާވެސް ލަނީ!. މާދަމާވެސް ވޯޓްލާން ވީމަ އެއްކަލަ މޮޅުލަވަޖަހާ މުދައްރިސުންގަނޑު ގުނބޯހައްދާލާފަ އެވެރިންގޮސް ހީހީފަ ބުނާނެ ތިޔަ ޓީޗަރުްނަކީ ހަމަ މޮޔައިންނޭ! ހަަމަޖެހޭބައެއްނޫނޭ! އެމީހުން އެންމެކުޑަމިނުން އިޙްތިރާމްވެސް ނުކުރާނެ! މުދައްރިސުންގެ ވާހަކަވެސް ނުދައްކާނެ! ކޮސްއަނގަހާވާނީ! ހީލަތާ މަކަރިވެރިކަމުގެ 1ވަނަ އެމްޑީޕީ. ލާދީނީ ބައިގަނޑެއް!

 9. ހުސޭނުބޭ

  މާ މަދުން ތި ދިނީ
  ބައިތުލްމާލު ކަހާލާފައި އެމީހުންގެ ޖީބަށް އަޅާލަދީ
  އެހެންޏާފަހެ