ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގައި ކަރަންޓީނުގައި ތިބި މީހުން ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭއިން އަންގައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިން ނަމަވެސް، އަދި ވެސް ބައެއް މީހުން ދަނީ އެކަމާއި ގުޅޭ ގޮތުން ސުވާލު އުފައްދަމުންނެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއްގައި ވެކްސިން ފުރިހަމަކޮށް، ކަރަންޓީނުގައި ތިބި މީހުން ދޫވޭތޯ އާއި އެ މީހުންނަށް އެހެން ރަށްތަކަށް ދެވޭނެތޯ ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ.
އެކަމާއި ގުޅިގެން "ވަގުތު" އިން ސުވާލު ކުރުމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ، މޮނިޓަރިންގެ ހާލަތުގައި ތިބި ރަށްތަކުގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ދޫކޮށްލުމަށް ރޭ އަންގާފައިވާނެ ކަމަށާއި އެ މީހުން ދޫކޮށްލާނީ ކޮވިޑް އަށް ޓެސްޓް ކޮށް ނަތީޖާ ނައްސިވުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެގޮތަށް އެމީހުން ދޫކުރި ނަމަވެސް، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއް ކަމަށްވާނަ، ރަށުން ބޭރަށް ނުދެވޭނެ ކަމަށާއި އެމީހުން ތިބެން ޖެހޭނީ އެރަށެއްގައި ކަމަށެވެ.
ސަރުކާރުން ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ލުޔަކީ ވެކްސިންގެ ދެ ޑޮޒު ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ މީހުންނަށް މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަރަންޓީނަކާއި ނުލައި ދަތުރު ކުރެވޭނެ ލުޔެވެ.
1 ޑޯޒް ޖެހި މީހުން ހަމަ 14 ދުވސް އޖައިބެއް މައިމޫނާ
ވެކްސިން ނުޖަހާ މީހުންނަށް އެއްވެސް ލުޔެއް ުު ނެތްބާ 🤔
ރާއްޖޭގަ މިހާރު ކޮވިޑްސިފަވަނީ ސިޔާސީފ ޕާޓީއެއްގެގޮތުގަ
6 ޑޯސް އިންވެސް ކަމެއް ނުވާކަން އެނގޭއިރު ކީއްކުރަން ޖަހަނީ
އަނެއްކާވެސް ފަތުރާލަން އެއުޅެނީ.